ވޮއިސްގެ ޗީފް އެޑިޓަރު ޝަފްރާޒް އަދި ޓީއެފްޓީގެ ނައިބު ރައީސް ހަސަން ރަޝީދު.. ފޮޓޯ: ވޮއިސް
ކުޅިވަރު
13 Mar 2024 | 14:53
ޓީއެފްޓީގެ 11 ވަނަ ރަމަޟާން ފުޓްސަލް ޗެލެންޖު 2024 ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް

"11 ވަނަ ޓީއެފްޓީ ފުޓްސަލް ޗެލެންޖު 2024" ގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖައްސައިފިއެވެ. މި މުބާރާތަކީ ދަ ފުޓްސަލް ޓައުންގެ ފަރާތުން އިންތިޒާމްކޮށްގެން ވިލިމާލެ ޒުވާނުންނަށް އަމާޒްކޮށްގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ބައްވަމުން އަންނަ ފުޓްސަލް މުބާރާތެކެވެ.

މިއަދު މީޑިއާ ޕާޓްނަރާއެކު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވޮއިސްގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެޑިޓަރު ޝަފްރާޒް އަހުމަދު ހުސެއިން އެވެ. އަދި ޓީއެފްޓީގެ ފަރާތުން ސޮއިކުރެއްވީ އެޖަމިއްޔާގެ ނައިބު ރައީސް ހަސަން ރަޝީދު އެވެ.

ވޮއިސްއަށް މައުލޫމާތު ދެއްވަމުން ޓީއެފްޓީގެ ނައިބު ރައީސް ހަސަން ރަޝީދު ވިދާޅުވީ ޓީ.އެފް.ޓީ އަކީ 2012 ވަނަ އަހަރު ވިލިމާލޭގައި އުފެދުނު ޖަމިއްޔާއެއް ކަމަށާއި، މި ޖައްމިއްޔާ އުފެއްދުމުގެ އެންމެ ބޮޑު މަގުސަދަކީ ޒުވާނުން މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށްޓަކައި ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ހޯދައިދިނުމެވެ.

އެގޮތުން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޞާން މަހާއި ދިމާކޮށް އަޅުގަނޑުމެން މި އަންނަނީ ވިލިމާލޭގައި ފުޓްސެލް މުބާރާތެއް ބާއްވަމުން، ނަމަވެސް 2020 އަދި 2021 ވަނަ އަހަރު އަޅުގަނޑުމެންނަށް ކޮވިޑް އަދި އެޗްޕީއޭގެ ގައިޑް ލައިން ތަށް ހުރި ގޮތުން މުބާރަތް ކުރިއަށް ނުގެންދެވުނު ނަމަވެސް 2022 ވަނަ އަހަރުން ފެށިގެން އަލުން ބާއްވަމުން މިއަންނަނީ..

އިތުރަށް ވާހަކަދައްކަމުން ހަސަން ރަޝީދު ވިދާޅުވީ މިމުބާރަތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ހަމަޖެހިގެން ދިއުމަކީ މުބާރާތަށް ލިބިގެންދިޔަ އިތުރު ފުރިހަމަކަމެކެވެ. އަދި އަޅުގަނޑުމެންގެ އުންމީދަކީ މީގެ ކުރިން ބޭއްވުނު މުބާރާތްތަކަށް ވުރެ ކާމިޔާބު އަދި ފުރިހަމަ މުބާރަތަކަށް މިއަހަރުގެ މުބާރާތް ވެގެންދިއުމެވެ.

ޗެންޕިއަން ޓީމަށް 50,000 އަދި ރަނަރަޕް ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިމުބާރާތުގައި މިއަހަރު ވެސް 32 ޓީމު ވާދަކުރެއެވެ. އަދި މުބާރާތުގެ މެޗްތައް ކުރިޔަށް ދާނީ ކޮންމެ ރެޔަކު 2100-0000 ވިލިމާލެ ފުޓްސެލް ގުރައުންޑްގައެވެ. މީގެ އިތުރުން މިމުބާރާތަކީ ރަމަޞާން މަހު ރާއްޖޭގައި ބާއްވާ އެންމެ ޑިމާންޑް ބޮޑު އަދި އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެއް މުބާރާތެވެ.

ޖުމްލަ 32 ޓީމު ވާދަކުރާ މިމުބާރާތުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 32 ޓީމު 8 ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ދެވަނަ ބުރަށް ހޮވޭގޮތަށެވެ.

މުބާރާތުގެ ކުޅުން މިރޭ ފެށުމަށް ހަމަޖެހިފައިވާއިރު، މިމަހުގެ 28 ވަނަ ދުވަހުގެ ރެއާއި ހަމައަށް ކޮންމެ ރެއަކުވެސް ގުރޫޕް ސްޓޭޖުގެ ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.