އެސްޓީއޯ އާއި ވިޓޯލްގެ ބައެއް އިސް ފަރާތްތައް— ފޮޓޯ/ އެސްޓީއޯ
ވިޔަފާރި
13 Mar 2024 | 21:41
އިހަވަންދިއްޕޮޅުގައި ބަންކަރިން ޚިދުމަތް ފަށަން އެސްޓީއޯ އާއި ވިޓޯލް ކުންފުނި ޕާޓްނާޝިޕަކަށް

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ފެށުމުގެގޮތުން އެސްޓީއޯއާއި އަދި ވިޓޯލް ގުރޫޕާއި ދެމެދު ޓާރމް ޝީޓްގައި މިއަދު ސޮއިކޮށްފިއެވެ. 

މި އެއްބަސްވުމުގައިއެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އްމެ.ޑީ ޝިމާދު އިބްރާހިމެވެ. އަދި ވިޓޯލްގެ ފަރާތުން ސޮއި ކުރެއްވީ ވިޓޯލް ގުރޫޕުގެ ޑިރެކްޓަރ ޖޭ އެވެ. 

މި ރަސްމިއްޔާތު ޝަރަފުވެރި ކޮއްދެއްވީ މިނިސްޓާރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް އެންޑް ޓްރޭޑް މުޙައްމަދު ސައީދުއެވެ.

ވިޓޯލް އާއި އެސް.ޓީ.އޯ އިން ސޮއި ކުރާ ޓާރމް ޝީޓް އަކީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައި ބައިނަލްއަގުވާމީ ބަންކަރިންގ ފިޔަފާރި ފެށުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ކަންކަން ކަނޑައަޅައި އެކަންކަން ދެފަރާތުން އެއްބަސް ވާ މުއްދަތެއްގައި ފުރިހަމަ ކޮށް ނިންމުމަށް އެއްބަސްވުމެއްގައި ސޮއެ ކުރުމުގެ ކުރިން ސޮއެ ކުރެވޭ ޓާރމް ޝީޓްއެކެވެ. މި މަޝްރޫއާއެކީ ޓުއަރިޒަމްއެކޭ އެއްފަދައިން ދުނިޔޭގެ ވިޔަފާރީގައި ރާއްޖެ ވިދުވާލާނެ މަގްބޫލު ބަންކަރިން ހަބެއް ގާއިމް ވެގެންދާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. 

އެސްޓީއޯއާއި ވިޓޯލްއަކީ ވިޔަފާރީގެގޮތުން ވަރަށް ތާރީހީ ގުޅުންތަކެއް އޮންނަ ދެކުނުފުންޏެވެ.

ވިޓޯލް އަކީހަކަތައިގެވިޔަފާރީގައި ދުނިޔޭގައި އެންމެ ބޮޑު ކުންފުންޏެވެ. ވިޓޯލްގެ އޮފީސްތަށް ދުނިޔޭގެ 40 ގައުމެއްގައި ހުރެއެވެ. މި ކުންފުނިން އަހަރަކު 12 މިލިއަން ޓަނު ތެޔޮ ބަންކަރ ފިއުލްގެ ގޮތުގައި ވިއްކާއިރު، ވިޓޯލް އަކީ މެދު އިރުމަތީގައި އެންމެ ބޮޑު ފިޒިކަލް ބަންކަރ ސަޕްލަޔަރ، އަދި ސިންގަޕޯރގެ އެނެމެ ބޮޑުއެއް ބަޔޯ މެރީން ފިއުލް ސަޕްލަޔަރވެސް މެއެވެ.

މި އެއްބަސް ވުމުގެ ތެރެއިން ވިޓޯލްގެ މައިގަނޑު ޒިންމާ އަކީ ބަނކްރަކިންގ ޚިދުމަތް ދިނުމަށް ބޭނުން ވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނާނެ ބާރޖް އަށް ސަޕްލައި ކުރުމާއި، އަދި ވިޓޯލްގެ ބޮޑު ނެޓްވޯކްގެތެރެއިން ބައިންލްއަގުވާމީ ބަންކަރިނގް ހަބް އެއްގޮތުގައި ދިވެހި ރާއްޖެ އިސްތިހާރު ކުރުން ކަމަށް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

ވިޓޯލްގެ ބްރޭންޑް އާއި، ތަޖުރިބާ އާއި، ތެލުގެ ވިޔަފާރީގެ ގުޅުންތައް ބޭނުން ކޮށްގެން ދިވެހި ރާއްޖެ މާރކެޓް ކުރުމުން ރަނގަޅު ނަތީޖާ އެއް ފެންނާނެ ކަމަށް އެސްޓީއޯއިން ލަފާ ކުރެއެވެ.

މީގެ ތެރެއިން ބޯޓުތަކައް ބޭނުންވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ލިބެން ހުންނާނެ ކަމަށާ އަދި ޑިމާންޑް އޮތް ކަމުގައި ވާނަމަ، ކުރިއައް އޮތް ތާނގައި އެލް.އެން.ޖީ. އަދި ބަޔޯ ފިއުލް ވެސް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މި ޓާރމް ޝީޓް އާއި ގުޅިގެން ހެދޭ އެއްބަސް ވުމުގައި، އެސް.ޓީ.އޯ ވާނީ މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭގައިފިޒިކަލް ބަންކަރ ސަޕްލަޔަރ އަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ