އެމްޓީސީސީގެ ސީއީއޯ ޒިޔާދު— ފޮޓޯ /ވޮއިސް
ހަބަރު
13 Mar 2024 | 23:45
ހުއްޓިފައިވަނީ ފައިސާ ނެތީސް ސިޔާސީ ބޭނުމަށް ފެށި މަޝްރޫޢުތައް: އެމްޓީސީސީ ސީއީއޯ ޒިޔާދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފަހު ދުވަސްކޮޅު ފަށާފައިވާ މަޝްރޫޢު ތަކުގެ ތެރެއިން ހުއްޓިފައިވަނީ ފައިސާނެތީސް ސިޔާސީ ބޭނުމަށް ފަށާފައިވާ މަޝްރޫޢުތައް ކަމަށް އެމްޓީސީސީގެ ސީއީއޯ އަބްދުالله ޒިޔާދު ވިދާޅުވެއްޖެއެވެ.

ޒިޔާދު މިހެން ވިދާޅުވެފައިވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ޓިކެޓްގައި ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް، ޢަލީ ރިޒާގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު، އެމަނިކުފާނުގެ ސަރުކާރުން ކުރަން ފަށާފައި ހުރި ހުރިހާ މަޝްރޫޢުއެއް މިސަރުކާރުން ހުއްޓާލާފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ. 

ކުރަން ފަށްޓާފައިހުރި ގާތްގަނޑަކަށް ހުރިހާ މަސައްކަތްތަކެއް ހުއްޓާލައިފި. ވިދާޅުވަނީ ފައިސާ ނެތް ވާހަކަ. ކުންފުނިތަކެއް ނުހިނގާ. ވިދާޅުވަނީ، ކުންފުނި ތަކުގައި ނެތޭ ފައިސާއެއް. 

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު

ރައީސް ޞާލިހުގެ އެވާހަކަފުޅަށް ރައްދު ދެއްވަމުން ޒިޔާދު ވަނީ، މަސައްކަތް ހުއްޓިފައި ހުރި ހުރިހާ ރަށްރަށުގައި ރައީސް ޞާލިހުގެ ސަރުކާރުން މަސައްކަތް ފެއްޓެވީ ސިޔާސީ ބޭނުމުގައި ފައިސާވެސް ނެތީސް ކަމަށެވެ.

އަދި ޕްރޮޖެކްޓް ތަކަށް ސަޕްލައި ކުރާ ކުންފުނިތަކުން ތަކެތި ސަޕްލައި ކުރީ ކްރެޑިޓަށް. ނަމަވެސް ފައިސާ ދޭނެ ޕްލޭން އެއް ނެތި. ތެޔޮވެސް އެޅުވީ ކްރެޑިޓަށް. އެމްޓީސީސީއަށް މިހާލު ޖެއްސީ ރައީސް ޞާލިހު. އެހެންވީމާ ގޯސް ހައްދަވާފައި، މިހާރު ހެޑްލައިން އަޅުއްވަން ނޫޅުއްވާ

އެމްޓީސީސީގެ ސީއީއޯ އަބްދުالله ޒިޔާދު

މީގެ ކުރިންވެސް އެމްޓީސީސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒިޔާދު ވަނީ އެ ކުންފުނީގެ ކުރީގައި އޮތް މެނޭޖްމަންޓުން ޢަމަލުކޮށްފައިވާ ގޮތުން އެމްޓީސީސީއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ވިދާޅުވެފައެވެ. 

އެގޮތުން ބައެއް ބާޖާއި ޑްރެޖަރުތައް ކުއްޔަށް ނެގި މުއްދަތު އިތުރުކުރަމުން ގޮސް، އެ ތަކެތި ގަންނަން ހޭދަވާވަރަށް ކުލީގެ ގޮތުގައި ފައިސާ އަރާފައިވާކަމަށާ އަދި އެކަމުގެ ސަބަބުން މަޝްރޫޢުތަކުން ކުންފުންޏަށް ލިބެންޖެހޭ ޢާމްދަނީގެ ބޮޑު ބައެއް ގެއްލިފައިވާކަމަށްވެސް ޒިޔާދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް