ރައީސްގެ ޖަވާބު ގެ މިއަދުގެ ސެގްމެންޓްގެ ތެރެއިން-
ހަބަރު
14 Mar 2024 | 11:14
ވާނުވާ ބަންދުގެ މައްސަލައަށް ގާނޫނީ ހައްލެއް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން: ރައީސް މުޢިއްޒު

ޝަރީޢަތް ނިމެންދެން ވާނުވާ ބަންދުގައި ބެހެއްޓޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ގާނޫނީ މަސައްކަތްތައް ކުރެވެމުންދާ ކަމަށާ، އެ މަސައްކަތް ނިމުމުން އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައި ވަނީ ‏ރައީސް އޮފީހުން ކުރިޔަށް ގެންދާ "ރައީސްގެ ޖަވާބު" ސިލްސިލާގެ މިއަދުގެ ސެގްމަންޓުގައި، މ.މުލަކު، އޯޝަންލެޑް، ނަޝީދާ ޙަސަން، ޝަރީޢަތް ނިމެންދެންކުރާ ބަންދު ނުވަތަ "ވާނުވާ" އަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ވަޢުދާއިމެދު ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ވާނުވާގައި ތިބޭ މީހުން ދޫކޮށްލައޭ ބުނީމަ، އަޅުގަނޑުމެން ވަރަށް ބޮޑު އުއްމީދެއްގައި މިހުރީ. ހަތަރު ކުދިން ގޮވައިގެން، ނުކުޅެދުންތެރިކަން ހުން ކުއްޖެއް ގޮވައިގެން، ފިރިމީހާ ނެތީމާ ވަރަށް ނިކަމެތި ވެފައި. ފިރިމީހާ އިނީ ތުހުމަތެއްގައި ގެންގޮސްފައި. މިހާރު ދެ އަހަރު މިވަނީ. ނަގާފައު ހުރި ހެކިބަސްތަކުގެ އަލީގައި އޭނަގެ ކުށެއް ނެތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 

މި ސުވާލުގެ ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ "ވާނުވާ"ގެ މައްސަލައަށް ހައްލު ގެނައުމަކީ އެމަނިކުފާނު ވެވަޑައިގެންފައިވާ މުހިންމު ވައުދެއްް ކަމަށެވެ. އަދި އެ ކަމަށްޓަކާ ގާނޫނު އިސްލާހު ކުރެވެމުންދާ ކަމަށެވެ. 

ވާނުވާ ބަންދު މައްސަލައާއި ގުޅިގެން އިސްލާހުތަކެއް ގާނޫނަށް ގެނައުމަށާއި، އެކަހަލަ ލީގަލް މަސައްކަތް ތަކެއްް އަޅުގަނޑުމެން ފަށައިފިން. އެހެންވީމާ އިރާދަކުރެއްވިއްޔާ ގާނޫނީ ހައްލެއް ތިކަމަށް ގެނެސްދެވޭނެ މަސައްކަތްތަކެއް ކުރެވެމުން ދަނީ. އަދި ތަހުގީގީ މަރުހަލާތައްވެސް މިހާރަށްވުރެ ރަނގަޅު ކުރުމަށް މަސައްކަތްތަކެއް ކުރެވި، އިރާދަކުރެއްވިއްޔާ ވާނުވާ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނަން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާލުވެފައި ވާއިރު، މިދިޔަ ފެބްރުއަރީ މަހުގަްއި އެމަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވަނީ އެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް އެ މަސްތެރޭގައި ފަށްޓަވާނެ ކަމަށާ، މަޖލީހުގެ މި ފެށޭ ދައުރުގައި ގާނޫނަށް އިސްލާހު ގެނައުމަށް މަޖލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.