ބިންވެރިޔާ ސްކީމްގެ ދަށުން ގޯތު ދޫކުރާ ސަރަހައްދެއް—
ހަބަރު
14 Mar 2024 | 21:09
ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން އަނެއްކާވެސް އިތުރު ފުރުސަތެެއް ދީފި

ކުރީ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެެރިޔާ ސްކީމްގެ ދަށުން ގޯތި ލިބުނު މީހުންގެ ތެރެއިން މިހާތަނަށް ރެޖިސްޓެރީ އާއި ހަވާލުނުވާ މީހުންނަށް، އަނެއްކާވެސް ގޯތީގެ ރެޖިސްޓްރީއާއި ހަވާލުވާން އިތުރު ފުރުސަތެއް ދީފިއެވެ.

މިކަމާއި ގުޅޭގޮތުން ގެދޮރުވެރިކަމާއި، ބިމާއި ޢުމްރާނީ ތަރައްގީއާއި ބެހޭ ވުޒާރާއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ސްކީމްގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން ރެޖިސްޓްރީ އާއި ގޯތި ލިބުނުކަމުގެ ލިޔުން 8،394 މީހުންނާއި ހަވާލުކުރެވިފައިވާ ކަމަށެވެ.

އަދި ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ބިން ތަކުގެ އެއްބަސްވުމުގައި ސޮއިކޮށް، ރެޖިސްޓަރީ ހަވާލުކުރުމުގެ އިތުރުން، ގޯތި ލިބިފައިވާ ކަމުގެ ލިޔުމާ އަދިވެސް ބައެއް ފަރާތްތަކުން ހަވާލުނުވާ ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އެގޮތުން އިތުރު ފުރުސަތު ދިނުމުންވެސް އަދިވެސް ގިނަ ފަރާތްތަކުން ގޯތި ލިބުނު ކަމުގެ ލިޔުމާއި ހަވާލުވާން ހާޒިރުވެފައި ނުވާ ކަމަށް އެ މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމަށް 16 މާރިޗް ވާ ހޮނިހިރު ދުވަހުން ފެށިގެން 27 މާރިޗް ވާ ބުދަ ދުވަހުގެ ރޭ 23:59 އަށް އިތުރު ފުރުސަތެއް ހުޅުވާލާނެ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވަނީ ބުނެފައެވެ.

އަދި ރެޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމެންޓު ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ހެއްދޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.