މަހުމޫދު އައްބާސް އާއި މުސްތަފާ
ދުނިޔެ
15 Mar 2024 | 15:15
ފަލަސްތީނުގެ އާ ބޮޑު ވަޒީރަކަށް މަހުމޫދު އައްބާސްގެ އެކުވެރި، މުސްތަފާ

ފަލަސްތީނުގެ އާ ބޮޑު ވަޒީރަކަށް ރައީސް މަޙްމޫދު އައްބާސްގެ ޒަމާންވީ އެކުވެރިޔާ އަދި އިކޮނަމިކް އެޑްވައިޒަރު މުޙައްމަދު މުސްތަފާ މުޙައްމަދު އައްޔަންކޮށްފިއެވެ.

މުސްޠަފާ ބޮޑުވަޒީރު އައްޔަންކުރައްވައިފައިވަނީ އިސްރާއީލުން ގަދަކަމުން ފޭރިގެންފައިވާ ފަލަސްތީނުގެ ހުޅަނގުއައްސޭރީގެ ސަރަހައްދުތަކުގެ ވެރިކަންކުރާ ފަރާތްތައް ބަދަލުކޮށް އެ ސަރަހައްދުގެ ވެރިކަން ރަނގަޅުކުރުމަށް އެ ސަރަހައްދުގައި ވެރިކަން ކުރާ ޕަލަސްތީން އޮތޯރިޓީ (ޕީއޭ) އަށް އެމެރިކާގެ ޕްރެޝަރު ބޮޑުވަމުންދާ ދަނޑިވަޅެއްގައެވެ. މުސްތަފާ އަކީ އެމެރިކާއިން ތައުލީމް ހާސިލްކުރައްވައިގެން ހުންނެވި، އިކޮނަމިސްޓެކެވެ. 

ބޮޑުވަޒީރުގެ މަގާމު މުސްތަފާއާއި ހަވާލު ކުރެެއްވުމަށްފަހު، ވާހަކަ ދައްކަވަމުން މަހުމޫދު އައްބާސް ވަނީ، ޕީއޭ އިސްލާހުކުރުމަށް އެހީތެރިވުމާއި، ފަލަސްތީނުގައި ދައުލަތެއް ހިންގޭނެ ސިޔާސީ އޮނިގަނޑެއްގެ އެކުލަވާލުމުގެ މަސައްކަތުގައި އެހީވުމަށް އެދިވަޑައިގެންފައެވެ.

ފަލަސްތީނުގެ ދައުލަތުގެ ނޫސް ކަމަށްވާ، ވަފާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޣައްޒާ ގައި ހިނގަމުންދާ ގަތުލު އާއްމުތައް ނިމުމަކަށް ގެނެސް ޣައްޒާ އަލުން އާރާސްތުކުރުމާއި، ޕީއޭގެ މުއްސަސާތައް އިސްލާހު ކުރުމަކ މުސްތަފާގެ ޒިންމާއެކެވެ.

ބޮޑު ވަޒީރުގެ މަގާމަށް މުސްތަފާ އައްޔަނު ކުރެވުނު ނަމަވެސް ރައީސްގެ ހައިސިއްޔަތުން އައްބާސް އަދިވެސް ހުންނެވީ ފަލަސްތީނުގެ އޮތޯރިޓީގެ އެންމެ ބާރުގަދަ ވެރިޔާގެ ގޮތުގައެވެ.

ފަލަސްތީނުގެ ބޮޑުވަޒީރުގެ މަގާމަށް މުސްތަފާ އައްޔަނު ކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި، މުހައްމަދު ޝްތައްޔާ މިދިޔަ ފެބްރުއަރީ 26 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. 

އިސްތިއުފާ އިއުލާން ކުރައްވަމުން ޝްތައްޔާ ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވީ ހަރުކަށި ޔަހޫދީން ގަދަކަމުން ފޭރިގެންފައިވާ ހުޅަނގު އައްސޭރި އާއި ގުދުސްގައި ހަމަނުޖެހުންތަކެއް އުފެދި، ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ޖަރީމާތަކާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.