ރާއްޖެއަށް ގެނައި ޑްރޯން
ހަބަރު
15 Mar 2024 | 18:02
ދިވެހިރާއްޖޭގެ އިން، ބެލެހެއްޓުމަށް ގެނައި ޑްރޯންގެ އޮޕަރޭޝަން މިރޭ ފަށަނީ

ދިވެހިރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގެ މަސައްކަތް ދިވެހިން ކުރުމަށްޓަކައި، ގެނެސްފައިވާ އަސްކަރީ ޑްރޯންގެ އޮޕަރޭޝަން މިރޭ ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލްކަން ދިވެހިންގެ ކިބާގައި އުފައްދައި، އެ މަސައްކަތް ކުރާނީ ދިވެހިން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

“ކަނޑުގެ އަޑިޔާއި، ވަޔާއި، ކަނޑާއި، އެއްގަމާ، ހުރިހާ ތަނެއްވެސް، އަމިއްލަ ފައިމައްޗަށް ތެދުވެ، އަމިއްލައަށް އަޅުގަނޑުމެން ބަލަހައްޓާނީ. އަމިއްލައަށް އެކަން ކުރާނީ. އިރާދަކުރެއްވިއްޔާ އަމިއްލަވަންތަ، މިނިވަން ޤައުމެއްގެ ގޮތުގައި މި ޤައުމު ދަމަހައްޓާނީ." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚތާބުގައި ވިދާޅުވިއެވެ. 

އެފަހުން ރ މީދޫގައި ބޭއްވުނު ޖަލްސާގައިވެސް އެމަނިކުފާނު ވަނީ ރާއްޖޭ ކަނޑުގެ ސަރަހައްދު 24 ގަޑިއިރު ބެލެހެއްޓުމުގެ މަސައްކަތް މި މާޗު މަހު ފަށްޓަވާނެ ކަމަށް ވިދާލުވެފައެވެ.

ރައީސް މުޢިއްޒު ވިދާލުވިފަދައިން އެކަމަށްޓަކައި ދާދިފަހުން ވަނީ ތުރުކީވިލާތުން އަސްކަރީ ޑްރޯން ގެނެސް ނ. މާފަރު އެއާޕޯޓްގައި ޑްރޯން ދުއްވުމުގެ ޓެސްޓް ބުރުތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ.  

އަދި ޑްރޯން އޮޕަރޭޝަން އިފްތިތާހުކުރުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީވެސް މާފަރު އިންޓަރނޭޝަނަލް އެއާޕޯޓްގައެވެ. މައުލޫމާތު ލިބުފައިވާ ގޮތުގައި ރާއްޖޭގައި ޑްރޯން މަރުކަޒު ގާއިމްކޮށްފައިވަނީވެސް ނ. މާފަރު އެއަރޕޯޓުގައެވެ.

ރާއްޖޭގެ އިން ބެލެހެއްޓުމަށް ފަށާ މި އޮޕަރޭޝަނުގައި ދިވެހި ސިފައިންނާއެކު ތުރުކީގެ އޮފިޝަލުން ބައިވެރިވާއިރު، ޑްރޯނަށް ދިވެހި ސިފައިން އަހުލުވެރި ކުރުވުމާއި، ތަމްރީންތައް ފޯރުކޮށްދެނީ ތުރުކީގެ އޮފިޝަލުންނެވެ. އެކަމަށްޓަކައ ދިވެހި ސިފައިންގެ ބައެއް އޮފިސަރުން ވަނީ ތުރުކީއަށްގޮސް ޑްރޯން ބޭނުންކުރާނެ ގޮތުުގެ ތަމްރީނުގައިވެސް ބައިވެރިވެފައެވެ.

ދިވެހިރާއްޖޭ އިން 974000 އަކަ ކިލޯމީޓަރަށް ދެމިގެންދާއިރު އެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖެއަށް ގެނެސްފައިވަނީ "ބައިރަކްތާރު ޓީބީ2″ ގެ ޑްރޯންކަމަށް މައުލޫމާތު ލިބެއެވެ. ބައިރަކްތާރު ޓީބީ2" ޑްރޯނަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭނެ އުޅަނދުތަކެކެވެ. 70 އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ އާއެކު ރޭގަނޑުވެސް ވަގުތުން ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އުޅަނދެކެވެ. ހަމައެއާއެކު 300 ކިލޯމީޓަރު ދުރުން މައިމަރުކަޒަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަށް ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުމުގެ ގާބިލްކަން ވެސް ލިބިފައިވެއެވެ. އަދި ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭ މި ޑްރޯންގެ ބޮޑުމިނަކީ 21 ފޫޓެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.