ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު
ހަބަރު
15 Mar 2024 | 21:38
ޕެންޝަން ސްކީމް ވަރުގަދަ ކޮށް އޭގެން އެންމެ ފައިދާވާ ގޮތް ހަދަން ބޭނުން؛ އެކަންވާނީ ގާނޫނު ބަދަލު ކޮށްގެން: ރައީސް

ޕެންޝަންގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވަން ބޭނުންފުޅުވާ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަަށް ޖަވާބު ދެއްވުމަށް ކުރިއަަށް ގެންދާ "ރައީސްގެ ޖަވާބު" ގައި ހުޅުމާލެ ފްލެޓް H-16-16-05، ފާޠިމަތު ޙަސަން މަނިކު، ޕެންޝަން ފަންޑަށް ޖަމާވާ ފައިސާ، ވަޒީފާއިން ވަކިވުމާއެކު ލިބޭނެ އިންތިޒާމެއް ހަމަޖެއްސިދާނެތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

އޭގެ ޖަވާބުގައި ރައީސް ވިދާޅުވީ ޕެންޝަނަށް ފައިސާ ނަގަނީ ވަކި ގާނޫނެއްގެ ދަށުން ކަމަށާ އެހެން ކަމުން ފައިސާ ނަގާ ގޮތް ވެސް ފައިސާ ދޫކުރެވޭނެ ގޮތަށް ވެސް ބަދަލެއް ގެނެވޭނީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ.

ޕެންޝަނަކީ ވަކި ގާނޫނެއްގެ ދަށުން ނަގާ އެއްޗެއް ވީމަ، ސަރުކާރުން އެއަށް ބަދަލު ގެނެވޭނީ ގާނޫނު އިސްލާހު ކޮށްގެން. އަޅުގަނޑު ބޭނުން ޕެންޝަން ސްކީމް ވަރުގަދަ ކުރަން ވެސް އޭގެން އެންމެ ފައިދާވާނެ ގޮތް ރައްޔިތުންނަށް ހަދަން ވެސް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މިއާއެކު ރައީސް ވިދާޅުވީ ޕެންޝަން ސްކީމާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ގަބޫލުބކުރެއްވޭ ކަމަށާ އެކަން ހައްލު ކުރުމަށް ގާނޫނު އިސްލާހު ކުރެވޭނީ މަޖިލީސްތެރެއިން ކަމަށެވެ. އަދި އެބަދަލު ގެނެވޭނީ އެފަދަ ފުރުޞަތެެއް މަޖިލިސް ތެރެއިން ލިބިވަޑައިގެންފިނަމަ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.