ދިވެހި ސިފައިންގެ އެއާފޯސް އިފްތިތާހު ކުރުން— ފޮޓޯ/ ވޮއިސް
ހަބަރު
15 Mar 2024 | 22:46
ދިވެހި ސިފައިންގެ ވައިގެ ބާރު، “އެމްއެންޑީއެފް އެއާ ކޯ” ރަސްމީކޮށް އިފްތިތާހު ކޮށްފި!

ދިވެހި ސިފައިންގެ ވައިގެ ބާރު "އެމް.އެން.ޑީ.އެފް އެއަރ ކޯރ" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާހްކޮށްދެއްވީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. 

ދިވެހިރާއްޖޭގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދާއި، ރައްޔިތުން ރައްކާތެރިކޮށް ޙިމާޔަތް ކުރުމަކީ ސިފައިންގެ ޚިދުމަތުގެ މައިގަނޑު މަޤްޞަދު ކަމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 243 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާއިރު، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ) ގައި ސިފައިން ބެހިގެންވާ މައިގަނޑު ބައިތަކުގެ ތެރޭގައި ވައިގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ބާރު ހިމެނޭކަމަށް ކަނޑައަޅާފައިވެއެވެ. 

އެހެންކަމުން، ޤާނޫނުއަސާސީއާއި ސިފައިންގެ ޤާނޫނުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ފަދައިން ދިވެހި ސިފައިން ތަރުތީބުކޮށް، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދު ސަލާމަތްތެރިކަމާއެކު ބެލެހެއްޓުމުގައި އަމިއްލަ ޤާބިލްކަން ހުރި ބަޔަކަށް ދިވެހި ސިފައިން ހެދުމުގެ މަސައްކަތް ފެށުމަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އެގޮތުން މިރޭ އިފްތިތާހު ކުރެވިގެން ދިޔަ "އެމް.އެން.ޑީ.އެފް އެއަރ ކޯރ" އުފެދުމާއެކު، ވައިގެ ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންގެ ބާރުގެ ޚިދުމަތަށް އެންމެ ފުރަމަތަ ނެރެފައިވަނީ އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) އެވެ. މިއީ، މި ޚިދުމަތުގެ ފެށުން ކަމުގައިވިޔަސް، ސަރުކާރުގެ އަމާޒަކީ މޭންޑް އަދި އަންމޭންޑް ސިސްޓަމްތައް ސިފައިންގެ ޚިދުމަތަށް ތަޢާރަފްކޮށް، ސިފައިންގެ ވައިގެ ޚިދުމަތް ދައުލަތުގެ ފުދުންތެރިކަން ތަންދޭ މިންވަރަކުން ތަރައްޤީކުރަމުން ގެންދިއުން ކަމަށް އެކަމާއި ގުޅިގެމް އެމްއެންޑީއެފް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. 

ދިވެހިރާއްޖެއަކީ 99.7% ކަނޑު އެކުލެވޭ ޤައުމަކަށްވެފައި، ދިވެހީންގެ ދިރިއުޅުމުގެ އެންމެހާ ކަންކަން ކަނޑާ ގުޅިފައިވާއިރު، ޤާނޫނުއަސާސީއާއި ޤާނޫނުތަކުގައި ކަނޑައަޅާ ބަޔާންކޮށްފައިވާ ދިވެހިރާއްޖޭގެ ސަރަޙައްދުތަކަކީ ދިވެހީން އިޤްތިޞާދީ ސިނާޢަތްތައް ތަރައްޤީކޮށް ކުރިއަރުވާ، އިޖުތިމާޢީ ޙަރަކާތްތައް ހިންގާ، މިނިވަންކަމާއެކު އެ މަސައްކަތްތަކުން ނަފާ ހޯދުމަށް އުޅެވޭނެފަދަ ސަލާމަތްތެރި ވެށްޓެއް ޤާއިމް ކުރެވިފައިވާ ތަނެއްގެ ގޮތުގައި ޤާއިމްކޮށް ދެމެހެއްޓުމުގައި ދިވެހިން އަމިއްލަ ފައި މައްޗަށް ތެދުވުމަށް ކުރާ މަސައްކަތުގައި މިއީ ދިވެހިރާއްޖެއަށް ޙާޞިލުކުރެވުނު މުހިންމު ލަނޑުދަނޑިއަކާއި ކާމިޔާބީއެއް ކަން ގައުމީ ދިފާއީ ބާރުން ފާހަގަ ކުރެއެވެ. 

ދިވެހި ސިފައިންގެ ވައިގެ ޚިދުމަތް ޤާއިމްކުރެވުމުން، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގައި ހިނގާ ޙާދިސާތަކުގައި ދިވެހި ދައުލަތުން އަދާކުރުމަށް ލާޒިމުކުރާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް މިހާރަށްވުރެ ފުރިހަމައަށް އަދާކުރުމަށް މަގުފަހިވެ، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާ ކަނޑުގެ ޤައުމުތަކާއި، އިންޑިއާ ކަނޑުގައި ޙަރަކާތްތެރިވާ އެހެން ޤައުމުތަކާ ގުޅިގެން ކުރާ މަސައްކަތުގައި ދިވެހިރާއްޖެއަށް މިހާރަށްވުރެ މާނަވީ ދައުރެއް އަދާކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ. 

ގައުމީ ދިފާއީ ބާރުން ބުނެފައިވާ ގޮތުގައި، ދިވެހިރާއްޖޭގެ ސިޔާދަތާއި، ދިވެހީންގެ މިނިވަންކަމާއި އަމިއްލަވަންތަކަން ޙިމާޔަތްކޮށް ރައްކާތެރިކުރުމުގައި އަބަދުވެސް މަސައްކަތްކުރާނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާކުރެވޭނޭހެން އެ ބާރު ތަރައްޤީކުރުމާއެކު، އަދި ރަޙުމަތްތެރި ޤައުމުތަކާއެކު ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ބަދަހިކޮށް އެފަރާތްތަކުގެ އެހީއާއި މަދަދާއެކުގައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.