މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވާހަކަދައްކަވަނީ— ފޮޓޯ/ ވޮއިސް
ހަބަރު
16 Mar 2024 | 00:57
ސިފައިންގެ ވައިގެ ބާރަށް ގިނަ ޢާލާތްތައް ތުރުކިޔޭއިން ދީފައިވަނީ ހިލޭ: ރައީސް ޑރ. މުޢިއްޒު

ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް ގެނެވުނު ގިނަ އާލާތްތައް ތުރުކީޔޭއިން ގެނެސްފައިވަނީ ހިލޭ އެހީގެ ތެެރެއިން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ސިފައިންގެ ވައިގެ ބާރުގެ ޚިދުމަތްފެށުމަށް އެންމެ ބޮޑު އެއްބާރުލެއްވުމެއް ދިވެހި ސަރުކާރަށް ދެއްވީ ތުރުކިޔޭގެ ރައީސް ރަޖަބް ޠައްޔިބު ޢުރުދުޣާން ކަމަށެވެ. އެހެން ކަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނާއި، ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި އުރުދުޣާން އަށް ޝުކުރު އަދާކުރައްވާފައެވެ. 

މިއާއެކު ރައީސް މުޢިއްޒުވަނީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންތާ ދެ ހަފްތާ ނުވަނީސް ތުރުކިޔޭ އަށް ވަޑައިގެންނެވުމަށް އެމަނިކުފާނަށް ދައުވަތު ދެއްވައި، އެގައުމަށް ވަޑައިގެންނެވުމުން ރައީސް އުރުދުޣާން ބެހެއްޓެވި ގާތްކަމަކީ ރާއްޖޭގައި ރާއްޖޭގެ އަމިއްލަ ވައިގެ ބާރެއް އުފެއްދުމުގެ ހުވަފެން ހަގީގަތަކަށް ވުމުގެ އަސްލު ކަމަށެވެ. 

މިތަނުން 3 ޔޫއޭވީ ފެނުނު ނަމަވެސް، އިރާދަކުރެއްވިއްޔާ އެއަށްވުރެ މާ ގިނަ ވާނެ، އެމަނިކުފާނާއި، އަޅުގަނޑުމެންނާއި ދޭތެރޭގައި މިއޮތް ގާތްކަމުގެ ތެރެއިން އަޅުގަނޑުމެންގެ އަސްކަރިއްޔާގެ ބާރުވެރިކަން. އަދި މީގެ ގިނަ އާލާތްތަކަކީ، މިއޮތް ގާތްކަމުގެ ތެރެއިން، ދިވެހި ގައުމަށް ހިލޭ ހަދިޔާ ކޮށްފައިވާ ތަކެތިކަން އަޅުގަނޑު ފަޚުރުވެރިކަމާއި އެކު ފާހަގަ ކުރަން

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް މުޢިއްޒު އިތުރަށް ވިދާލުވީ، ދިވެހި ކަނޑުގެ ސަރަހައްދު ބަލަހަށްޓާ ޔޫއޭވީ، އުފައްދާ ކުންފުނި ކަމަށްވާ ބައިކާރު ކުންފުނީގެ އިސްވެރިންނާއި، އެމަނިކުފާނާއި ބައްދަލުކުރެއްވިގެންދިޔައީވެސް ތުރުކިޔޭގެ ރައީސް އާއި ސަރުކާރާއި އޮންނަ ގާތް ގުޅުމުގެ ސަބަބުންނެވެ. 

ބައިކާރު ކުންފުންޏަކީ އެފަދަ ޢާލާތްތައް އުފެއްދުމަށް ދުނިޔޭގައިވެސް ނަން މަޝްހޫރު ކުންފުންޏެކެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ކަނޑު ބެލެހެއްޓިގެންދާނީ އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައިކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.