ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ވޮއިސް
ހަބަރު
16 Mar 2024 | 09:33
މި އަހަރު ނިމުމުގެ ކުރިން މެޑިކަލް އިވެކުއޭޝަނަށް ބޭނުންކުރެވޭ ހެލިކޮޕްޓަރެއް އޮންނާނެ: ރައީސް ޑރ.މުއިއްޒު

މި އަހަރު ނިމުމުގެ ކުރިން މެޑިކަލް އިވެކުއޭޝަނަށް ބޭނުންކުރެވޭ ހެލިކޮޕްޓަރެއް އެއާ އެމްބިއުލެންސް ހިދުމަތުގެ ތެރޭގައި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުއިއްޒު މިފަދައިން ވިދާޅުވީ، ރާއްޖޭގެ ދިފާއީ ބާރުގެ ވައިގެ ކޯ އާއި އަސްކަރީ ޑްރޯންތައް އިފްތިތާހްކުރުމަށް މާފަރުގައި ރޭ ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރާއްޖޭގައި މި ސަރުކާރުން ސިއްޚީ ޚިދުމަތްތައް ރަނގަޅުކޮށް އިތުރަށް ފުޅާކުރުމުގެ ގޮތުން އެއާ އެމްބިއުލާންސެެއްގެ ގޮތުގައި ޑެޝް8ގެ މަތިންދާ ބޯޓަކާއި ސީ ޕްލޭނެއް މިހާރު ރާއްޖޭގައި އެބައޮތް ކަމަށާއި އެ ޚިދުމަތުގެ ތެރެއަށް މިއަހަރު ހެލިކޮޕްޓަރެއް ވެސް އިތުރު ކުރައްވާނެ ކަމަށެވެ.

"މިހާރު އިރާދަކުރެއްވީތީ އެވަނީ އަޅުގަނޑުމެންގެ އަމިއްލަ ކެޕޭސިޓީއެއް ކަމުގެ ގާއިމްކުރެވިފަ. ޑެޝް8ގެ މަތިންދާބޯޓެއް, އަދި ސީ ޕްލޭނެއް އެވަނީ މިހާރު އެއާ އެމްބިއުލާންސް ސާވިސްއަށް އިތުރުކުރެވިފަ. އަދި މިއަހަރު ނިމުމުގެ ކުރީގަ ހެލިކޮޕްޓަރ ސާވިސްގެ ތެރޭގަވެސް އަބަދު ބޭނުންކުރެވޭ މެޑިކަލް އިވެކުޢޭޝަންއަށް ބޭނުންކުރެވޭ ހެލިކޮޕްޓަރެއް ވެސް އޮންނާނެ،".

ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޑރ.މުއިއްޒު ވިދާޅުވީ، އޭރު ކެޕޭސިޓީ ނެތުމުގެ ސަބަބުން މީގެ ކުރިން މިކަން ކުރަން ޖެހުނީ އެހެން ގައުމުގެ އެހީ ހޯދައިގެން ކަމަށްވީ ނަމަވެސް، އެއްވެސް ބޭރުގެ އެހީއެއް ނެތި އަމިއްލަ ކެޕޭސިޓީގައި އެއާ އެމްބިއުލާންސުގެ ޚިދުމަތް ބެލެހެއްޓުމުން މިނިވަންކަން ޔަގީންވާ ކަމަށެވެ.

ރާއްޖެއަށް އަލަށް ތައާރަފްކުރި އެއާ އެމްބިއުލެންސް ގެ ހިދުމަތް ފެށިގެން ދިޔައީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އެއްފަހަރާ ދެ މީހުން އުފުލޭވަރުގެ ގާބިލުކަން ހުރި މޯލްޑިވިއަންގެ މަތިންދާބޯޓަކާއި އެކު ފެށި މި ހިދުމަތުގެ ތެރެއަށް މިހާރު ވަނީ ސީޕްލޭން އެއް ވެސް އިތުރުކޮށްފައެވެ.

މި ޚިދުމަތުގެ ތެރެއަށް މި އަހަރުގެ ތެރޭގައި ހެލިކޮޕްޓަރެއް އިތުރުކުރައްވާނެ ކަމަށް ރައީސް ޑރ.މުއިއްޒު ރޭގައި ވިދާޅުވިއިރު، ޖަނަވަރީ 28 ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލްވުމުގައި، އަވަސް ސިއްހީ ފަރުވާ ބޭނުންވާ މީހުން އެއްތަނުން އަނެއް ތަނަށް ގެންދިއުމަށާއި ގެއްލޭ މީހުން ހޯދުމަށްޓަކައި ރާއްޖޭގައި އަލުން ހެލްކޮޕްޓަރު އުދުއްސުމުގެ ހިދުމަތް ފަށަން ސަރުކާރުން ނިންމާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.