ވަޒީރު މުހައްމަދު ޣައްސާން މައުމޫން-- ފޮޓޯ: ވޮއިސް
ހަބަރު
16 Mar 2024 | 11:10
ދިވެހި ލަޝްކަރު އަލުން އަތުރާލައްވާ ރައީސް ހޯއްދެއްވި ކުރިއެރުމަކީ ހަތުރުން ހައިރާން ކުރުވި ކަމެއް: ވަޒީރު ޣައްސާން

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލްގެ ހިމާޔަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ތެދުވެ ވަޑައިގެން ކުރައްވާ ބުރަ މަސައްކަތުން ހަލުވި ކަމާއެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވާ ހޯއްދެއްވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް ކަމަށް ދިވެހި ރާއްޖޭގެ ދިފާއީ ވަޒީރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ނ. މާފަރުގައި ރޭގައި އެމްއެންޑީއެފްގެ އެއާ ކޯ އިފުތިތާހުކޮށް، ޑްރޯން ބޭނުން ކުރަންފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޣައްސާން ވިދާޅުވީ، މިއީ ރައްޔިތުންގެ ހިތްތަކުގައި ރައީސްއާ މެދު އުފެދުނު އިތުރު ޔަގީންކަމެއް ކަމަށާއި ތުއްތު ކުދިންގެ ހިތްތަކުގައި ހުއްބުލް ވަތޮންގެ ދަންމަރު އަލުން ދިއްލާލައި، ދިވެހި ސިފައިންގެ އަޒުމު އިތުރަށް ވަރުގަދަ ކުރުވި ކަމެއް ކަމަށެވެ.

"މިފަދަ ހިނދެއްގައި ދެވަނަ ތެދުވުމަކުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގްލާލްގެ ހިމާޔަތުގައި ބޮޑު ތިލަދުންމަތިން ރައީސް މުއިއްޒު ތެދުވެ ވަޑައިގެން ރާއްޖޭގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ގޮތުގައި އަޅުގަނޑުމެން އުޅުމުގެ ހައްގު އެބައޮތް ކަމަށް ވިދާޅުވެ ހަށި ފޮޅާލާ އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ދިވެހިންގެ ވެސް ހައްގެއްް ކަމަށް ވަަރަށް ފާޅުގައި ވިދާޅުވެ ކެރިގެން ކުރައްވާ ބުރަ މަސައްކަތުން ހަލުވި ކަމާއެކު ދިވެހި ލަޝްކަރު އަލުން އަތުރާލައްވާ ހޯއްދެއްވި ކުރިއެރުމަކީ ހަތުރުންނާއި މިތުރުން ހައިރާން ކުރުވި ކަމެއް."

ޣައްސާން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ޣައްސާން ވިދާޅުވީ، ހަނގުރާމަތައް ކުރެވޭ ގޮތްތައް ބަދަލުވެގެން އައިސް އެންމެ ބޮޑަށް ފާހަގަކުރެވޭ އެއްކަމަކީ އަދުގެ ހަނގުރާމަތައް ބޮޑަށް ބަރޯސާ ވަނީ ޓެކްނޮލަޖީ އާއި ލަޝްކަރީއިންގެ ފުރާނަ ނުރައްކަލަށް ހުށަހެޅުން މަދު ކުރެވޭ، ކުޑަ ކުރެވޭ ގޮތްތަކަށް ކަމަށެވެ.

އެގޮތުން އެޑްވާންސް ޑްރޯން އަކީ މިހާރު ދުނިޔޭގައި ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ޕްލެޓްފޯމެއް ކަން ފާހަގަކުރައްވާ ޣައްސާން ވިދާޅުވީ، މިއީ ދިމާވާ ހާލަތަކުން ރާއްޖޭގެ މިނިވަންކަން ދިފާއު ކުރަން ޑިފެންސިވް މެނޫވާސް ނެގޭނެ އަލިފާނުގެ ބާރުހުރި ހަތިޔާރެއް ކަމަށެވެ. އަދި މި އާއި އެކު މިހާރު ދިވެހި ސިފައިން ރައްކާތެރިކަމާއެކު ތިބެގެން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް ދެވޭނެ ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.