އަޤްޞާ މިސްކިތުގައި ބަހައްޓާފައިވާ ދަގަނޑު ހުރަސްތައް -- ފޮޓޯ: އަނަޑޯލް
ދުނިޔެ
16 Mar 2024 | 13:34
‎އަލްއަޤްޞާ މިސްކިތުގެ ބޮޑު 3 ގޭޓެއްގައި ދަގަނޑު ހުރަސްތަކެއް ބަހައްޓައިފި

‎މުސްލިމުންގެ ތިންވަނައަށް އެންމެ މާތްމިސްކިތް އަލް-އަލްއަޤްޞާ މިސްކިތަށް ވަންނަ މައި ތިން ގޭޓެއްގައި ‎‎ އިޒްރޭލު ފުލުހުން ދަނގަޑު ހުރަސްތަކެއް އެޅުމުގެ ސަބަބުން މުސްލިމުން އެމިސްކިތަށް ވަނުމަށް އިތުރު އުނދަގޫތަކެއް ‎‎ ކުރިމަތިވަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.‎

‎ހިފާފައިވާ ގުދުސް ސިޓީގެ އިސްލާމިކް އެންޑޯމަންޓްސް ޑިޕާޓްމަންޓް، ވަޤްފް އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދަގަނޑު ‎‎ހުރަސްތައް ބަހައްޓާފައިވަނީ ރަސްގެފާނު ފައިސަލް އާއި އަލްޣަވަންމެހް އަދި އަލްހާދީދުގެ ދޮރުމަތީގައި ކަމަށާއި އެއީ ނުރައްކާތެރި އަދިއެފަދަ ފިޔަވަޅެއް އަޅައިފާނެ ކަމަށް  ‎‎ހީވެސް ނުކުރާވަރުގެ ފިޔަވަޅެއް ކަމަށެވެ.‎

‎އުރުދުން އާއި ފަލަސްތީނުން ވެސް ވަނީ އިޒްރޭލުން މިސްކިތަށް ވަނުމަށް އަލަށް ހުރަސް އެޅުމުން އެކަން ކުށްވެރިކޮށްފައެވެ.‎

‎އުރުދުންގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިސްރާއީލުގެ މި ފިޔަވަޅަކީ ނުރައްކާތެރި އަދި ބަލައިގަނެވޭނެ ‎‎ފިޔަވަޅެއް ނޫން ކަމަށެވެ.‎

‎ހިފާފައިވާ އިރުމަތީ ގުދުސްގެ މައްޗަށް އިސްރާއީލަށް އެއްވެސް ސިޔާދަތެއް ނޯންނާނެ ކަމަށާއި އަލްއަޤްޞާ މިސްކިތަށް ނަމާދަށް މީހުން ‎‎ވަނުމަށް އެއްވެސް ހުރަހެއް އެޅުމުގެ އިހްތިޔާރެއް ނޯންނާނެ ކަމަށާއި، އުރުދުންގެ ރަސްގެފާނަކީ ގުދުސްގައި މުސްލިމުންނާއި ‎‎ކްރިސްޓިއަނުންގެ މާތް ތަންތަން ބެލެހެއްޓުމުގެ ރަސްމީ އަދި ބައިނަލްއަގްވާމީ ގޮތުން ބަލައިގަންނަ ބެލެނިވެރިއެއް ކަމަށް އެ ‎‎މިނިސްޓްރީން ބުންޏެވެ.‎

‎އަދި އިޒްރޭލުން ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް ހިންގަމުންދާ އަމަލުތައް ހުއްޓުވުމުގެ ޒިންމާ އުފުލުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ‎‎ގޮވާލާފައިވެއެވެ.‎

‎ފަލަސްތީނުގެ ޚާރިޖީ ވުޒާރާއިން ވެސް ވަނީ އިޒްރޭލުން ހުރަސްތައް ހަރުކޮށްފައިވާތީ އެކަން ކުށްވެރިކޮށް، މިއީ އަލްއަޤްޞާ މިސްކިތުގެ ‎‎ތާރީޚީ، ޤާނޫނީ އަދި ސިޔާސީ ޙަޤީޤަތް ބަދަލުކުރުމަށް އެޅި ފިޔަވަޅެއްކަމަށް ބުނެފައެވެ.‎

‎އަދި ހުރަސްތައް އެޅުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށާއި އިސްރާއީލުގެ އެ އަމަލުތަކަކީ އަޅުކަންކުރާ ‎‎ތަންތަނަށް ވެރިވެގަތުމުގެ ގޮތުން ހިންގަމުންދާ އަމަލުތަކެއް ކަމަށް އެ ޖަމިއްޔާއިން ދެކެއެވެ.‎

‎އެ ޖަމިއްޔާއިން ވަނީ ގުދުސް އާއި އެގައުމުގެ ކްރިސްޓިއަން އަދި މުސްލިމުންގެ ހިޔާވަހިކަމަށް އިސްރާއީލުން އަރައިގަތުން ހުއްޓުވުމަށް ‎‎ބައިނަލްއަގުވާމީ ނުފޫޒު ފޯރުވުމަށް ގޮވާލާފައެވެ.‎

‎ހަމާސް ޖަމާއަތުން އިސްރާއީލުގެ މި ފިޔަވަޅަށް ވަރަށް ބޮޑަށް ފާޑުކިޔައި ބުނީ މިއީ ރަމަޟާން މަހު އަލްއަޤްޞާ މިސްކިތަށް ނަމާދަށް ދާ ‎‎މީހުން ހުއްޓުވުމަށް ކުރާ ނުބައި މަސައްކަތެއް ކަމަށެވެ.‎

‎އިސްރާއީލުގެ އަސްކަރިއްޔާއިން މިދިޔަ ހޯމަ ދުވަހު ވަނީ ރަމަޟާން މަހު ހުކުރު ނަމާދު ކުރުމަށް، ހިފާފައިވާ ހުޅަނގު އައްސޭރިން އިރުމަތީ ‎‎ގުދުސްއަށް ފަލަސްތީނު މީހުން އެތެރެވުން ހުއްޓުވާފައިވާކަން އިއުލާނުކޮށްފައެވެ.‎

‎އެ އެންގުންތަކުގައިވާ ގޮތުން ރަމަޟާން މަހު ގުދުސްއަށް ވަދެވޭނީ އުމުރުން 55 އަހަރުން މަތީގެ ފިރިހެނުންނާއި 50 އަހަރުން މަތީގެ ‎‎އަންހެނުންގެ އިތުރުން ދިހަ އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.‎

‎އަލްއަޤްޞާ ހުންނަ އިރުމަތީ ގުދުސް އިސްރާއީލުން ހިފާފައިވަނީ 1967 ވަނަ އަހަރުގެ ޢަރަބި-އިސްރާއީލު ހަނގުރާމައިގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.