ބެޑްމިންޓަން އެސޯސިއޭޝަންގެ ވެރިން-- ފޮޓޯ: ބީއޭއެމް
ކުޅިވަރު
18 Mar 2024 | 13:15
އިންތިހާބުގެ މަސައްކަތް މަޑުޖައްސާލަން އެންގުމުންވެސް ބީއޭއެމުން އިންތިހާބައިގެން ކުރިއަށް

ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ އިންތިހާބުގެ މަސައްކަތް މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް އެންގުމުންވެސް އެ އެސޯސިއޭޝަނުން އިންތިހާބާއި ގުޅޭ މަސައްކަތްތައް ކުރަމުންދާތީ ފާޑުކިޔުންތައް އަމާޒުވެއްޖެއެވެ.

މިގޮތުން މިދިޔަ ބުދަ ދުވަހު ތޮލާލް ވަނީ ބީއޭއެމްގެ ވޯޓިން ސިސްޓަމް އެކުލަވާލަފައި އޮންނަ ގޮތާ ގުޅޭ ގޮތުން ފެންމަތިވެފައިވާ މައްސަލަތައް ހައްލު ކުރުމަށް ފަހު ނޫނީ އިންތިހާބު ނުބޭއްވުމަށް އެ އެސޯސިއޭޝަނަށް އަންގާފައެވެ. އަދި އަތޮޅުތަކުގެ ފޯކަލް ޕޮއިންޓަކެއްގެ ގޮތުގައި، އެ އެސޯސިއޭޝަންގެ އެކުލަވާލާފައިވާ ބެޑްމިންޓަން ޑިވެލޮޕްމެންޓް ސެންޓަރު (ބީޑީސީ) ތަކުގައި އެންމެ ފަރުދަކު އައިސް 100 އަށް ވުރެ މެންބަރުންގެ ނަމުގައި 100 އަށް ވުރެ ވޯޓް ދޭއިރު، މި ބީޑީސީ ތަކަކީ ސްޕޯޓްސް ކޮމިޝަނާގެ އޮފީހުގައި ރަޖިސްޓަރީ ކޮށްފައިވާ ކޮމިޓީތަކެއް ނޫން ކަން ވެސް ތޮލާލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް ތޮލާލް ވިދާޅުވީ، ސްޕޯޓްސް ކޮމިޝަނާގެ އޮފީހަށް ބެޑްމިންޓަން ކުޅުންތެރިންނާއި ކްލަބްތަކުގެ ފަރާތުން ވެސް ޝަކުވާ ލިބެމުންދާތީ، އެކަމާއި ގުޅިގެން ވެސް އިންތިހާބު އިއުލާން ކުރުމުގެ ކުރިން ވެސް، އިންތިހާބުގެ މަސައްކަތް ކުރިއަށް ނުގެންދަން އެންގެވި ކަމަށެވެ.

"އިންތިހާބަށް އިއުލާން ކުރުމުގެ ކުރިން ވެސް އޮންނާނީ ސިޓީއަކުން ދަންނަވާފަ، އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި އިސްޅާޙު ކުރަން ހުރި ބައެއް ކަންކަން ހުރުމާއި، އަދި ބައެއް އިތުރު ކަންކަމުގައި ކުލަބުތަކާއި ކުޅުންތެރިންގެ ޝަކުވާ ލިބެމުންދާތީ، އެ ޝަކުވާތައް ބެލުމަށާއި، އަދި އިންތިހާބަށް އިޢުލާނުކުރުމުގެ ކުރިން ގަވާއިދުގައި އިސްލާޙު ކުރަން ހުރި ކަންކަން އިސްލާހު ކުރުމަށް. އެހެން އޮއްވައި އިއްޔެ އިންތިހާބަށް އިއުލާން ކުރުމުން އަނެއްކާ މިއަދު އެންގުމެއްގެ ގޮތުގައި މި އެންގީ،"

ތޮލާލް ވިދާޅުވިއެވެ.

ސްޕޯޓްސް ކޮމިޝަނާ މިފަދައިން ވިދާޅުވެ، އިންތިހާބުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައިވަނިކޮށް، އިއްޔެ އެ އެސޯސިއޭޝަނުން ވަނީ އެންމެ ބޮޑަށް މައްސަލަ ޖެހިފައިވާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހަޅަން ވެސް ހުޅުވާލާފައެވެ.

އިންތިހާބުގެ މަސައްކަތް ކުރިއަށް ނުގެންދަން، ދެ ފަހަރު މަތިން ސްޕޯޓްސް ކޮމިޝަނާ އަންގަވާފައިވާއިރު ވެސް ބީއޭއެމުން އެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާތީ، އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

މިގޮތުން ކުރިން މޫސަގެ ޖެނަރަލް ސެކްރެޓަރީކަން އަދާކުރެއްވި އިޝްފާން މުހައްމަދު (އިއްޕަ) ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަން ބަދަލު ކުރަންވީ "މޫސަގެ ރަސްކަމަކަށް" ކަމަށެވެ.

އިއްޕަ މިފަދައިން ވިދާޅުވި އިރު، އޭދަފުށީގައި ކުރިން ބީއޭއެމްގެ ސެންޓަރެއް ހިންގުމުގައި އިސްކޮށް އުޅުނު މުހައްމަދު އިކްރާމް ވިދާޅުވީ، ބީއޭއެމްގެ އިންތިހާބުގެ ކަންކަން ކުރިއަށް ނުގެންދަން ސްޕޯޓްސް ކޮމިޝަނާ އަންގާފައި ވަނިކޮށް ވެސް އިންތިހާބު ކުރިއަށް ގެންދިއުމަކީ ހުދުމުހުތާރު އަމަލެއް ކަމަށާއި، ބީއޭއެމްގެ އިންތިހާބީ ކޮންގްރެސް އައްޑޫގައި ބޭއްވުމަށް ނިންމާފައިވާއިރު، މި މަސައްކަތަށް އައްޑޫ ކައުންސިލުން އެއްބާރުލުން ދިނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް
13 Sep 2026
ސަންޑަލޭންޑް ބަލިކޮށް އާސެނަލް މޮޅުވުމުގެ ސިލްސިލާ ކުރިއަށް
ސަންޑަލޭންޑް މެޗުން ލިބުނު މޮޅާއެކު އާސެނަލް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑަކާއެކުގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ މިއަދު މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ނުކުންނާނެއެވެ
13 Sep 2026
އިސްލާމްދީނަކީ ރާއްޖޭގެ ޤައުމީ ބިންގާ: ރައީސް މަޢުމޫން
އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤައުމީ ބިންގާ ކަމަށާ އެ ދީން ދޫކޮށްލައިގެން ފަރު ނުޖެއްސޭނެ ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ގޮވާލައްވައިފިއެވެ.
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.