ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު— ފޮޓޯ/ރައީސް އޮފީސް
ހަބަރު
18 Mar 2024 | 19:05
ސައިބަރ ސެކިއުރިޓީއާ ގުޅޭ ކަންކަމަށް ޚާއްސަ އިދާރާއެއް، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، "ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ ނަމުގައި އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައި، އެ އިދާރާއަކީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިފިއެވެ. 
މިކަން އިޢުލާނުކުރެއްވީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމެއްގައެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގާއިމުކުރެއްވީ، ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ފާރަވެރިވެ،ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަސައްކަތްކުރުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާގައި ރާއްޖޭގައި ޢަމަލުކުރާނެ އުސޫލުތަކާއި މިންގަނޑުތައް ކަނޑައެޅުމަށާއި، ދައުލަތުގެ މުއައްސަސާތަކުގެ ސައިބަރ ދިފާޢީ ޤާބިލުކަން އިތުރުކުރުމަށް އެހީތެރިވުމަށާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ޤާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށް އެ ދެންނެވުމުގައި ވެއެވެ. 

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" އަށް ދިވެހި ބަހުން ބޭނުންކުރަން ހަމަޖައްސަވައިފައިވާ ރަސްމީ ނަމަކީ "ސައިބަރ ސެކިއުރިޓީއާ ބެހޭ ޤައުމީ އިދާރާ" އެވެ. 

ރައީސް އޮފީހުގެ ދެންނެވުމުގައި އިތުރަށް ބުނެފައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 500 ކަމުގައެވެ.

"ނޭޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީ" ގެ މަސައްކަތްތައް

1.  ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި އެންމެހައި ކަންތައްތަކުގައި ޤައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއް ގޮތުގައި މަސައްކަތްކުރުން.

2.  ސައިބަރ ވެށީގައި ހިނގަމުންދާ ކަންކަން ދިރާސާކޮށް،ދައުލަތަށް ނުރައްކާވެދާނެ ސައިބަރ ހަމަލާތައް ދުރާލައި ދެނެގަނެ، މިފަދަ ހަމަލާތަކާބެހޭ މައުލޫމާތު ދައުލަތުގެ ސަލާމަތީ މުއައްސަސާތަކާ ހިއްސާކުރުމާއި، މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދިޔުން.

3.     ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ސެކިއުރިޓީ ހަމަލާތަކާއި ހާދިސާތަކުގައި ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މިފަދަ ހަމަލާތަކުގެ ސަބަބުން އިތުރު ގެއްލުންތައް ވިޔަނުދިނުމަށް އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމާއި، އިދާރާތަކުގެ މުހިންމު މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިޔުމަށް ބޭނުންވާ ފަންނީ އެހީތެރިކަން އެ އިދާރާތަކަށް ފޯރުކޮށްދިނުމާއި،        އެ އިދާރާތަކަށް ބޭނުންވާ ސެކިއުރިޓީ ޓޫލްސް އަދި އާލާތްތައް ވަގުތީ ގޮތުން ފޯރުކޮށްދިނުން.

4. ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ދީފައިވާގޮތްތައް ދެނެގަތުމަށް ތަޙުޤީޤުކުރުމާއި، އެ ހަމަލާތަކުން ލިބޭ ގެއްލުންތައް ވަޒަންކުރުން.

5.  ސަރުކާރުގެ އިދާރާތަކަށް ކުރިމަތިވާ ސައިބަރ ހަމަލާތައް ހިންގާފައިވާގޮތް ދެނެގަތުމަށާއި އެ ހަމަލާތައް ދިން ފަރާތްތައް ދެނެގަތުމަށް ތަޙުޤީޤީ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

6.  ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ވެބްސައިޓްތަކާއި، ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ފަރުމާކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި، އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތައް ފަދަ އުފެއްދުންތަކުގައި ބޭނުންކުރާނެސެކިއުރިޓީ ސްޓޭންޑަރޑްތައް ކަނޑައަޅައި އަދާހަމަކޮށް ޝާއިޢުކުރަމުން ގެންދިޔުން.

7.   ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާ ވެބްސައިޓްތަކާއި، ޑިޖިޓަލްކޮށް ޚިދުމަތް ދިނުމަށް ތައްޔާރުކުރާ އިންފޮމޭޝަން ސިސްޓަމްތަކާއި،އެޕްލިކޭޝަންތަކާއި، ޑޭޓާބޭސްތަކާއި މިނޫންވެސް އޮންލައިންކޮށް ޕަބްލިޝްކޮށްފައިވާ ޚިދުމަތްތައް މޮނިޓަރކުރުމާއި، އެ ޓޫލްތަކުގެ ސެކިއުރިޓީ އެސެސްމަންޓްތައް ހެދުމާއި، އެ އެސެސްމަންޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް އެންގުމާއި، އެ މައްސަލަތައް ޙައްލުކުރުމުގައި އެ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

8. ސަރުކާރުގެ އިދާރާތަކުގެ ނެޓްވޯކް އަދި ސާރވަރ އިންފްރާސްޓްރަކްޗަރގެ ސައިބަރ ސެކިއުރިޓީއާބެހޭ އެސެސްމަންޓްތައް ހެދުމާއި، އެ އެސެސްމަންޓުތަކުން ފާހަގަކުރެވޭ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް އެންގުމާއި، އެ މައްސަލަތައް ޙައްލުކުރުމަށް އެ އިދާރާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

9.  ސައިބަރ ނުރައްކާ (ތްރެޓްސް) ތަކާއި ހަމަލާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ އިދާރާތަކުން ގެންގުޅޭ މިންގަނޑުތައް ބަލައި ދިރާސާކޮށް، އެ މިންގަނޑުތަކާ އެއްގޮތަށް ރާއްޖޭގައި ސައިބަރ ސެކިއުރިޓީއާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ބައްޓަންކުރުން.

10.ޤައުމީ ނެޓްވޯކް ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު ގާއިމުކުރުމާއި، ޤައުމީ ސައިބަރ ސެކިއުރިޓީ އިންސިޑެންޓް ރެސްޕޯންސް ޓީމު ގާއިމުކޮށް، މި ޓީމުގެ އޮޕަރޭޝަނަލްކޭޕެބިލިޓީ މަތީފެންވަރެއްގައި ދެމެހެއްޓުން.

11.ސައިބަރ ސެކިއުރިޓީއާބެހޭ ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައެޅުމުގައި ދިވެހިރާއްޖެ ބައިވެރިވާ މިންވަރުވިލަރެސްކުރުމާއި، ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފޯރަމްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމާއި، ދިވެހިރާއްޖެ ބައިވެރިވާ ސައިބަރސެކިއުރިޓީއާ ގުޅުންހުރި ބައިނަލްއަގުވާމީ ފަހުމުނާމާތަކާއި  މުއާހަދާތަކުގައިވާ ކަންކަން ތަންފީޒުކުރުން.

12. ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ ޤާނޫނުތަކުގެ ދެލިކޮޕީ އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން އެކުލަވައިލަންޖެހޭ އުސޫލުތަކާއިމިންގަނޑުތައް އެކުލަވައިލައި އާންމުކުރުން.

13.ސައިބަރ ނުރައްކާ (ތްރެޓްސް) ތަކުން ރައްކާތެރިވެ ތިބުމާއި ސައިބަރ ހަމަލާތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް، ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖޭގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ހޯދުމަށް ޤައުމީ ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން.

14.ސައިބަރ ސެކިއުރިޓީއާ ބެހޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ޕުރޮގުރާމުތައް ރާވައި ހިންގުމާއި، އެންމެ ފަހުގެ ސައިބަރ ނުރައްކާ (ވަލްނަރަބިލިޓީސް) ތަކާއި އެ ކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކަށް އާންމުން ހޭލުންތެރިކުރުވުން.

15.ސައިބަރ ސެކިއުރިޓީގެ ދާއިރާއިން ރާއްޖެއަށް ފަންނީ މީހުން ބޭނުންވާ ދާއިރާތައް ކަނޑައަޅައި، ކަމާބެހޭ ފަރާތްތަކާގުޅިގެން މީހުން ބިނާކުރުމަށް މަސައްކަތްކުރުން.

16.ބައިނަލްއަގުވާމީ، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ސައިބަރ ސެކިއުރިޓީއާ ގުޅުންހުރި ޢިލްމީ ދިރާސާކޮށް،ދިރާސާ ކަރުދާސް ލިޔެ ޝާއިޢުކުރުން.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
އިސްލާމީ ބޮޑު ތިން ގައުމުން ދިފާއީ އެއްބަސްވުމެއް ގާއިމުކޮށްފި
ރިޕޯޓްތައް ބުނާ ގޮތުން މިއަދުގެ އެއްބަސްވުމާއި ހަމައަށް އާދެވުނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހު ތިން ގައުމުގެ މެދުގައި ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ.
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.