މަޓާޓޯގެ ސީއީއޯ
ހަބަރު
19 Mar 2024 | 11:17
އެމްއެމްޕީއާރސީގެ އެސްއޯއީ އުސޫލްތައް ބަދަލުކޮށް، ތިންގުނައަށް މާކެޓިންގެ ޚަރަދު އިތުރު ކުރަން ގޮވާލައިފި

މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމްޕީ.އާރ.ސީ)ރިސްޓްރަކްޗަރ ކޮށް، މާކެޓިންގަށް ކުރާ އިންވެސްޓްމެންޓް މިހާރަށްވުރެ ތިންގުނަ އިތުރުކޮށް، މިހާރު ސަރުކާރުން ގެންގުޅެމުންދާ ޒަމާންވީ އެސް.އޯ.އީ މޮޑެލް މުޅިން ބަދަލުކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓާސް (މަޓާޓޯ) އިން ގޮވާލައިފިއެވެ.

މަޓާޓޯއިން ނެރުނު ނޫސް ބަޔާނެއްގައި ވަނީ، ދައުލަތުން ޖީޑީޕީ 12 ބިލިއަން ޔޫއެސް ޑޮލަރަށް ވާސިލްކުރުމަށް މިސްރާބު ޖަހާފައިވާ ދަނޑިވަޅެއްގައި، އަދި ދިވެހިރާއްޖޭގެ ޢިޤްތިޞާދު ފަތުރުވެރިކަމުގެ ސިނާޢަތަށް މިހާބޮޑަށް ބަރޯސާވެފައިވާއިރު، ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް އިތުރު އަހައްމިއްޔަތެއް ދިނުމަކީ ދެމެހެއްޓެނިވިކޮށް މިސިނާޢަތް ފުޅާކޮށް ދިވެހިރާއްޖޭގެ ޢިޤްތިޞާދު ކުރިއަރުވައި އަދި ޢިޤްތިޞާދީ ހަމަޖެހުން ޤާއިމްކުރުމަށް ވަރަށް މުޙިއްމު ކަމެއްކަން ފާހަގަކޮށްފައެވެ. 

މިކަމަށް ބަލާއިރު، މަޓާޓޯއިން 2017 ވަނަ އަހަރުގެ ބައިނަލްއަޤުވާމީ ފަތުރުވެރިންގެދުވަސް ފާހަގަކުރުމުގެ ގޮތުން، "އިމްޕޯޓަންސް އޮފް ޑެސްޓިނޭޝަން މާކެޓިންގް" ގެނަމުގައި ނެރެފައިވާ ޚާއްސަ ރިޕޯރޓްގައި ވެސް އަލިއަޅުވާފައިވާނޭފަދައިން، ވޭތުވެ ދިޔަ އަހަރުތަކުގައިވެސް މަންޒިލް މާކެޓްކުރުން އެއީ އެހެން ހުރިހާކަމަކަށްވުރެ މުހިއްމުކަމެއްކަމުގައި މަޓާޓޯއިން ވަނީ ބުނެފައެވެ.

ރާއްޖެއާއި ވާދަކުރަމުން އަންނަ ބައެއް ޤައުމުތައް ކަމުގައިވާ، ސްރީލަންކާ، މޮރިޝަސް އަދި ސީޝެލްސްއަށްދިމާވެފައިވާ ގޮންޖެހުންތައް ދިރާސާކޮށް ގިނަގުނަ ތަފްސީލީ ހޯދުން ތަކެއްގެ މައްޗަށްބިނާކޮށް އެކުލަވާލާފައިވާ މިރިޕޯޓުގައި، ބައިނަލްއަޤްވާމީ ފެންވަރުގައި ރާއްޖެއަކީފަތުރުވެރިންނަށް ސަލާމަތްތެރި "ހޭވަން"އެއް ގޮތުގައި އިޝްތިހާރުކުރުން އިތުރަށް ފުޅާކުރުމުން ލިބޭނެ ގިނަ ގުނަ ފައިދާތައް ތަފްޞީލްކޮށް ބަޔާންކޮށްދީފައިވެއެވެ. 

މީގެ އިތުރުން މަޓާޓޯއިން ބުނީ، 2023 ވަނަ އަހަރުގައި 1،878،543 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އެމް.އެމް.ޕީ.އާރ.ސީގެ ޒަރިއްޔާއިން ދިވެހި ސަރުކާރުން މަންޒިލް މާކެޓް ކުރުމަށްޓަކައި ހޭދަކޮށްފައިވަނީ ބޮލެއްގެ މައްޗަށް އެންމެ 4 ޔޫއެސް ޑޮލަރު ކަމަށެވެ. ނަމަވެސް ދިވެހި ދައުލަތަށް، ރިޓާން އޮން އިންވެސްޓްމަންޓް (އާރ.އޯ.އައި)ގެ ގޮތުގައި ސީދާ އަދި ނުސީދާގޮތުން ފަތުރުވެރިކަމާއިި ގުޅިފައިވާ ޓެކްސް އާއި ފައިދާއަށްބަލާއިރު، ބޮލަކަށް 600 ޔޫއެސް ޑޮލަރު ވަދެފައިވާ ކަމަށެވެ. 

ދިވެހިރާއްޖޭގެ ޢިޤްތިޞާދުގައި ފަތުރުވެރިކަމުންކުޅޭ ދައުރާމެދު ފިކުރުކޮށް ، ޚާއްސަކޮށްޖީޑީޕީއާއި ވަޒީފާތަކަށާއި ޖުމްލަކޮށް މުޅިގައުމުގެ ކުރިއެރުމަށް ފަތުރުވެރިކަމުގެ ސިނާޢަތުން މިއަދާކުރާ މުހިއްމު ރޯލަށް ބަލާއިރު، ދައުލަތުން މިސިނާޢަތް ކުރިއަރުވާ ދެމެހެއްޓުމަށްޓަކައި ކުރާހޭދަ އިތުރުކުރުމުގެ މުހިއްމުކަން ވަރަށް ބޮޑުކަން މަޓާޓޯއިން ފާހަގަކޮށްފައިވެއެވެ. އަދި އެއީ ސަރުކާރުން ކުރާ ހޭދައެއް ކަމަށް ނުބަލާ، މިއީ ސަރުކާރުންކުރާ އިންވެސްޓްމެންޓެއްކަމަށް ދެކެންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

މިކަންކަމުގެ އިތުރުން މަޓާޓޯއިން ވަނީ މިވަގުތު އެމް.އެމް.ޕީ.އާރ.ސީގެ ބޯރޑްގައި އިންޑަސްޓްރީ ތަމްސީލްކުރާ މަންދޫބުން މަދުކަމާއި ބޯޑު މެމްބަރުންގެ އިންޑަސްޓރީގެ ތަޖުރިބާ މަދުކަން ފާހަގަކޮށްފައެވެ. އަދި ޓްރެވަލް އެޖެންޓުން، ގެސްޓްހައުސް އަދި ލިވްއަބޯރޑްތަކުން ފެއަރތަކުގައި ބައިވެރިވާން ނަގާފީ ބޮޑުކުރަން މަޝްވަރާކުރާތީވެސް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެހެންކަމުން، މަޓާޓޯއިން ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހޯދަން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލް ކުރުމަށްޓަކައި، ޙާއްސަކޮށް އެހެން ޤައުމުތަކުގެ ވާދަވެރިކަމަށް ބަލައި،އިޝްތިހާރުކުރުމަށް އިތުރު އަހައްމިޔަތެއްދީގެން މިހާރު ޑެސްޓިނޭޝް މާކެޓިންގްއަށް ކުރަމުން އަންނަ ޚަރަދު ތިންގުނައަށް އިތުރުކުރުމަށް ގޮވާލާފައެވެ. އަދި ލޯ ސީޒަނަށް ދިމާކޮށް "ސަމަރ ކެމްޕެއިން" ފަދަ "ޓާރގެޓެޑް ކެމްޕެއިން"އަށް ސަމާލުކަންދީގެން ކުރިއަށްގެންދިއުމަށާއި ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ތެރެއިން ޗުއްޓީގައި ދިގު މުއްދަތު ހޭދަކުރާ ފަރާތްތަކަށް ސަމާލުކަންދީގެން ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ އެވެރެޖް މުއްދަތު އިތުރުކުރުމަށް ވެސް އެދިފައިވެއެވެ. 

މަޓާޓޯއިން ބަޔާންކުރާގޮތުގައި މިކަންކަން ޙާޞިލްކުރުމަށްޓަކައި މިހާރަށްވުރެ ރަނގަޅު މާކެޓިންގ އުކުޅުތައްބޭނުންކުރުމާއި، ހޯދާ ޑޭޓާގެ އަލީގައި އެކުލަވާލާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުން މުޙިއްމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.