އަޒާން—ފޮޓޯ/ އަޒާން ކެންޕެއިން ޓީމް
ހަބަރު
19 Mar 2024 | 11:22
އައްޑޫ ތަރައްޤީކުރުމުގައި އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އޮތް ކެނޑިޑޭޓަކީ އަޒާން: ރައީސް މުޢިއްޒު

ހިތަދޫ މެދު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން އައްޑޫ ސިޓީއާއި އެ ސިޓީގެ ހިތަދޫ ތަރައްޤީކުރުމަށް ސަރުކާރުން ކުރަން ރާވާފައިވާ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެކަމުގެ ޔަގީކަން އޮތް ކެނޑިޑޭޓަކީ ޕީއެންސީގެ ފަރާތުން އެ ދާއިރާއަށް ވާދަކުރައްވާ އަޙްމަދު އަޒާން މަރުޒޫޤުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައި ވަނީ، ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނަށް ރައީސް ފަރާތްޕުޅުން ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.  

އެގޮތުން ރައީސް ވިދާޅުވީ އައްޑޫ ސިޓީއާއި އެ ސިޓީގެ ހިތަދޫގެ ތަރައްޤީއަށް ސަރުކާރުން ގިނަގުނަ ކަންތައްތަކެއް ކުރަން ރާވާފައިވާ ކަމަށެވެ. އެކަންކަން ކުރުމަށް މަޖިލީހުގެ އެއްބާރުލުން ބޭނުންވާ ކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. 

"އައްޑޫގެ އަދި ހިތަދޫގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރަން އެބަހުރި ވަރަށް ގިނަ މަސައްކަތްތައް. ވަރަށް ގިނަ ތަރައްޤީގެ ޕްލޭންގެ ކަންތައްތައް އެބަހުރި. މިކަންކަން ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އެއްބާރުލުން ބޭނުންވޭ. މިކަމުގައި އަޅުގަނޑު ފުރިހަމަ ޔަގީންކަން އޮތީ ކެންޑިޑޭޓު ނަންބަރު ދޭކަަށް.،"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މިއާއެކު ރައީސްވަނީ ހިތަދޫ މެދު ދާއިރާގެ ރައްޔިތުން އަޒާނަށް ވޯޓުދެއްވަން އެދިވަޑައިގެންފައެވެ.

"ހިތަދޫ މެދު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދަންނަވައިލަން ބޭނުންވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިދާއިރާގެ އިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހޮއްވަވައިދެއްވަން ކެންޑިޑޭޓު ނަންބަރު އަޙްމަދު އަޒާން،"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

އައްޑޫ ހިތަދޫ މެދު ދާއިރާއަށް އަޒާނުގެ އިތުރަށް ވާދަކުރައްވަނީ އައްޑޫ ސިޓީގެ މިހާރުގެ ޑެޕިއުޓީ މޭޔަރު ޝުއާއުއެވެ. އޭނާ ވާދަކުރައްވަނީ އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އެ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައެވެ.

ބައިނަލްއަޤުވާމީ ގުޅުންތަކުގެ ދާއިރައިން އަޒަރްބައިޖާނުން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަޒާނަކީ "ދިޔަރެސް" ނޫހުގެ މުއައްސިސެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Aug 2026
ދެ އޮަޕަރޭޝަނެއްގައި ޑްރަގާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި
ކުޅުދުއްފުށީ ބަނދަރު ސަރައްދުން އެ ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 30 ސެލޯފިންކޮޅު ފެނިފައިވެ އެވެ.
07 Aug 2026
"ބޮޑުބަދަލު" ވެބްސައިޓް ލޯންޗުކޮށްފި؛ ހިޔާލު ހުށަހަޅަން އެމްޑީޕީން އެދިއްޖެ
ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި ގާނޫނުއަސާސީއަށް ބަދަލުތައް ގެނައުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އިސްވެ ފެއްޓެވި "ބޮޑުބަދަލު"އާ ގުޅޭ މައުލޫމާތު ދިނުމަށާއި، އެއަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ހާއްސަ ވެބްސައިޓެއް މިއަދު އިފްތިތާހުކޮށްފިއެވެ.
07 Aug 2026
ރައީސް މުޢިއްޒަކީ އަނިޔާވެރި ބޭފުޅަކަށް ވެދާނެ ކަމަށް ޤަބޫލެއް ނުކުރަން
”ސަންގު“ ޓީވީއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އެމަނިކުފާނަށް އަނިޔާވެރިވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ރައީސް ޞާލިޙަށް ވެރިކަން ލިބިވަޑައިގެންނެވި ނަމަވެސް، އެމަނިކުފާނަށް އަނިޔާވެރިވާނެ ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.
07 Aug 2026
އައިފޯނުގެ "ޑާންސިންގ ޑޮޓްސް"؛ ދަތުރުމަތީގައި ބޯއެނބުރުމަށް އޮތް ހައްލެއް؟
މި ތިކިތަކަކީ އައިފޯނުގެ ސެޓިންގްސްގައި ހިމެނޭ "ވެހިކަލް މޯޝަން ކިއުސް" ނަމަކަށް ކިޔާ ފީޗަރެކެވެ. މި ފީޗަރުން ފޯނުގައި ހުންނަ 'އެކްސެލެރޯމީޓަރު' ބޭނުންކޮށްގެން، އުޅަނދު ދަތުރުކުރާ މިސްރާބަށް ސްކްރީނުގައިވާ ތިކިތައް ހަރަކާތްތެރި ކުރުވައެވެ. މިސާލަކަށް ކާރު ކަނާތަށް އަނބުރާލައިފިނަމަ، ސްކްރީނުގައިވާ ތިކިތައް ވެސް އެއާ އެއްގޮތަށް ދަތުރުކުރާނެއެވެ.
07 Aug 2026
އޭޝިއަން ސާފިން ފެޑެރޭޝަނުގެ ނައިބު ރައީސްކަމަށް ޗޭ އިންތިޚާބުވެއްޖެ
އޭޝިއަން ސާފިން ފެޑެރޭޝަން (އޭއެސްއެފް) ގެ ނައިބު ރައީސްކަމުގެ މަގާމަށް، ޕީސް ފައުންޑޭޝަނުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޯބާ (ޗޭ) އިންތިޚާބުވެއްޖެއެވެ.
07 Aug 2026
ނަރަކައިގެ އަހުލުވެރިންނަކީ ހަރުކަށި، ބޮޑާ އަދި ބާޠިލު ގޮތުގައި ޖަދަލުކުރާ މީހުން
އިސްލާމްދީނަކީ ހަމައެކަނި އަޅުކަންތަކެއްގެ މައްޗަށް ބިނާވެފައިވާ ދީނެއް ނޫން ކަމަށާއި، މަޑުމައިތިރިކަމާއި ރިވެތި އަޚުލާޤަކީ މި ދީނުގެ ފުރިހަމަކަމުގެ މުހިންމު ބައެއްކަން މިއަދުގެ ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
07 Aug 2026
އޭއައި ބޭނުންކޮށްގެން މުޅިން އައު ވައިރަސްތަކެއް އުފައްދައިފި
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ފުރިހަމައަށް މަސައްކަތްކުރާ އަދި އަމިއްލައަށް އިތުރުވުމުގެ ގާބިލުކަން ލިބިފައިވާ މުޅިން އާ ވައިރަސްތަކެއް އެމެރިކާގެ ދިރާސާވެރިން ފުރަތަމަ ފަހަރަށް ފަރުމާކޮށްފިއެވެ. މިއީ އޭއައި ބޭނުންކޮށްގެން މުޅި ޖީނޯމްއެއް ކާމިޔާބުކަމާއެކު ފަރުމާކުރި ފުރަތަމަ ފަހަރެވެ.
07 Aug 2026
ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުމަށް ޔޫއެފާއިން ބަދަލެއް ނުގެނައި
ފީފާގެ ވިޔަފާރި ޕްލޭން އަނބުރާ ގެންދިޔަ ނަމަވެސް، ވޯލްޑް ކަޕް ބޮއިކޮޓް ކުރުމުގެ ނިންމުން ދެމެހެއްޓުމަށް ޔުއެފާއިން ނިންމައި، އިންފަންޓީނޯގެ ރައީސް ކަމާ މެދު އިތުބާރު ނެތްކަން ހާމަކޮށްފި.