ޣައްޒާގައި އަލަށްވިހާ ތުއްތު ކުދިން ވެސް އަންނަނީ ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުން-- ފޮޓޯ: ޑަބްލިއުއެސްޖީ
ދުނިޔެ
19 Mar 2024 | 11:08
ބަނޑުހައިހޫނުކަމުގެ ސަބަބުން ޣައްޒާގައި ތިބި ކުޑަކުދިން ރުއިލާނެ ހަކަތަ ވެސް ނެތް: އދ

ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ސަބަބުން، ޣައްޒާގައި މިހާތަނަށް 13،000 އަށް ވުރެ ގިނަ ކުޑަކުދިން ޝަހީދުވެފައިވާ ކަމަށާއި، ބާކީ ތިިބި ކުދިން ވެސް ތިބީ ބަނޑުހައިހޫނުކަމުގައި ކަމަށް އދ ގެ ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަލް ޗިލްޑްރެންސް އެމަޖެންސީ ފަންޑް  (ޔުނިސެފް) އިން ބުނެފިއެވެ.

ޔުނިސެފް އިން ބުނީ ބަނޑުހޫނުކަމުގެ ވޭނުގެ ސަބަބުން ޣައްޒާގައި ސަލާމަތުން ތިބި ކުދިން ރޯލާނެ ހަކަތަ ވެސް ނެތް ކަމަށެވެ.

މިހާތަނަށް ޝަހީދުވި ކުޑަކުދިންގެ ޖުމްލަ އަދަދު ސީދާކޮށް ބުނެދެން ނޭނގޭ ސަބަބަކީ މިހާރު ވެސް ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުވެ، ގެއްލިފައިވާ ވުން ކަމަށާއި، މިއީ މިހާތަނަށް ދުނިޔޭގައި ހިނގި ހަމަނުޖެހުމެއްގައި އެންމެ ގިނައިން ކުޑަކުދިން ޝަހީދުވެފައިވާ ހަމަނުޖެހުން ކަމަށް ވެސް ޔުނިސެފް އިން ވަނީ ބުނެފައެވެ.

"އެނީމިއާ މަލްނިއުޓްރިޝަން ޖެހިފައިވާ ކުދިންގެ ވާޑްތަކަށް އަޅުގަނޑު ޒިޔާރަތް ކުރިން. މުޅި ވާޑް އޮތީ މުޅިން ހަމަހިމޭންކޮށް. އެހެނީ ކުދިންނަށް، ތުއްތު ކުދިން... ރޯނެ ހަކަތައެއްވެސް ނެތީމަ"

ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތަރިން ރަސެލް ވިދާޅުވިއެވެ. 

ރަސެލް ވިދާޅުވީ، އެހީގެ އުޅަނދުތައް ޣައްޒާއަށް ވަނުމުގައި ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭކަމަށާއި، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ ދެ މިލިއަނަށް ވުރެ ގިނަ މީހުން ބަނޑުހައިހޫނު ކަމުގައި ތިބި ކަމަށެވެ.

އދ.ގެ ރެފިއުޖީންނަށް އެހީފޯރުކޮށްދޭ (ޔޫއެންއާރުޑަބްލިޔުއޭ) އިން ހާމަކުރި ގޮތުގައި، އުތުރު ޣައްޒާގައި އުމުރުން ދެ އަހަރުން ދަށުގެ ކޮންމެ ތިން ކުއްޖަކުން އެއްކުއްޖަކީ ކާނާ ނުލިބި، ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުން އަންނަ ކުއްޖެކެވެ. އެ އެޖެންސީން ވަނީ ފާއިތުވި 5 މަހު ކެނޑިނޭޅި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގައި ބަނޑުހައިހޫނުކަން އިތުރުވާ މިންވަރު ވަރަށް ބޮޑަށް މަތިވަމުން އަންނަ ކަމުގެ އިންޒާރުވެސް ދީފައެވެ.

އުތުރު ޣައްޒާގައި 300,000 މީހުން ތާށިވެފައި ތިބި އިރު، ބަނޑުހައިހޫނުކަން ފިލުވުމަށްޓަކައި އެމީހުން އަންނަނީ ޖަނަވާރުތަކަށް ކާންދޭ ތަކެއްޗާއި ވިނަ ފަދަ ތަކެތި ކެއުމަށް ބޭނުންކުރަމުންނެވެ. ސާފު ބޯފެނުންވެސް އެމީހުން މަހުރޫމްވެ، ބަނޑުހައިހޫނުކަމުގެ ސަބަބުން މިހާތަނަށް ޣައްޒާގައި 27 ކުޑަކުއްޖަކު ޝަހީދުވެފައިވާއިރު، ފާއިތުވެދިޔަ ހަފްތާތަކުގައި ޔަހޫދީން ވަނީ ޣައްޒާއަށް އެހީގެ ތަކެތި އެތެރެ ކުރުމަށް ދަތިތައް ކުރިމަތި ކުރުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ