އިކޮނަމިކް މިނިސްޓަރ މުހައްމަދު ސަޢީދު
ހަބަރު
20 Mar 2024 | 08:55
މި ދުވަސްވަރު ޑޮލަރަށް ޑިމާންޑު ބޮޑަސް ރޭޓު މަތިނުވެ ހިފެހެއްޓިއްޖެ: ސައީދު

މިދުވަސްވަރަކީ ޑޮލަރަށް ޑިމާންޑް ބޮޑު ދުވަސްވަރެއް ކަމަށާ، އެހެން ނަމަވެސް ޑޮލަރު ރޭޓު މަތިވިޔަ ނުދީ އެއްވަރެއްގެ ހިފެހެއްޓިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ބުރަ މަސައްކަތުގެ ސަބަބުން މިވަގުތުު ރާއްޖޭގެ އެގްތިސޯދު އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައި އިގްތިސޯދު އޮތް ދަތި ހާލަތުގައި ނޫންކަމަށެވެ.

އަދި ރަމަޟާން މަހާއި ރާއްޖޭގެ އިމްޕޯޓު އިތުރުވުމުގެ އިތުރުން އުމްރާގެ ހަރަދުތަކާއި އެކުވެސް ރާއްޖޭގެ ޑޮލަރުގެ ރޭޓު ހަމައަކަށް އެޅެން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢީދު އިތުރަށް ވިދާޅުވިގޮތުގައި މި ސަރުކާރުން ކުރިޔަށް އަޅަން ހުރި މުހިންމު ފިޔަވަޅުތަކާއި އެކު ޑޮލަރުގެ ރޭޓު އަދިވެސް ދަށަށް ދާނެ ކަމަށް ބެލެވޭ ކަމަށެވެ. 

ދައުލަތް ހިންގުމުގެ ހަރަދު ދެކޮޅު ޖައްސަން ކޮންމެ އަހަރަކު އެތައް ބިލިއަން ރުފިޔާއެއްގެ ފައިސާ ޗާޕުކުރުން ނިމުމަކަށް ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭގެފަހުން، ސަރުކާރުން ވަނީ ދަރަނި މެނޭޖުކުރުމާއި ބަޖެޓު ފޫބެއްދުމަށް ފިސްކަލް ރިފޯމް އެޖެންޑާއެއް އެކުލަވާލައި ތަންފީޒުކުރަން ފަށައިފަ އެވެ.

ފައިސާ ޗާޕް ކުރުން ހުއްޓާލައި ސަރުކާރުން އެކުލަވައިލި އެ އެޖެންޑާއަށް އައިއެމްއެފް އިން ވެސް ވަނީ މަރުހަބާ ކިޔާފައެވެ.

ރާއްޖޭގެ ޑޮލަރު މާކެޓަށް ބަލާނަމަ މިދިޔަ އަހަރު ފަހު ކޮޅު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓުވަނީ 19 ރުފިޔާއާއި ހަމައަށް ބޮޑުވެގެން ގޮސްފައި އެވެ. ނަމަވެސް މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު އަންނަނީ ވަރަށް ބޮޑަށް ދަށަށް ޖެހެމުންނެވެ. ރާއްޖޭގެ ރަސްމީ ޑޮލަރު ރޭޓަކީ 15.42 ރުފިޔާ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.