ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ: ތޭރަ އޮންލައިން
ހަބަރު
20 Mar 2024 | 13:00
ޔުނިފޯމު ބާލައި ގަންޖުފަރާހެއް ލައިގެން އިންޑިއާ ސިފައިން މިތާ ތިބޭކަށް ނުޖެހޭ: ރައީސް ޔާމީން

ރާއްޖޭގައި ހެލިކޮޕްޓަރު ދުއްވަން ޔުނިފޯމު ބަދަލުކޮށްގެން "ގަންޖުފަރާހެއް ލައިގެން" އިންޑިއާގެ ސިފައިން ތިބެން ނުޖެހޭ ކަމަށާއި އެ މީހުން ފޮނުވާލަން މި ސަރުކާރުން އަންގަން ޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީސް އިންތިޚާބަށް ޕީއެންއެފުން ނެރޭ ކެނޑިޑޭޓުންނަށް ކެމްޕޭން ކުރަން ބާއްވާ ޖަގަހަ ޖަލްސާގައި ބައިވެރިވެވަޑައިގެން ރައީސް ޔާމީން ވިދާޅުވީ،އިންޑިއާ ސިފައިން ތިބެން ޖެހޭ އެންމެ ބޮޑު ސަބަބަކަށް އޮތީ ހެލިކޮޕްޓަރުގައި ބަލިމީހުން އުފުލުން ކަމަށްވީ ނަމަވެސް ރާއްޖޭގައި މިހާރު އެއާ އެމްބިއުލެންސް ގެ ޚިދުމަތް ރާއްޖެ އަށް ތައާރަފްކޮށް، ސީއެންބިއުލަންސް އެއްގެ ގޮތުގައި މަތިންދާބޯޓަކާއި ސީޕްލޭނެއް ތައާރަފްކޮށްފި ކަމަށެވެ. 

"އިންޑިއާ ސިފައިން ތިބެން ޖެހޭ އެންމެ ބޮޑު ސަބަބަކަށް މިއޮތީ ހެލިކޮޕްޓަރުގައި ބަލިމީހުން އުފުލާށޭ. އެއާ އެމްބިއުލާންސެއް, ކަނޑަށް ޖައްސާ ބޯޓެއް ތައާރަފުކޮށްފި. އެހެންވީމާ އިންޑިއާ ސިފައިންގެ މައްސަލަ, ހެލިކޮޕްޓަރު ދުއްވަން ތިބި ބައެއްގެ މައްސަލަ ވިއްޔާ ހައްލުވާނެ ނޫންތޯ ހެލިކޮޕްޓަރާ އެކީ މީހުން ދާށޭ ބުނިއްޔާ," 

ރައީސް ޔާމީން ވިދާޅުވިއެވެ.

އެއާ އެމްބިއުލަންސް ގެ ހިދުމަތް ތައާރަފް ކުރުމުގެ އިތުރުން، އަމިއްލަ ހެލިކޮޕްޓަރެއް ހޯދުމަށް މި ސަރުކާރުން ނިންމާފައިވާއިރު، ބަލި މީހުން ހެލިކޮޕްޓަރުގައި އުފުލަން އިންޑިއާ ސިފައިން ތިބެން ނުޖެހޭ ކަމަށާއި އެ ވާހަކަ އިންޑިއާ ސަރުކާރުގައި ދަންނަވަން ރައީސް މުއިއްޒުގެ ސަރުކާރަށް ކެރޭނެތޯ ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

"މިހާރުން މިހާރަށް ސަރުކާރުން ތާރީހެއް ކަނޑައަޅާފައި ބުނަންވީ ނޫންތޯ މިހާރު ތިއޮތް ހެލިކޮޕްޓަރާއި ތި ދުއްވަން ތިބި މީހުން ދާށޭ. ކޮންމެހެން ޔުނިފޯމު ބާލައި ގަންޖުފަރާހެއް ލައިގެން މިތާ ތިބޭކަށް ނުޖެހޭ,"

ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ޔުނިފޯމް ބަދަލުކޮށްގެން މިތަނުގައި މަދަނީ މީހުންގެ ގޮތުގައި އައިސް އިންޑިއާ ސިފައިން އުޅެން ނުޖެހޭ ކަމަށާއި، ހެލިކޮޕްޓަރު އޮޕަރޭޓް ކުރުމަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނަށް ދިގު ތާރީހުތައް ނުދީ ވަގުތުން އެ މީހުން ފޮނުވާލުމަށް ވެސް ސަރުކާރަށް ގޮވާލައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް