ސްޓެލްކޯ އެމްޑީ ހުސައިން ފަހުމީ— ފޮޓޯ/ ސްޓެލްކޯ
ހަބަރު
20 Mar 2024 | 21:26
މާލެ ސަރަހައްދުގެ ކަރަންޓު ލޯޑް 100 މެގަ ވޮޓަށް؛ ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވާން އެމްޑީ އެދިވަޑައިގެންފި!

މާލެ ސަރަހައްދުގައި ކަރަންޓް ބޭނުން ކުރާ މިންވަރު 100 މެގަ ވޮޓަށްވުރެ މަތިވެ، ކަރަންޓް ބޭނުން ކުރުމުގައި ސަމާލުވާން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެދިވަޑައިގެންފިއެވެ. 

ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި އެކުންފުނީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، މި ދުވަސްވަރު 104.7 މެގަވޮޓާއި ހަމައަށް ދަނީ ކަރަންޓު ބޭނުން ކުރަމުންނެވެ.

އެހެންކަމުން ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިޤުތިޞާދު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެމްޑީވަނީ އިލްތިމާސް ކުރައްވާފައެވެ.

"މިދުވަސްވަރަކީ މިއަހަރު ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީއާއި އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދެން،"

ހުސައިން ފަހުމީ

ކޮންމެ އަހަރަކު ވެސް ރޯދަމަހާއި ދިމާކޮށް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާއިރު، މި އަހަރާއި ފާއިތުވެދިޔަ ގާތްގަޑަކަށް ދެ އަހަރުވެސް ރޯދަމަސް ދިމާވެފައިވަނީ ރާއްޖެއަށް އެންމެ ހޫނު ދުވަސް ވަރާއި ކަމުން ކަރަންޓް ލޯޑް ބޮޑުވެ، ކަރަންޓުން އިސްރާފު ނުކުރުމަށް ސްޓެލްކޯއިން ތަކުރާރުކޮށް އިލްތިމާސްކުރެއެވެ. 

 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Aug 2026
މާރުކޭޓް ސަރަހައްދުގައި މާރާމާރީއެއް; އެކަކަށް އަނިޔާ, އެކަކު ހައްޔަރު ކޮށްފި
މާރާމާރީގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވީ ދިވެހި ފިރިހެނަކަށެވެ.
19 Aug 2026
ކަޕްވިނާސްކަޕްގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިފި
މާޒިޔާއިން ކަޕްވިނާސްކަޕް ކާމިޔާބުކުރިއިރު، އެޓީމުން ވަނީ ސީޒަން ހުޅުވި ޗެރިޓީ ޝީލްޑްވެސް ކާމިޔާބުކޮށްފައެވެ
19 Aug 2026
އިނގުރައިދޫ އާއި ދުވާފަރު މެޗުން ފެނުނު ނަމޫނާއަށް ދުވާފަރު ކައުންސިލް ރައީސްގެ ތައުރީފް
މީގެ ކުރިން އަހަރުތަކުގައި އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރި މެޗްތަކުގައި ހަމަނުޖެހުންތައް ހިނގަިދިޔަނަމަވެސް، މިއަދު ނިމިގެންދިޔަ އެޓޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި މި ދެ ޓީމު ފަރާތުން ފެނިގެން ގޮސް މުޅިން ތަފާތު މަންޒަރެކެވެ
19 Aug 2026
ސިވިލް ކޯޓުގެ ގާޒީ އިހުސާން ދެ މަހަށް ސަސްޕެންޑުކޮށްފި
އެއީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައިވެ އެވެ.
19 Aug 2026
ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަސް: ރައީސް ކަންބޮޑުވުން ފާޅުކުރެއްވީ ޣައްޒާގެ ހާލަތާމެދު
މުޅި ދުނިޔޭގައިވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބެންޖެހޭ ރައްކާތެރިކަމަށް މިއަދު އެންމެ ބޮޑަށް ހުރަސްއެޅިފައިވާ ތަނަކީ، ޣައްޒާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
19 Aug 2026
އާސެނަލުން އެސްޓަންވިލާގެ ކޮންސާ ގަތުމަށް އެއްބަސްވެއްޖެ
މިހާރު ކުރިއަށް ދަނީ، އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމުގެ މަސައްކަތެވެ.
19 Aug 2026
އެފްޑީސީގެ ބައެއް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓަރ ކުރަން ފަށައިފި
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސް ޓަވަރުގައި ސިސްޓަމްތައް ޓެސްޓުކޮށް މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާއިރު ދޯދި ޓަވަރުގެ ސިސްޓަމްތައް ޓެސްޓުކުރުމުގެ މަރުޙަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް ބޭނުންކުރަމުންދާކަމަށެވެ
19 Aug 2026
އިންޖިނިއާސް އެވޯޑަށް ނަން ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ބުނީ އެ ފުރުސަތު މި މަހުގެ 27 ވަނަ ދުވަހުގެ 2:00 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ.