އިބްރާހިމް ނާހިލް ނިޒާރު (ކ) އަދި ހުސެއިން ޒީކް ސުއާދު(ވ)
ކުޅިވަރު
21 Mar 2024 | 19:13
20 އަހަރުން ދަށުގެ އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ދިވެހި ޓީމު އިއުލާނުކޮށްފި

އަންނަ މަހު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ބާއްވާ 21 ވަނަ އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމު އިއުލާނުކޮށްފި އެވެ.

ދުބާއީގައި އޭޕްރިލް މަހުގެ 24-27 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގައި ހިމަނާފައިވަނީ ދެ އަންހެން އެތްލީޓުންނާއި ދެ ފިރިހެން އެތްލީޓުންނެވެ.

އޭގެ ތެރޭގައި ހިމެނޭ އަންހެން ދެ އެތުލީޓުންނަކީ، ޒީކް އަޝްރަފް ރަޝީދު އާއި ހައްވާ މުޒްނާ ފާއިޒު އެވެ. ފިރިހެން ދެ އެތުލީޓުންނަކީ، ހުސެއިން ޒީކް ސުއާދު އާއި އިބްރާހިމް ނާހިލް ނިޒާރު (ނާނު) އެވެ.

މީގެތެރެއިން ހުސެއިން ޒީކު އަދި ނާހިލް ނިޒާރު ވަނީ މިއަހަރު ބޭއްވުނު މައިލޯ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ދިވެހި ސިފައިންގެ ކުލަބާއެކު އެމުބާރާތުގެ ޗެންޕިއަންކަން ހޯދާފައެވެ. މުބާރާތުގައި ނާނު ވާދަކުރި ތިން އިވެންޓުގެ ތެރެއިން ލޯންގް ޖަމްޕުން ދެވަނަ ހޯދި އިރު، 100 މީޓަރާއި 200 މީޓަރު ދުވުމުން ތިންވަނަ ހޯދުމުގެ އިތުރުން 100 މީޓަރާއި 400 މީޓަރު ރިލޭ އިވެންޓުން އެއްވަނަ ހޯދި ދިވެހި ސިފައިން ކުލަބުގެ ރިލޭ ޓީމުގައި ހިމެނިފައެވެ.

ހުސެއިން ޒީކު ވަނީ 400 މީޓަރު ދުވުމުން އެއްވަނަ ހޯދުމުގެ އިތުރުން 100 މީޓަރާއި 400 މީޓަރުގެ ރިލޭ އިވެންޓުން އެއްވަނަ ހޯދި ދިވެހި ސިފައިން ކުލަބުގެ ރިލޭ ޓީމުގައި ހިމެނިފައެވެ.

މީގެ އިތުރުން ހައްވާ މުޒްނާ ފާއިޒު އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ 200 މީޓަރާއި 400 މީޓަރު ދުވުމުން އިވެންޓުން އެއްވަނަ ހޯދުމުގެ އިތުރުން 100 މީޓަރާއި 400 މީޓަރުގެ އަންހެން ރިލޭ އިވެންޓުން އެއްވަނަ ހޯދި ޓީމުގައި ހިމެނިފައެވެ. އަދި ޒީކް އަޝްރަފް ރަޝީދު ވަނީ 800 މީޓަރާއި 1500 މީޓަރު ދުވުމުން ދެވަނަ ހޯދާފައެވެ.

މީގެ ތެެރެއިން ބައެއް އެތުލީޓުންނަކީ ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގައި ވެސް ރާއްޖެ ތަމްސީލްކޮށްފައިވާ އެތުލީޓުންނެވެ. އެ ގޮތުން، ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ބޭއްވި ބައެއް މަލްޓި ސްޕޯޓްސް ގޭމްސްތަކުގައި މި އެތުލީޓުން ވަނީ ވާދަކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.