ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ރާއްޖެއާއި ޗައިނާއާ ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން— ފޮޓޯ/ ތިމާވެއްޓާބެހޭ ވުޒާރާ
ހަބަރު
21 Mar 2024 | 21:43
ތިމާވެށި ހިމާޔަތް ކުރުމުގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ރާއްޖެއާއި ޗައިނާއިން އެއްބަސްވެއްޖެ

ދިވެހި ސަރުކާރުގެ ފަރާތުން، ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިންގުޅުން ބަދަހިކުރުމުގެ މަޤްޞަދުގައި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ އާއި ޗައިނާޓިޔަންގޔިންގ އިންކް، (ސީ.އެން.ޓީ.ވައި) އާ އެކު، 2 އަހަރު ދުވަހުގެ ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. 

މިއެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް އެވެ. ޗައިނާ ޓިޔަންގޔިންގ އިންކް،(ސީ.އެން.ޓީ.ވައި) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ. 

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަފުޅުގައި މިނިސްޓަރ ޠާރިޤް ވަނީ މިއަދު ސޮއިކުރެވިގެންދިޔަ މަޝްރޫޢުގެ މުހިންމުކަމަށް އަލިއަޅުއްވާލާފައެވެ.

އެގޮތުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާއިން ސީ.އެން.ޓީ.ވައި އިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ޤައުމީ ތަރައްޤީ އާއި ތިމާވެށީގެ ހިމާޔަތަށް ކުރިއަށް ގެންދާ ޚައްސާސް މަޝްރޫއެއްކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. އަދި ސީ.އެން.ޓީ.ވައި އަކީ މިހާރުވެސް ރާއްޖޭގައި މިފަދަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެއް ކަމަށް މިނިސްޓަރ ޠާރިޤް ފާހަގަކުރެެއްވިއެވެ. 

ސީ.އެން.ޓީ.ވައިގެ ރައީސް ކާއޮ ޑެބިއާއޮ ވަނީ ޗައިނާއާއި ރާއްޖެއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ. 

މި ފަހުމުނާމާގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް ފަހުމުނާމާގެ ބައިވެރިން އެކީ މަސައްކަތްކުރުމަށް ނިންމާފައިވާ ކަމަށާ އަދި ، ޗައިނާގެ ސީ.އެން.ޓީ.ވައިއިން، އެ ކުންފުނީގެ ސިނާޢީ އަދި ޓެކްނޮލޮޖީ ގާބިލުކަން ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށް ނިންމާފައިވާ ކަމަށް މޫސުމާބެހޭ ވުޒާރާއިން ބުނެފައިވެއެވެ. 

އެގޮތުން ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނަރޖީ މަޝްރޫޢުގެ ފޭސް 1 އަދި 2 އަށް ޗައިނާ ޓިޔަންގޔިންގއިންކްގެ ފަރާތުން ސްޓޭކްހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރެވިގެންދާނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ. 

މީގެ އިތުރުން، މި ފަހުމުނާމާގައި، ތިމާވެށީގެ ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމާއި ގުޅުންހުރި ކަންކަން ރޭވުމަށް ނިންމާފައިވާ އިރު، މީހުން ތަމްރީނުކުރުމާއި، ވޯކްސޮޕް، ސެމިނަރ އަދި އެއްބަސްވެވޭ ގޮތެއްގެ މަތިން އިންޓަރންޝިޕް ފުރުޞަތުތައް ހުޅުވާލުމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.