ދީން
22 Mar 2024 | 13:00
މި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިފާށެވެ، މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުން އެކަށީގެންވޭ: ޚުތުބާ

އަޅުކަން ކުރުމަށާއި ދަރުމައާއި ޘަވާބު ހޯދުމަށް މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށާ އެހެންކަމުން، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެނައުމަށް މިއަދުގެ ހުކުރު ޚުތުބާގައި އިލްތިމާސްކޮށްފިއެވެ.  

ރަމަޟާން މަހާއި ދިރިއުޅުން މި މަޢުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބުނީ، މި  މަހަކީ އަޅުކަމާއި މަޣްފިރަތުގެ މައްސަރެއް ކަމަށެވެ. އަދި މިއީ ގުރުއާން ކިޔެވުމާއި، ރޭއަޅުކަންކުރުމާއި. ހިދާޔަތުގެ މައްސަރު ކަމަށެވެ.  

މާތް الله ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. رَمَضَان މަހަކީ، އެމަހެއްގައި قُرْآن ބާވައިލެއްވި މަހެވެ. (އެ قُرْآن ބާވައިލެއްވީ) މީސްތަކުންނަށްހުރި ތެދުމަގެއް ކަމުގައްޔާއި هِدَايَة އާއި حَقّ އާއި بَاطِلُ ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ."

ޚުތުބާ

“أَبُوْ هُرَيْرَةَ رَضِيَ اللهُ عَنْهُ ގެ އަރިހުން ރިވާވެގެންވެއެވެ. "ރަސޫލާ ސައްލަالله ޢަލައިހި ވަސައްލަމަ رَمَضَان މަހަށް ހަނދު ބެލުމުން އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންނަށް އެމަހަށް މަރްޙަބާ ދަންނަވައި އެބޭކަލުންނަށް އުފާވެރި ޚަބަރު ދެއްވައި ޙަދީޘްކުރައްވައެވެ. "ތިޔަބޭކަލުންގެ ގާތަށް ބަރަކާތްތެރި މައްސަރެއް އަތުވެއްޖެއެވެ. اللهُ سُبْحَانَهُ وَتَعَالَى ވަނީ އެމަހުގައި ރޯދަ ހިފުން ފަރްޟެއްކަމުގައި ލައްވަވާފައެވެ. އަދި އެމަހުގައިސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވޭނެތެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭނެތެވެ. އަދި އެމަހުގައި ޝައިޠާނުންގެ މާރިދުން ކަސްތަޅު އެޅުވޭނެތެވެ. އެމަހުގައި އެއްހާސް މައްސަރުގެ އަޅުކަމަށްވުރެ ހެޔޮކަން ބޮޑު ރެއެއްވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެމީހާ ހުރިހައި ހެޔޮކަމަކުން މަޙްރޫމްވެއްޖެކަން ކަށަވަރެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

މިއާއެކު ޚުތުބާގައި ބުނީ ރޯދައިގެ އަޅުކަމުގައި ރޫޙާނީ، އިޖްތިމާޢީ، ޞިއްޙީ ގިނަގުނަ ފައިދާތަކެއްވާ ކަމަށެވެ. އެގޮތުން ރޯދަ އަހަރެމެނަށް ކެތްތެރިކަން ދަސްކޮށްދޭ ކަމަށާ ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅައެއްބައި ކަމަށް ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅުގެ އަލީގައި އެނގޭކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ ރޯދައަކީ މުސްލިމުންގެ އަޚްލާޤު ތަހުޒީބުކޮށް ތަރައްޤީކޮށްދޭ އަޅުކަމެއް ކަމަށެވެ. އެގޮތުން ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވާ ކަމަށެވެ. މިގޮތުން ދެބައޮޑުވުމާއި، ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުހެލިވާން ޖެހޭ ކަމަށާ އަދި ދެބަސްވުންތަކާއި ހަޑިހުތުރު ބަސްތައް ބުނުމުން ދުރުހެލިވާންޖެހޭ ކަމަށް ބުނެފައިވެއެވެ.  

ކީރިތި ރަސޫލާ ޞައްލަالله ޢަލައިހު ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. (مَن لَّـمْ يَدَعْ قَوْلَ الزُّوْرِ وَالْعَمَلَ بِهِ، فَلَيْسَ لِلّٰهِ حَاجَةٌ أَنْ يَدَعَ طَعَامَهُ وَشَرَابَهُ) މާނައީ: "ދޮގު ހެދުމާއި އެފަދަ ޢަމަލުތައްކުރުން ދޫކޮށްނުލާމީހާ (ދަންނާށެވެ!)ފަހެ، އެމީހާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުން، އެއީ اللّٰهُ سُبْحَانَهُ وَتَعَالَى އެދިވޮޑިގަންނަވާ ގޮތެއް ނޫނެވެ."ވީމާ، ޙަޤީޤީ މާނާގައި ރޯދަ ހިފާމީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި ފުރައްސާރަކުރުން ފަދަ ޢަމަލުތަކުން ދުރުވާންޖެހެއެވެ.

ޚުތުބާ

މިއާއެކު ޚުތުބާގައި ބުނީ ރޯދައަކީ ނުބައި އަޚްލާޤުން މީހާ ރައްކާތެރިކޮށްދޭ އައްޑަނައެއް ކަމަށެވެ.

“ކީރިތި ރަސޫލާ ޞައްލަالله ޢަލައިހު ވަސައްލަމް ޙަދީޘްކުރައްވާފައިވެއެވެ. (اَلصِّيَامُ جُنَّةٌ إِذَا كَانَ أَحَدُكُمْ صَائِمًا فَلَا يَرْفُثْ، وَلَا يـَجْهَلْ، فَإِنِ امْرُؤٌ قَاتَلَهُ، أَوْ شَاتـَمَهُ، فَلْيَقُلْ: إِنِّيْ صَائِمٌ، إِنِّيْصَائِمٌ) މާނައީ: "ރޯދައަކީ އައްޑަނައެކެވެ. ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރެ،ފާޙިޝް ޢަމަލުތަކުންނާއި އަދި ހަޑިހުތުރު ބަސްތައް ބުނުމުންނާއި އަދި ޖާހިލުންގެ ޢަމަލުތައް ކުޅައުމަށް ނުވަތަ އަރައިރުންވެ ޖަދަލުކުރާނަމަ، ފަހެ ތިބާބުނާށެވެ! ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ. ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމުއެވެ." ޚުތުބާގައި ބުނެފައިވެއެވެ. 

ޚުތުބާގައި އިތުރަށއ ބުނީ މިފަދަ ފަހި ފުރުޞަތެއް ދެވަނަފަހަރު ނުލިބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ވީމާ، މި ބަރަކާތްތެރި މައްސަރުގައި ޙަޔާތަށް ބޮޑުބަދަލެއް ގެނެސް، މުޖްތަމަޢުއެއްބައިވަންތަކުރާ މުޖްތަމަޢުގެ ހެވާއި ލާބައަށް މަސައްކަތް ކުރާބަޔަކު ކަމުގައި ވުމަށް ވަނީ ނަޞޭހަތްތެރިވެފައެވެ.

ކީރިތި ރަސޫލާ ޞައްލަالله ޢަލައިހު ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. (عَلَى كُلِّ مُسْلِمٍ صَدَقَةٌ). قَالُوا: يَا رَسُولَ اللهِ، فَإِن لَّـمْ يَسْتَطِعْ أَوْ لَـمْ يَفْعَلْ؟ قَالَ:(يَعْتَمِلُ بِيَدَيْهِ فَيَأْكُلُ مِنْهُ وَيَتَصَدَّقُ). قَالُوْا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يُعِيْنُ ذَا الْـحَاجَةِ الْمَلْهُوْفَ)، قَالُوا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يَأْمُرُ بِالْـخَيْرِ). قَالُوْا: أَفَرَأَيْتَ إِن لَّـمْ يَفْعَلْ؟ قَالَ: (يُـمْسِكُ عَنِ الشَّرِّ، فَإِنَّـهَا لَهُ صَدَقَةٌ)މާނައީ:"ކޮންމެ މުސްލިމެއްގެ މައްޗަށް ޞަދަޤާތެއް ވެއެވެ." އަޞްޙާބުބޭކަލުން ދެންނެވިއެވެ. އޭނާ އެކަން ކުރުމަށް ނުކުޅެދުންތެރިވެ ނުވަތަ އެކަން ނުކޮށްފިނަމަ،ހަދާނީ ކިހިނެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "އަމިއްލައަށް މަސައްކަތްކޮށް ލިބުނު އެއްޗެއް އޭނާ ކައި އަދި ޞަދަޤާތް ކުރާނީއެވެ!" އެބޭކަލުން ދެންނެވިއެވެ. އޭނާ އެކަންވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ބޭނުންޖެހިއެކަމަށް އެދޭ މީހާއަށް އެހީތެރިވާނީއެވެ!" އެބޭކަލުން ދެންނެވިއެވެ. އެކަންވެސްނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ހެޔޮކަންތަކަށް އަމުރުކުރާނީއެވެ!" އެބޭކަލުން ދެންނެވިއެވެ. އެކަން ވެސް ނުކޮށްފިނަމަ، ދެން ހަދާނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. "ނުބައި ކަންތައްތަކާ ދުރުހެލިވާށެވެ! ހަމަކަށަވަރުން އޭރުންވާނީ އޭނާގެ ނަފްސަށްވެވޭ ޞަދަޤާތަކަށެވެ!

ޚުތުބާ

މި ބަރަކާތްތެރި މައްސަރުގެ ފައިދާ ހެޔޮގޮތުގައި ލިބޭނީ، އަހަރެމެންގެ ލޮބުވެތި ކީރިތި ރަސޫލާ ޞައްލަالله ޢަލައިހު ވަސައްލަމް އާއި މިއުންމަތުގެ ޞަލަފުއްޞާލިޙުން ރަމަޟާން މަހުގައި އަޅުކަން ކުރެއްވިގޮތްނަމޫނާއަކަށް ބަލައިގެން ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން، ފަރްޟު ފަސްނަމާދާ ގުޅިގެން ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކައުތެރިވެގެން، ސުވަރުގޭގައި ގަނޑުވަރެއް ބިނާކުރާ މީހަކަށް ވުމަށް ޚުތުބާގައި އިލްތިމާސްކޮށްފައިވެއެވެ. އަދި ދުވާލާއި ރޭގަނޑުގެ ވަގުތުތައް މާތްالله ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާބަޔަކަށްވެ ތާރާވީޙު ނަމާދާއި ރޭއަޅުކަމާއި، ކީރިތި ޤުރްއާން ގިނަގިނައިން ތިލާވަތު ކުރުމަކީ، ނަސޭހަތްތެރިވެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jul 2026
މިފްކޯއިން ފަސްމީރު ބްރޭންޑުގެ 12 ދަޅު ހިމެނޭ ހަދިޔާ ޕެކެއް
މިފްކޯއިން ބުނީ ކޮންމެ ރަހައަކުން ތިން ދަޅު ހިމެނޭ މި ޕެކް 221 ރުފިޔާއަށް ލިބޭ އިރު ވަކިވަކީން ދަޅު ގަތުމަށް ވުރެ ހެޔޮ ވާނޭކަމަށެވެ
29 Jul 2026
ދެވަނަ ކުއާޓަރުގައި އެސްޓީއޯގެ ސާފްފައިދާ އިތުރުވެއްޖެ
އެސްޓީއޯގެ ޓްރޭޑިން އެކައުންޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއްކަމަކީ ކުރީ ކުއާޓަރުތަކަށްވުރެ އިދާރީ ހަރަދުތައް ކުޑަކޮށްފައި ވުމެވެ
29 Jul 2026
ލ. ގަމުން ޒުވާނަކު ގެއްލިގެން ހޯދަނީ
ގެއްލިގެން ހޯދަމުންދަނީ ލ.ގަން ތުނޑި، ކުރިބޯށި، އަމްޖާޒް އަލީ (20) އެވެ.
29 Jul 2026
ސައުދީން ދިން ހަމަލާއާ ގުޅިގެން އިރާގުން ކުއްލި ބައްދަލުވުމެއް ބާއްވަނީ
އިރާގުގެ 'ޕޮޕިއުލާ މޮބިލައިޒޭޝަން ޔުނިޓްސް' އިން ހާމަކުރި ގޮތުގައި، ރޭގެ ވަގުތެއްގައި ސައުދީ އާއި އެމެރިކާ ގުޅިގެން އިރާގުގެ އެކި ޕްރޮވިންސްތަކުގައި ހުރި އެ ޖަމާއަތުގެ މަރުކަޒުތަކަށް ދިން ވަރުގަދަ ހަމަލާތަކުގައި އެ ޖަމާއަތުގެ 20 މެންބަރަކު ވަނީ މަރުވެފައެވެ. އަދި އިތުރު 32 މީހަކު ޒަހަމްވެފައިވާ ކަމަށްވެސް އެ ޖަމާއަތުން ބުނެފައިވެއެވެ.
29 Jul 2026
ޔެލީ ސުޕަމާޓް" ނަމުގައި އައު ފިހާރައެށް ހުޅުމާލެ ފޭސް 2 ގައި
އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔެލީގެ ފަސްވަނަ ފިހާރަ ކަމަށްވާ "ޔެލީ ސުޕަމާޓް" ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފިއެވެ. މި އާ ސުޕަމާޓު ރަސްމީކޮށް ހުޅުވައިދެއްވީ ޔެލީގެ އޯނަރުންގެ ބައްޕަ މުހައްމަދު ސަލީމެވެ.
29 Jul 2026
ހުޅުމާލެ ރަށު މާރުކޭޓު ރެއިޑްކޮށް 20 ބިދޭސީއަކު ހައްޔަރުކޮށްފި
ޓާސްކް ފޯސް އިން ހުޅުމާލެ ރަށު މާރުކޭޓުގައި ހިންގި އޮޕަރޭޝަނެއްގައި 55 ބިދޭސީއެއްގެ ލިޔެކިޔުން ބަލައި، ޤަވާއިދާ ޚިލާފުވި 20 މީހަކު ހައްޔަރުކޮށްފިއެވެ.
29 Jul 2026
މުޅިން އަލަށް ވާދަކޮށް، އެއިޓީން ތާޓީ ކްލަސިކްގެ ތަށި އެޗްޑީސީން އުފުލާލައިފި
މިއީ މި މުބާރާތުގައި އެޗްޑީސީން ވާދަކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، އެ ޓީމުން ތަށި އުފުލާލީ ފައިނަލްގައި ސްޓެލްކޯގެ މައްޗަށް 4-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
29 Jul 2026
އީރާނުން ޗައިނާގެ ވަރުގަދަ މިސައިލް ސިސްޓަމްތަކެއް ހޯދަނީ
މި މުއާމަލާތާ ބެހޭ މައުލޫމާތު ހުރި ތިން މަސްދަރަކުން ރޮއިޓާސްއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި، ގާތްގަނޑަކަށް 60 އާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގުހުރި މި އެއްބަސްވުމުގެ ދަށުން 300 އާއި 400 އާ ދެމެދުގެ އަދަދަކަށް "މޭން-ޕޯޓަބަލް އެއާ ޑިފެންސް ސިސްޓަމްސް" އީރާނަށް ލިބޭނެއެވެ. މީގެ ތެރޭގައި ޗައިނާގެ QW-12 އާއި FN-16 މަރުކާގެ މިސައިލްތައް ހިމެނެއެވެ.