ފަތުރުވެރިން ރާއްޖޭގައި-
ހަބަރު
22 Mar 2024 | 15:53
ދުނިޔޭގެ ޓްރެވަލް އެވޯޑުގެ 9 ކެޓަގަރީއަކަށް ރާއްޖެ ނޮމިނޭޓުވެއްޖެ

ދުނިޔޭގެ ޓްރެވަލް އެވޯޑުގެ އިންޑިއަން އޯޝަން އެވޯޑުގެ ނުވަ ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓުވެއްޖެއެވެ.  

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)އިން ބުނެފައިވާގޮތުން ދުނިޔޭގެ ޓްރެވަލް އެވޯޑުގެ އިންޑިއަން އޯޝަން އެވޯޑުގައި ރާއްޖެ ނޮމިނޭޓުވެފައިވާ ދާއިރާތަކަކީ:

ލީޑިން ޑެސްޓިނޭޝަން

ލީޑިން ބީޗު ޑެސްޓިނޭޝަން

ލީޑިން ޑައިވް ޑެސްޓިނޭޝަން

ލީޑިން ގްރީން ޑެސްޓިނޭޝަން

ލީޑިން ހަނީމޫން ޑެސްޓިނޭޝަން

ލީޑިން ޓޫރިސްޓް ބޯޑު

ލީޑިން އެޑްވަންޗާ ޓޫރިޒަމް

ލީޑިން ކްރޫޒް ޑެެސްޓިނޭޝަން

ލީޑިން ވެޑިން ޑެސްޓިނޭޝަން

މި ކެޓަގަރީތަކުން ރާއްޖެ ހޮވުމަށް ވޯޓުލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

އެމްއެމްޕީއާރްސީން ބުނީ މި ކެޓަގަރީތަކަށް ރާއްޖެ ނޮމިނޭޓުވުމަކީ ފަތުރުވެރިންނަށް ރާއްޖެއިން ރަނގަޅު ތަޖުރިބާއެއް ހޯދައިދިނުމަށް ޓަކައި މަންޒިލެއްގެ ގޮތުގައި ރާއްޖެއިން ކުރާ މަސައްކަތް ހާމަވާ ކަމެއްކަމަށެވެ.

ދުނިޔޭގެ ޓްރެވަލް އެވޯޑަކީ 1993ވަނަ އަހަރު ދޭން ފެށި ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ މަތީ ފަންތީގެ އެއް އެވޯޑެވެ. މިއީ މި ދާއިރާގެ މަސައްކަތްތެރިންގެ މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ