މާޓާ ފެއަރ ގެ ތެރެއިން- ފޮޓޯ/ އެމްއެމްޕީއާރސީ
ހަބަރު
23 Mar 2024 | 06:21
މެލޭޝިއާ އަދި ދެކުނުއިރު އޭޝިޔާގައި ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް މާޓާ ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ

މޯސްލިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުއަލަ ލަމްޕޫރްގައި ބާއްވާ މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) 2024ގައި ބައިވެރިވެ ރާއްޖެ ޕްރޮމޯޓް ކުރުމުގެ މަސައްކަތް ފަށައިފިއެވެ. 

މެލޭޝިޔާ އަދި ދެކުނުއިރު އޭޝިޔާގެ ގައުމު ތަކުން ބައިވެރިވެގެން މި މަހުގެ 22 އިން 24 އަށް ކުރިއަށް ގެންދާ މި ފެއާގައި އެމްއެމްޕީއާރުސީއާއެކު ފަތުރުވެރިކަމުގެ ސިނާއަތުގެ 13 ކުންފުންޔެއް ބައިވެރިވެ މިސަރަހައްދުގައި ދިވެހިރާއްޖެއަކީ އެންމެ ހިއްގައިމު މަންޒިލްގެ ގޮތުގައި ޕްރޮމޯޓްކުރަމުންދާ ކަމަށް އެމްއެމްޕީއާރްސީން ބުނެއެވެ. 

މާޓާ 2024އިން ފަތުރުވެރިންނަށް ތަފާތު ދަތުރުފަތުރުގެ ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދިނުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދެއެވެ.

މާޓާ ފެއަރ ގެ ތެރެއިން- ފޮޓޯ/ އެމްއެމްޕީއާރސީ

އެމްއެމްޕީއާރްސީން ބުނި ގޮތުގައި، މި ފެއާގައި ބައިވެރިވުމުގެ މަގްސަދަކީ އެމްއެމްޕީއާރުސީގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ރާއްޖޭގެ ބްރޭންޑް އަދި ޑެސްޓިނޭޝަން ޕްރެސެންސް އިތުރަށް ވަރުގަދަކުރުމާއި، މާކެޓުގެ މުހިންމު ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމެވެ. މީގެ އިތުރުން، މާޓާގައި ބައިވެރިވުމަކީ މި މާކެޓުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން، ހަލާލު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަގުހުރި ފުރުސަތުތަކެއް ލިބިގެންދާ ކަމެއް ކަންވެސް ފާހަގަކޮށްފައިވެއެވެ. 

އެމްއެމްޕީއާރުސީގެ އަމާޒަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކައަށް އަލިއަޅުވާލައި، ދެކުނުއިރު އޭޝިއާގައި ދިވެހިރާއްޖެއަކީ އެންމެ އެދެވޭ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުން ކަމަށް ބުނެފައިވެއެވެ.

އެގޮތުން ރާއްޖޭގެ އުފެއްދުންތަކުގެ ޑިސްޕްލޭތަކުން ރާއްޖޭގެ ކުޅަދާނަ ފަންނުވެރިކަން ދައްކައިދީ، ސްޓޭންޑްގައި ބާއްވާ ޕްރެޒެންޓޭޝަންގައި ރާއްޖޭގެ ތާރީޚާއި ސަގާފަތް ކިޔައިދީ މި ޕްރެޒެންޓޭޝަންގައި ބައިވެރިވާ ފަރާތްތަކަށް އަދާރަން ކްލަބް ރަންނަޅި އަދި އަދާރަން ސެލެކްޓް ހުދުރަންފުށިއިން ސްޕޮންސަރ ކުރާ ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ. 

މާޓާ ފެއަރ ގެ ތެރެއިން- ފޮޓޯ/ އެމްއެމްޕީއާރސީ

އެމްއެމްޕީއާރްސީން އިތުރަށް ބުނީ، މި ފެއާގެ ތެރޭގައި އެމްއެމްޕީއާރުސީއިން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިރާއްޖޭއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، އަޅުގަނޑުމެންގެ އާ އުފެއްދުންތަކާއި، ސެގްމަންޓްތަކާއި، އޮފާތަކަށް އަލިއަޅުވާލާނެކަމަށެވެ.

އަދި މި ފެއާގައި އިންޑަސްޓްރީގެ ބައިވެރިންނަށް އެފަރާތްތަކުގެ ތަފާތު އުފެއްދުންތަކާއި ހިދުމަތްތައް ޕްރޮމޯޓް ކުރުމުގެ އެތައް ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށާ، މަޓާ 2024ގައި އެމްއެމްޕީއާރްސީ ބައިވެރިވުމަކީ، އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާ ގުޅިގެން، އާ ޕާޓްނަޝިޕްތައް އުފެއްދުމަށް، އަދި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ މައިދާނުގައި އަގުހުރި ވިސްނުންތަކެއް ހޯދުމަށް ޕްލެޓްފޯމެއް ލިބިގެންދާ ކަމެއް ކަމަސްވެސް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ. 

މެލޭޝިޔާ މާކެޓަކީ ރާއްޖެއަށް ގިނަ ފުރުސަތުތަކެއް އޮތް މާކެޓެކެވެ. 2023 ވަނަ އަހަރު 26 ވަނަ ޓޮޕް ސޯސް މާކެޓްގެ ގޮތުގައި ރޭންކް ކުރެވުނު މި މާކެޓުން 13,551 ފަތުރުވެރިން ފެނިގެންދިޔައެވެ. މާރޗް 2024 އާ ހަމައަށް ރާއްޖެއަށް ވަނީ ދެކުނުއިރު އޭޝިއާއިން 3,063 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. އެމްއެމްޕީއާރުސީއިން މެލޭޝިޔާ އަދި ދެކުނުއިރު އޭޝިޔާއިން ދިވެހިރާއްޖޭއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މި މާކެޓަށް އަމާޒުކޮށްގެން ތަފާތު ގިނަ މާކެޓިންގ ހަރަކާތްތައް ހިންގުމަށް ރާވާފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން ޓްރެވަލް ޓްރޭޑާއެކު ޑިޖިޓަލް އަދި ސޯޝަލް މީޑިއާ ކެމްޕޭންތައް ބޭއްވުމާއި، ބޮޑެތި ފެއަރތަކުގައި ބައިވެރިވުމާއި، ރާއްޖޭގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، އައުޓްޑޯ ކެމްޕޭންތައް ބޭއްވުމާއި، މިފަދަ ގިނަ ހަރަކާތްތައްވެސް މިއަހަރު ތެރޭގައި ކުރިއަށް ދާނެ ކަމަށާ މި މާކެޓިންގ ހަރަކާތްތަކަކީ މެލޭޝިއާ އަދި ދެކުނުއިރު އޭޝިޔާގެ މާކެޓުގައި މި ސަރަހައްދުން އަންނަ ފަތުރުވެރިން އިތުރުކޮށް، ބޮޑު ކުރިއެރުމެއް ހޯދުމަށް ލިބޭ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް އެމްއެމްޕީއާރްސީން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ