ކުރީގެ ރައީސް ޞާލިހު-- ފޮޓޯ: އެމްޑީޕީ
ހަބަރު
24 Mar 2024 | 10:04
އެހީވެދޭނެ ބައިވަރު މީހުން ތިބި ނަމަވެސް ސަރުކާރުން ގޮތް ދޫކުރައްވަން ނޫޅުއްވަނީ: ރައީސް ޞާލިޙު

ރާއްޖެ އަށް އެހީތެރިވެދޭނެ ބައިވަރު މީހުން ތިބި ނަމަވެސް މި ސަރުކާރުން ގޮތް ދޫކުރަން ނޫޅޭކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އެޑްވައިޒަރ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިހު މިފަދައިން ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެޕާޓީން ކުރަމުންދާ ކެމްޕޭން ގެ ތެރެއިން މާފަންނު އަވަށުގެ ހަތަރު ދާއިރާއަށް އެމްޑީޕީން ވާދަ ކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިގޮތުން ރައީސް ޞާލިހު ވިދާޅުވީ، މިވަގުތު ރާއްޖޭގެ މާލީ ހާލަތަށް ދިމާވެގެން އުޅޭ ދަތިކަމަކީ މީގެ ކުރިން ޕީޕީއެމުން ވެރިކަމުގައި އޮތް އިރު ޗައިނާއިން ނެގި ލޯނުތައްކަމަށާއި އެ އަދަދު އިންޑިއާއިން ނަގާފައިވާ ލޯނުތަކަށް ވުރެ މާ ބޮޑުކަމަށެވެ. އަދި ކުރިމަތިވެގެން އުޅެނީ އިންޑިއާގެ ލޯނުތަކުން ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށާއި ދަރަނި ރީސްޓްރަކްޗާކުރުމަށް އިންޑިއާއާ ވާހަކަ ދައްކަވަން ރައީސް މުއިއްޒު ބޭނުންވާ ވާހަކަ މީޑިއާތަކުން ފެނިވަޑައިގެންފައިވާކަމަށް ވެސް ރައީސް ޞާލިހު ވިދާޅުވިއެވެ.

ރާއްޖެ އަށް އެހީވެދޭނެ ބައިވަރު ގައުމުތައް އެބަހުރި ކަމަށާއި ބޯހަރުކަން ދޫކޮށްލުމަށްފަހު ވާހަކަދައްކަން ޖެހޭ ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"އެހެން ނަމަވެސް އަޅުގަނޑަށް ހަމަ ޔަގީން އަޅުގަނޑުމެންގެ އަވައްޓެރިން އެހީތެރިވެދޭނެ. ބޯހަރުކަން ދޫކޮށްލާފައި މީހުންނާ ވާހަކަ ދައްކަންވީ. އަޅުގަނޑުމެންނަށް އެހީވެދޭނެ ބައިވަރު މީހން އެބަތިބި. އެހެން ނަމަވެސް ގޮތް ދޫކުރައްވަން ނޫޅުއްވާ. އަދި ކިރިޔާ ވިސްނޭހެން އަޅުގަނޑަށް ހީވަނީ"

ރައީސް ޞާލިހު ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ، އިންޑިއާ އަށް ދަރަނީގެ ގޮތުގައި ދައްކަން ޖެހެނީ 8 ބިލިއަން ރުފިޔާ ކަމަށާއި، މި ފައިސާ ދެއްކުމަށް 25 އަހަރު ލިބޭއިރު، ޗައިނާ އަށް ދަރަނީގެ ގޮތުގައި 18 ބިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ.

މި ސަރުކާރުގެ ހާރިޖީ ސިޔާސަތަށް ފާޑު ވިދާޅުވަމުން ރައީސް ޞާލިހު ވަނީ ބޯހަރުކަން ދޫކޮށް، ގޮތް ދޫކޮށްފި ނަމަ މިހާރުވެސް ރާއްޖެއަށް ގިނަ ފައިދާތަކެއް ކުރާނެކަމަށާއި ކަންކަން އަދި މިދަނީ ހަމަ މަގުން ނޫންކަން ފާހަގަކުރައްވާ، މިސްރާބު ހަމަ މަގަށް އަޅުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.

އިންޑިޔާގެ ދަރަންޏަށްވުރެ ޗައިނާގެ ދަރަނި ބޮޑު ކަމަށާ، އިންޑިޔާގެ ދަރަންޏަކީ އެންމެ 8 ބިލިއަން ކަމަށް ޞާލިހު ވިދާޅުވެފައިވާއިރު، އިންޑިއާގެ އެގްޒިމް ބޭންކުން އެމަނިކުފާނުގެ ވެރިކަމުގައި ނަގާފައިވާ ލޯނުތަކުގެ އަދަދު އެކަނި 22 ބިލިއަން ރުފިޔާއަށް އަރައެވެ. އަދި އިންޑިއާއިން ނަގާފައިވާ ޖުމްލަ ދަރަނި 40 ބިލިއަން ރުފިޔާއަށް އަރައެވެ. 

މިކަން ހާމަކުރެއްވީ 18 ޖަނަވަރީ 2023 ވަނަ ދުވަހުގެ ރޭ ހަނިމާދޫ އެއާޕޯޓު މަޝްރޫޢު އިފުތިތާހުކުރުމަށް ބޭއްވި ޖަލްސާގައި އެމްޑީޕީގެ މިހާރުގެ ރައީސް އަދި ޚާރިޖީވަޒީރު ޝާހިދު ދެއްކެވި ވާހަކަފުޅުގައި އޭނާއެވެ. އެގޮތުން ޝާހިދު ވިދާޅުވެފައިވަނީ އިންޑިއާއިން 2.7 ބިލިއަން ޑޮލަރުގެ އެހީ ހަމަޖައްސާފައިވާ ކަމަށެވެ. އެއިން ހިލޭ އެހީގެ ގޮތުގައި ހަމަޖައްސާފައިވަނީ 173.7 މިލިއަން ޑޮލަރުކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަފުޅުން ސާފުވާ ގޮތުގައި ޖުމްލަ 2.7 ބިލިއަން ޑޮލަރު އިންޑިއާއިން ލިބުނުއިރު އެއިން ހިލޭ އެހީގެ ގޮތުގައި ލިބުނު 173.7 މިލިއަން ޑޮލަރު އުނިކުރުމުން އަންނަ 2.58 ބިލިއަން ޑޮލަރަކީ އިންޑިއާގެ ލޯނެވެ. އެއީ ދިވެހި ރުފިޔާއިން 39.8 ބިލިއަން ރުފިޔާއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.