އައިއޭސީން ޔަމަނަށް ސާފު ބޯފެން ފޯރުކޮށްދެނީ- ފޮޓޯ/ އައިއޭސީ
ހަބަރު
24 Mar 2024 | 10:16
އައިއޭސީން ރަމަޟާން މަހު ޔަމަން އަށް 1،600،000 ލީޓަރުގެ ސާފުފެން ފޯރުކޮށްދީފި

އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ކުރިއަށްގެންދާ ލޯތްބާއެކު ކެންޕެއިންގެ ތެރެއިން ޔަަމަނުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް 1،600،000 ލީޓަރުގެ ފެން ފޯރުކޮށްދީފިއެވެ. 

ޔަމަނަކީ މުޅި ދުނިޔޭގައިވެސް ފެނުގެ ދަތިކަން އެންމެ ބޮޑު އެއް ޤައުމެވެ. އެތަނުގެ ރައްޔިތުން ސާފު ބޯފެނާ ނުލާ އުޅޭތާ އެތައް އަހަރުތަކެއް ވެފައިވާއިރު،  ޔަމަނުގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ އެކަށީގެންވާ ފެން ނުލިބޭ މީހުންނެވެ.

އެހެންކަމުން، އައިއޭސީން ކުރިއަށް ގެންދާ ލޯތްބާއިއެކު ކެމްޕެއިންގެ ތެރެއިން ޔަމަންގައި 1،600،000 ލީޓަރުގެ ސާފު ފެން ބެހުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

އަދި މިއީ ދިވެހިންގެ އެހީގައި ޔަމަނުގެ ރައްޔިތުންނަށް ދެވިގެންދާ ވަރަަށް ބޮޑު އެހީކަށް ވެގެންދާނެ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

.

އައިއޭސީން އިތުރަށް ބުނީ، ފެން ފޯރުކޮށްދިނުމުގެ އިތުރުންވެސް އައިއޭސީން ދަނީ ޔަމަނުގައި ދެމެހެއްޓިނިވި ގޮތެއްގައި ފެން ފޯރުކޮށްދިނުމަށް ފެނުގެ ވިއުގައެއް ބިނާކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. 

އަދި އެކަމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް ތިރީގައިވާ ލިންކު މެދުވެރިކޮށް އެހީ ފޯރުކޮށްދެވޭނެ ކަމަށް ބުނެފައިވެއެވެ. 

https://iac.mv/yemen-water-project/

ޔަމަނުގެ އިތުރުންވެސް އައިއޭސީން އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހުފައިވާ މުސްލިމުންނަށް ސާފު ބޯފެނާއި، ކާބޯތަކެއްޗާއި އެނޫންވެސް އަސާސީ ޚިދުމަތްތައް ކެނޑިނޭޅި ފޯރުކޮށްދެމުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ