ޔަހޫދީން ދިން ހަމަލާގައި ޒަހަމްވި މީހުން ހޮސްޕިޓަލަށް ގެންދަނީ-- ފޮޓޯ: އަލް ޖަޒީރާ
ދުނިޔެ
24 Mar 2024 | 11:37
އެހީ ހޯދުމަށް ތިބި ބަޔަކަށް ޔަހޫދީން ހަމަލާދީ، 19 މީހަކު ޝަހީދު ކޮށްލައިފި

ޣައްޒާގައި އެހީ ހޯދުމަށް ތިބި ބަޔަކަށް ޔަހޫދީން ހަމަލާދީ، 19 މީހަކު ޝަހީދު ކޮށްލައިފިއެވެ.

ޣައްޒާޣައި ހުންނަ ސަރުކާރުގެ މީޑިއާ އޮފީހުން ބުނީ ފުށާއި އެނޫންވެސް އެހީގެ ތަކެތީގެ އިންތިޒާރުގައި ތިބި ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީން ބަޑި އާއި ޓޭންކް ބޭނުންކޮށްގެން ދިން ހަމަލާގާއި 19 މީހަކު ޝަހީދުވެ، 23 މީހަކު ޒަހަމް ވެފައިވާ ކަމަށެވެ.

މި ހަމަލާގައި އަނިޔާ ލިބުނު ފަރާތްތައް ކައރީގައި ހުރި އަހްލި އަރަބް ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ޣައްޒާގެ ސިއްހީ ނިޒާމް އޮތް ހާލަތުގެ ސަބަބުން ބައެއް މީހުންނަށް ހޮސްޕިޓަލުން ބޭރުގައި ފަރުވާ ދޭން ޖެހުނު ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މަންޒަރު ދުށް ފަރާތެއް ކަމަށްވާ އާލާ އަލް ޚުދާރީ ބުނީ، ދަރީންނަށް ކާއެއްޗެއް ދިނުމަށްޓަކައި އެހީ ހޯދުމަށް އައިސް ތިބި ރައްޔިތުންނަށް އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ދިން ހަމަލާގައި އެތައް ބަޔަކު ޝަހީދުވެ ޒަހަމް ވެފައިވާ ކަމަށެވެ.

ޣައްޒާގައި ބަނޑުގައި ހޫނުކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ޔަހޫދީން އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުން ދަނީ ދުވަހަކަށް ވުރެ ދުވަހެއް އުނދަގޫވެ، ނުރައްކާތެރިކަން ބޮޑުވަމުންނެވެ.

އެހީ ހޯދުމަށް ގޮސް ތިބި ރައްޔިތުންތަކަކަށް އަމާޒުކޮށް، ހައްދުފަހަނަ އަޅާފައިވާ އިސްރާއީލު ގެ ސިފައިން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ދިން ހަމަލާއެއްގައި 23 މީހަކު ޝަހީދުވެފައިވާއިރު، މިދިޔަ މަހުގެ 29 ވަނަ ދުވަހު ދިން މިފަދަ ހަމަލާއެއްގައި 118 މީހަކު ޝަހީދުވެ، 720 މީހުން ވަނީ ޒަހަމްވެފައިއެވެ.

އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަށް ބަރަކާތްތެރި ރަމަޟާން މަހުވެސް މެދުކެނޑުމެއް ނާންނައިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ކެނޑިނޭޅި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 32,070 މީހުން ޝަހީދުވެފައިވާއިރު، 74,298 މީހުން ވަނީ ޒަހަމް ވެފައިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ