ބަންގލަދޭޝްގެ ރައްޔިތުންނަށް ކުރިއަށް ގެންދިޔަ ރޯދަ ވީއްލުމުގެ ތެރެއިން- ފޮޓޯ/ އައިއޭސީ
ހަބަރު
24 Mar 2024 | 14:18
ރޯދަމަހު ކޮންމެ ދުވަހަކު 500 މީހުންނަށް ރޯދަވީއްލުން ދިނުމުގެ ޕްރޮގްރާމެއް ބަންގްލަދޭޝްގައި

މި ބަރަކާތްްތެރި ރަމަޟާން މަހުގެ ކޮންމެ ދުވަހަކު ބަންގްލަދޭޝްގެ 500 މުސްލިމުންނަށް ރޯދަ ވީއްލުމެއް ދިނުމުގެ ޕްރޮގްރާމެއް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ބަންގްލަދޭޝްގައި ފަށައިފިއެވެ. 

އައިއޭސީން ކުރިއަށް ގެންދާ ރޯދަވީއްލުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން މި ރޯދަމަހުވެސް ބަންގްލަދަެޝްގައި ރޯދަވީއްލުމުގެ ޕްރޮގްރާމް ކުރިއަށް ގެންދާ ކަމަށް އެ ޖަމިއްޔާ އިން ބުނެފައިވެއެވެ.

އެގޮތުން ބަންގްލަދޭޝް އަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ މި ޕްރޮގްރާމް ގައި، ދުވާލަކު 500 މީހުންނަށް ރޯދަ ވީއްލުން ދެވިގެންދާނެ ކަމަށް އައިއޭސީން ބުނެފައިވެއެވެ. 

ބަންގލަދޭޝްގެ ރައްޔިތުންނަށް ކުރިއަށް ގެންދިޔަ ރޯދަ ވީއްލުމުގެ ތެރެއިން- ފޮޓޯ/ އައިއޭސީ

އައިއޭސީން އިތުރަށް ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ދިވެހިންނަށް ރޯދަވީއްލުމާއި ކާބޯތަކެތީގެ ޕެކޭޖް ފޯރުކޮށްދިނުމަށް އެހީވުމުގެ ފުރުސަތު މިހާރުވެސް ދިވެހިންނަށް ހުޅުވާލެވިފައިވާ ކަމަށެވެ. 

އެގޮތުން އެހީވާން ބޭނުންވާ ފަރާތްތަކުން އަންނަނިވި އެކައުންޓަށް ފައިސާ ޖަމާކުރުމުން އެކަން ހަމަޖެހިގެންދާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. 

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062740

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | SEASONAL

އައިއޭސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ