ތަޖްރީގެ ޕޯސްޓަރ އެއް
ހަބަރު
24 Mar 2024 | 17:05
ބޭނުން އަދަދަކުން ޑޮނޭޓް ކޮށްގެން މިސްކިތް އެޅުމުގައި ބައިވެރިވުމުގެ ފުރުސަތު އައިއޭސީން ހުޅުވާލައިފި

ބޭނުން އަދަދަކުން ފައިސާ ހަދިޔާ ކޮށްގެން މިސްކިތެއް އެޅުމަށް އެހީވުމުގެ ފުރުސަތު އިންޓަނޭޝަނަލް އެއިޑް ކެންޕެއިނުން ހުޅުވާލައިފިއެވެ. 

އައިއޭސީން ބުނީ މިއީ ދެމިގެންދަނިވި ޞަދަޤާތް ތަކަށް ޙާއްސަކުރެވިފައިވާ ތަޖްރީ ޕްރޮޖެކްގެ ދަށުން ހުޅުވާލެވިފައިވާ ފުރުސަތެއް ކަމަށެވެ. އެގޮތުން މި ޕްރޮޖެކްޓަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް ބޭނުން އަދަދަކުން، ބޭނުން މިނަވަރަކަށް، ބޭނުން އިރަކު ޑޮނޭޓް ކުރެވޭނެ ކަމަށެވެ. 

މިފަހަރު ތަޖްރީގެ ތެރެއިން 2 މިސްކިތެއް އެޅުމަށް އައިއޭސީއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ ބެނިން އާއި ނައިޖީރިއާގައި އަޅާ ދެ މިސްކިތެވެ. 

ތަޖްރީގެ ޕޯސްޓަރ އެއް

އައިއޭސީގެ ތަޖްރީ ޕްރޮޖެކްޓަށް ކޮންމެ ވަގުތަކުވެސް ކޮންމެ އަދަދެއްވެސް ދެވޭ އިރު އެއީ ދެމިގެންދަނިވި ޞަދަޤާތުގެ ފަންޑެކެވެ. އެގޮތުން، މިސްކިތް ބިނާ ކުރުމުގެ އިތުރުން ސްކޫލް، ކޮމިޔުނިޓީ ސެންޓަރު ފަދަ ދެމެހެއްޓެނިވި ސަދަގާތްތަށް ދިވެހިންގެ ދީލަތި އެހީ އާއިއެކު މި ޕްރޮޖެކްޓް ގެ ދަށުން އައިއޭސީން ކުރިއަށް ގެންދެއެވެ. 

މިސްކިތް އެޅުމަށް އެހީވާން ބޭނުންވާ ފަރާތްތަކުން އަންނިވި އެކައުންޓަށް ޓްރާންސްފަރ ކޮށްލުމަށް އައިއޭސީން ބުނެފައިވެއެވެ.

ބީއެމްއެލް އިސްލާމިކް

އެކައުންޓް ނަމްބަރު: 7770000062742

އެކައުންޓް ނަން: International Aid Campaign

އެކައުންޓް ލޭބަލް: IAC | SADAQA JAARIYA

އައިއޭސީގެ ތަޖްރީ ޕްރޮޖެކްޓްގެ ދަށުން އިންޑޮނޭޝިޔާ، ނައިޖާ އަދި ސީރިޔާގައި  މިސްކިތް ބިނާ ކޮށް ނިންމައި ހުޅުވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އައިއޭސީގެ ޕްރޮޖެކްޓް އަގުތައް ހެދިފައިވާނީ ޕްރޮޖެކްޓް ހިންގުމާއި ބެލެހެއްޓުމާއި، ދެމެހެއްޓުމާއި، އިދާރީ ހިންގުމާއި ތަރައްގީއަށް ދާނެ ކަމަށް ލަފާކުރެވޭ ޚަރަދުތައް ހިމެނޭގޮތަށް އެވަރެޖް 12.5 ޕަސެންޓު ހިމެނޭގޮތަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.
08 Oct 2026
ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
އިންޑިއާގެ ހާރިޖިއްޔާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ދަތުރުފުޅުގެ މައިގަނޑު މަގުސަދަކީ އެފްރިކާގެ ގައުމުތަކާއެކު އޮންނަ ވިޔަފާރިއާއި، އިގްތިސާދީ، އަދި ތަރައްގީގެ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމެވެ.
08 Oct 2026
ހަފްތާ ބަންދުގައި ޕާސްޕޯޓްގެ ސްޓޮކް ލިބޭނެ، 2646 ޕާސްޕޯޓްގެ ބެކްލޮގެއް
އަންނަ އާދިއްތަ ދުވަހުން ފެށިގެން ޕާސްޕޯޓްގެ ހިދުމަތް އާންމު ހާލަތަށް ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.
08 Oct 2026
ގޫގުލް މެޕް މެދުވެރިކޮށް އަގުހެޔޮކޮށް ތެއޮ ލިބޭ ތަންތަން ހޯދޭނެގޮތް އިނގިރޭސިވިލާތުގައި ހަދައިފި
އެ ގައުމުގެ ބޮޑުވަޒީރު އޭންޑީ ބާންހަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ތެލުގެ އަގާ މެދު ރައްޔިތުން ކަންބޮޑުވާކަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށެވެ.
08 Oct 2026
ތިމަރަފުށީ ސްކޫލު ލެބޯޓަރީ ގޮއްވާލަން ރޭވުން: ބައެއް ދައުވާތައް ސާބިތު، އެކަކު ފިޔަވާ އެންމެން މިނިވަންވެއްޖެ
މި މައްސަލާގައި ހަތް ދައުވާއެއް އަށް މީހެއްގެ މައްޗަށް އުފުލާ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެ އެވެ. އޭގެ ތެރެއިން ތިން ދައުވާ ބައެއް މީހުންގެ މައްޗަށް ވަނީ ސާބިތުވެފަ އެވެ.
08 Oct 2026
ތެޔޮ ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އުފުލިއްޖެ
ގަލްފު ސަރަހައްދުގައި ކަނޑު ދަތުރުތަކަށް އޮތް ނުރައްކާ ބޮޑުވަމުން ދިޔުމާ ގުޅިގެން ތެލުގެ ބާޒާރުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ހާއްސަކޮށް ހޮރްމޫޒް ކަނޑުއޮޅިއާއި ގަލްފުގައި އުޅަނދުތަކަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުވަމުންދާކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ