ރޭގެ ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ- ފޮޓޯ/ ވޮއިސް
ހަބަރު
25 Mar 2024 | 10:16
ކުރީ ސަރުކާރުގައި، ރާއްޖޭގެ މިސްރާބު ހުރީ އަނދަވަޅަކަށް: ރައީސް މުޢިއްޒު

ދިމިދިޔަ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ މިސްރާބު ހުރީ އަނދަވަޅަކާއި ދިމާއަށް ކަމަށާ، އެ ސަރުކާރު ނިމިގެންދިޔައިރު ރާއްޖެ އޮތީ އަނދަވަޅަކަށް ވައްޓާލާފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ޕީއެންސީގެ ޓިކެޓްގައި ތިނަދޫ ދާއިރާ އަށް ވާދަކުރައްވާ ކެންޑިޑޭޓްގެ ކެންޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. 

އެގޮތުން ރައީސް މުޢިއްޒު ވިދާޅުވީ މި ސަރުކާރު އައި ފަހުން ވީ ހަތަރު މަސް ދުވަހުގެ ތެރޭގައި، ދައުލަތަށް ހޯދި އާމްދަނީއިން ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ މަޝްރޫޢު ރާއްޖޭގެ އެކި ކަންކޮޅު ތަކުގައު ހިންގަވަމުންދާ ކަމަށެވެ. އަދި އޭގެ އިތުރުން މަސްވެރިންނަށް 700 މިލިއަނަށްވުރެ ގިނަ ފައިސާ މިހާތަނަށް ދެވިފައިވާއިރު، ސޮވެރެން ޑިވެލޮޕްމަންޓް ފަންޑަށް ވެސް 30 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ މިހާރު ޖަމާކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެކަން ކުރެއްވީ ފައިސާ ޗާޕް ނުކޮށް ކަންވެސް ރައީސް ފާހަގަ ކުރެއްވި އެވެ. 

ފައިސާ ޗާޕް ކުރީ އެހެން މިސްރާބަކުން ގައުމު ގެންދަން. މިސްރާބު ހުރީ އޭރުގައި އަނދަވަޅަކަށް. އަނދަވަޅަކާއި ދިމާލަށްގޮސް އަނދަވަޅުތެރޭގައި ރާއްޖެ އޮތީ. ދަރަނި ދަންތުރައެއްގަ އެއްކޮށް ޖެހިފައި. ފައިސާ ޗާޕް ކުރީ ވަކި ވަރަކަށް ނޫން. 8 ބިލިއަން ރުފިޔާގެ ފައިސާ ޗާޕްކުރީ ފަސް އަހަރު ތެރޭގައި. 40 އަހަރާއި ނުބައްދަލު އަދަދަކަށް ފައިސާ ޗާޕް ކޮށްލީ. އެ މިސްރާބުގައި އޮއްވާ އެ މިސްރާބު ކަމުނުގޮސްގެން ދިވެހީންގެ ރާއްޖެއަށް ރާއްޖެ ގެންދަން ވެގެން ކުރި ދަތުރުގައި މިހާރު އަޅުގަނޑުމެން މިތިބީ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ ދިވެހީންގެ ރާއްޖޭގައި ދިވެހިން އެދޭ ގޮތަށް ކަންކަން ކޮށްދިނުމުގައި މަޖިލީހުގެ ދައުރު ފުރިހަމަ ކޮށްދިނުން އޮތީ ރައްޔޮތުންގެ އަތްމަތީގައި ކަމަށެވެ. 

އަދި ސަރުކާރުން ކޮންމެ ކަމެއް ކުރަން ބޭނުންވާ ނަމަވެސް، އެކަމެއް ކުރުމުގައި ރައްޔިތުންގެ މަޖިލީހަށް ހުރިހާ ގޮތަކުންވެސް ހުރަސް ތައް ކުރިމަތި ކުރެވޭނެ ކަން ފާހަގަކުރައްވައި ރައީސް މުޢިއްޒު ވަނީ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުހަނު މުހިންމު ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.