ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު-
ހަބަރު
25 Mar 2024 | 11:00
ތުރުކިޔޭއިން ގެނައި ޑްރޯންތައް އުދުހުމުގެ ހުރިހާ ކަމެއްވެސް ކުރާނީ ދިވެހި ސިފައިން: ރައީސް މުޢިއްޒު

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު 24 ގަޑި އިރު ބެލެހެއްޓުމަށް ގެނައި އަންމޭންޑް އޭރިއަލް ކޮމްބެޓް ވެހިކަލް (ޔޫ.އޭ.ވީ) ތައް ދުއްވުމުގެ ހުރިހާ ކަމެއް ކުރާނީ ދިވެހި ސިފައިން ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ދެއްވައިފިއެވެ. 

ރައީސް މުޢިއްޒު މިހެން ވިދާޅުވެފައި ވަނީ ރައީސް އޮފީހުން ކުރިއަށް ގެންދާ ރައީސްގެ ޖަވާބުގެ މިއަދުގެ ސެގްމެންޓްގައި، މާލެ ސިޓީ، މއ.ނައިޓްލައިޓް، މުޙައްމަދު އިޙްސާން، ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް އަލަށް ގެނައި ޑްރޯންތައް ދުއްވުމާ އޮޕަރޭޓްކުރުމުގެ ކަންކަމުގައި ބޭރުގެ ސިފައިން ރާއްޖޭގައި ތިބޭނެތޯ ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ ބޭރުގެ ސިފައިން ރާައްޖޭގައި ތިބޭ ގޮތަށް މި ސަރުކާރުން އެއްވެސް ސިޔާސަތެއް ނުގެންގުޅުއްވާނެ ކަމަށެވެ. 

އިހަށްދުވަހު މި ތަޢާރަފް ކުރި ސިފައިންގެ އެއާ ކޯ ސާވިސްގައިވެސް، އަދި އޭގެ ދަށުން ދުއްވަންފެށި ޔޫއޭވީތައް، ޑްރޯންތައް ދުއްވުމުގައި ނުތިބޭނެ ބޭރުގެ ސިފައިންނެެއް. ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިންނެއް އެކަމުގައި އެހީތެރިވާކަށްވެސް ރާއްޖޭގައި ނުތިބޭނެ. ތުރުކީޔަށް ސިފައިން ގޮސް، އެތަނުން ތަމްރީން ހޯދައިގެން އައިސް ދިވެހި ސިފައިން މިހާރެސް އެ ޔޫއޭވީތައް އެ އޮޕަރޭޓް ކުރަނީ އަދި ދުއްވަނީ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ރައީސް އިތުރަށް ވިދާޅުވީ ޔޫއޭވީތައް ދުއްވުމުގެ ޓްރެއިނިންގ އަށް ދިވެހި ސިފައިންގެ ބެޗެއް މިހާރުވެސް ތުރުކިޔޭގައި ތިބި ކަމަށާ އަދި ކުރިއަށް އޮތް ތަނުގައި އިތުރު ބެޗްތައްވެސް ދާނެ ކަމަށެވެ. 

އެހެންވީމާ ދިވެހި ސިފައިން ހަމަ ފުލީ އެ ޑްރޯންތައް އުދުހުވުމުގައި ހުރިހާ ކަމެއްވެސް ކުރާނީ 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު 

ދިވެހިރާއްޖޭ އިން 974000 އަކަ ކިލޯމީޓަރަށް ދެމިގެންދާއިރު އެ ސަރަހައްދު ބެލެހެއްޓުމަށް ރާއްޖެއަށް ގެނެސްފައިވަނީ "ބައިރަކްތާރު ޓީބީ2″ ގެ ޑްރޯނެވެ.

ބައިރަކްތާރު ޓީބީ2" ޑްރޯނަކީ 18،000 އަދި 25،000 ފޫޓު މަތިން އުދުއްސޭނެ އުޅަނދުތަކެކެވެ. 70 އާއި 120 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި އުދުހެވޭ މި އުޅަނދުތަކަކީ ނައިޓް ވިޝަން ކޭޕަބިލިޓީ އާއެކު ރޭގަނޑުވެސް ވަގުތުން ފޮޓޯއާއި ވީޑިއޯ ފޮނުވޭނެ އުޅަނދެކެވެ. ހަމައެއާއެކު 300 ކިލޯމީޓަރު ދުރުން މައިމަރުކަޒަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަށް ހުއްޓުމެއް ނެތި 27-50 ގަޑިއިރު އުދުހުމުގެ ގާބިލްކަން ވެސް ލިބިފައިވެއެވެ. އަދި ބޭނުންނަމަ ހަތިޔާރު ހަރުކުރެވޭ މި ޑްރޯންގެ ބޮޑުމިނަކީ 21 ފޫޓެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުއްދަނެތި ބޭރު ފައިސާ ގަނެވިއްކުމުގެ މައްސަލައަކާ ގުޅިގެން ރެއިޑެއް ޖަހައިފި
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.
06 Oct 2026
މިސްކިތު ވޭޖް ނަމުގައި ތިން އަހަރުވަންދެން އުސޫލާ ހިލާފަށް މުސާރަނެގި މައްސަލައެއް
އޮޑިޓް ރިޕޯޓްގައިވާގޮތުން ކައުންސިލްގެ ސެކްރެޓަރީއަށް ވިސްކުތު ވޭޖް ޖަމާކުރަމުންދިޔައިރު، ކައުންސިލް އިދާރާގައި މިސްކުތުގެ މަސައްކަތްކުރުމަށް "ކައުންސިލް އެސިސްޓެންޓް" މަގާމުގައި މީހަކުވެސް ހުންނަކަމަށް ރިޕޯޓްގައި ވަނީ ބަޔާންކޮށްފައެވެ
06 Oct 2026
ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
އެއީ ޗައިނާ އަށް ނިސްބަތްވާ އަންހެނަކާއި ފިރިހެނަކެވެ.
06 Oct 2026
ޕެރޯލް ބޯޑުން ވަކިކުރި މެންބަރުންގެ ނަންތައް ހާމަކުރަން އިހްސާން ދެކޮޅު ހައްދަވައިފި
މިއަދު ވަކިކުރި ހަ މެންބަރުންގެ މައުލޫމާތު ހާމަކުރަން އެދުނެވެ. ނަމަވެސް މިނިސްޓަރު ވަނީ އެކަމަށް ދެކޮޅު ހައްދަވާފަ އެވެ.
06 Oct 2026
އޭއޭއައި ބީޗް ވޮލީބޯޅަ ފެސްޓް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު، ޖާގަ ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ކުރިމަތިލާ 16 ޕެއާއަށެވެ
06 Oct 2026
ބޮޑު އެއްވެސް މައްސަލައެއް ހައްލެއް ނުވޭ، އެކަން އެއްވެސް ޕާޓީއަކުން ނުކުރާނެ: އުމަރު
އުމަރު ވިދާޅުވީ މައްސަލަތައް ހައްލުކުރުމުގެ ނަމުގައި ހުރިހާ ޕާޓީތަކުން ވެސް ދައްކަނީ އެއް ވާހަކައެއް ކަމަށެވެ.
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.