ޢުމްރާވެރިން އުމްރާއަށް ދިއުމަށް ފުރަނީ -- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
25 Mar 2024 | 14:18
އުމްރާގެ އަޅުކަމަށް ފުރާ މީހުން ކުރިއާލައި އެއާޕޯޓަށް ދިއުމަށް އެދިއްޖެ

އުމްރާގެ އަޅުކަމަށް ފުރާ މީހުން ކުރިއާލައި އެއާޕޯޓަށް ގޮސް ފުރިހަމަ ކުރަންޖެހޭ އެންމެހާ މަރުހަލާތައް ފުރިހަމަ ކުރުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން އެދިއްޖެއެވެ.

އެމްއޭސީއެލްއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެކުންފުންޏަކީ ޕަސިންޖަރުންނަށާއި އާއިލާތަކަށް ފަސޭހަކަމާއެކު ދަތުރުކުރުމުގެ ތަޖުރިބާ ހޯދައިދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ބައެއްކަމަށެވެ. އަދި އުމްރާގެ އަޅުކަމަށް ފުރުމުގެ ކަންކަން ވީހާވެސް ފަސޭހަކަމާއެކު ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަމަށް އެކުންފުނިން ވަނީ ބުނެފައެވެ. 

މިހާރު ދިމާވާ އެންމެ ބޮޑު ދަތިކަމަކީ ޕަސިންޖަރުންގެ އަދަދު އިތުރުވުންކަން ފާހަގަކުރައްވައި އެމްއޭސީއެލްއިން ބުނީ، މިކަމުގެ ސަބަބުން ތޮއްޖެހުން އިތުރުވެ، ދަތުރުވެރިން އެއާޕޯޓުގައި ހޭދަކުރާ ވަގުތުތައް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އެހެންކަމުން، ފަސިންޖަރުން ކުރިން ތައްޔާރުވެ، ޗެކިން ކުރުމަށް އަވަހަށް އައުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި އުމްރާގެ އަޅުކަމަށް ފުރަން އަންނަ އެކިއެކި ފަރާތްތަކަށް އެހީވުމަށްޓަކައި އެއާޕޯޓުގެ މުވައްޒަފުން އަބަދުވެސް ތިބޭނެކަމަށް ވަނީ ބުނެފައެވެ.

އަހަރުގައި އުމްރާގެ އަޅުކަމަށް ދިވެހިން ފުރާ ދުވަސްވަރަކީ އެންމެ ބާރުބޮޑު އެއް ދުވަސްވަރެވެ. އެގޮތުން މި އަހަރުގެ ރަމަޟާންމަހުގައި ދިވެހިންގެ އެތައް ސަތޭކަ ބަޔަކު މިހާރުވެސް މައްކާގަައި އުމްރާގެ އަޅުކަން އަދާކުރަމުން އެބަދެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް