ރޭގެ ޖަލްސާގައި ރައީސް މުޢިއްޒު ވާހަކަ ދައްކަވަނީ- ފޮޓޯ/ ޕީއެންސީ
ހަބަރު
26 Mar 2024 | 10:11
ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދަނީ!

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގެ ހުރިހާ މަގުތަކެއް ހަދައިދިނުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.

ކުރިއަށް އޮތް ރައްޔޮތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީގެ ތާއީދާއެކު މައްޗައްގޯޅި މެދު ދާއިރާއަށް ވާދަކުރައްވާ އަހްމަދު ޟަމީރުގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މާލޭގެ މަގުތަކަކީ ހަދަން ޖެހިފައި އޮތް ތަނެއްް ކަމަށެވެ.

އަދި އެކަމަށްޓަކައި ބަޖެޓްވެސް ކަނޑައެޅިފައިވަނިކޮށް އެމަނިކުފާނު މާލޭގެ މޭޔަރ ކަމަށް އިންތިޚާބުވެވަޑައިގެންނެވުމާއިއެކު، ކުރީ ސަރުކާރުން ބަޖެޓް ހިފެހެއްޓި ކަން ރައީސް މުޢިއްޒު ފާހަގަކުރެއްވިއެވެ. އެކަން އެ ސަރުކާރުން ކުރީ އެމަނިކުފާނަށް އެންގެވުމަކާއި ވެސް ނުލައި ކަމަށް ރައީސް ވުދާޅުވިއެވެ.  

މަގު ހެދުމުގެ މަޝްރޫއުވެސް (އެ ސަރުކާރުނަ) ކެންސަލް ކޮށްލީ. މާލޭ ރައްޔިތުންނަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ ކަމަށް ނިންމާފައި. މިއީ އެންމެނަށްވެސް އެނގޭ ކަމެއް

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

އެހެންކަމުން، މާލެއަށް ކަމެއް ކުރެވޭނީ މަޖިލީހަށް އެމްޑީޕީގެ މެޖޯރިޓީ ލިބިގެން ކަމަށް ބުނެ އެމްޑީޕީން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާ އެވާހަކަ ގަބޫލުކުރަން ނުޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކަންމިހެން ހުރި ނަމަވެސް މާލޭގެ މަގުތަކަކީ ދެވަނައަށް އެންމެ މުހިންމު ކަމެއް ދީގެން މި ސަރުކާރުން ކުރާ ކަމެއް ކަމަށް ބަލައިގެން އެކަން ކުރައްވާނެ ކަމަށް ރައީސް ވުދާޅުވިއެވެ. 

"މާލޭގެ މަގުތައް ދެވަނަ މައްސަލައެއްގެ ގޮތުގައި ހައްލުކުރަން ޖެހޭ ކަމެއްގެ ގޮތުގައި ފަށަން ނިންމާފައި މިއޮތީ. ދެން ހަމަ ވަރަށް އުފަލާއެކީ ދަންނަވާލަން ބޭނުން ޗައިނާ ސަރުކާރުން ހިލޭ އެހީގައި މުޅި މާލެ ސިޓީގެ ހުރިހާ މަގެއް ހަދާ ގޮތަށް މިހާރު ހަމަޖެހިފަ އޮތީ،"

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެގައުމުގެ ކަމާއިބެހޭ ޓީމު މިހާރުވަނީ ރާއްޖެ އައިސްފައި ކަމަށާއި މި ކަމާއި ގުޅުންހުރި ފަންނީ މަސައްކަތްތައް ނިމުމުން ޢަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. އަދި މަގުތައް ހަދާ ނިމޭއިރު މަގުތަކުގައި ހުރި ހުރިހައި މައްސަލައެއް ހައްލުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.