އދ ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން--ފޮޓޯ: އޭއެފްޕީ
ދުނިޔެ
26 Mar 2024 | 10:30
ޣައްޒާގެ ގަތުލު އާއްމަށް 6 މަސް ފަހުން، ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރެއް އދ އިން ފާސްކޮށްފި!

މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފެށިގެން ޣައްޒާގައި ހިނގަމުންދާ ގަތުލު އާއްމަށް 6 މަސްވި ފަހުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ގަރާރެއް އދ އިން ފާސްކޮށްފިއެވެ.

މީގެ ކުރިން މި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެއްވެސް ގަރާރެއް ފާސްނުކޮށް އޮތުމަށްފަހު، އދ ގެ ސަލާމަތީ މަޖިލީހުން ރޭގައި ފާސްކުރި މި ގަރާރުގައި ހަނގުރާމަ ހުއްޓާލުމުގެ އިތުރުން، ރަހީނު ކޮށްފައިވާ މީހުން އެއްވެސް ޝަރުތަކާއި ނުލައި ދޫކޮށްލުމަށް ވެސް ވަނީ ގޮވާލާފައެވެ.

މި މަޖިލީހުގެ ދާއިމީ ނޫން 10 މެމްބަރުން ހުށައެޅި މި ގަރާރުގައި މިހާރު ހިނގަމުންދާ ރަމަޟާން މަހުގައި ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި ޣައްޒާއަށް ދެމުންދާ އެހީ މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

މި ގަރާރު ފާސްކޮށްފައި މިވަނީ އދ ގެ ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރަށް ވޯޓް ދިނުމަށް ބައިވެރިވެފައި ނުވަނީ މީގެ ކުރިން ވެސް މި މައްސަލަ އާއި ގުޅިގެން ހުށައެޅި ހުރިހާ ގަރާރެއްގައި ވެސް ވީޓޯގެ ބާރު ބޭނުން ކުރަމުން އައި އެމެރިކާއިންނެވެ.

އެމެރިކާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ވިދާޅުވީ ވޯޓްގައި ބައިވެރިނުވުމަށް ނިންމީ މި ގަރާރުގައިވާ ހުރިހާ ކަމަކަށް އެމެރިކާ އިން އެއްބަސް ނުވެވޭތީ ކަމަށެވެ. އެމެރިކާއިން ވީޓޯގެ ބާރު ބޭނުންނުކުރާތީ، އިސްރާއީލުން ވަނީ އެމެރިކާ އަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ގާތްގަނޑަކަށް ހަ މަސް ދުވަސްފަހުން މިފަދަ ގަރާރެއް ފާސްކުރެވުނުއިރު މިއީ ހަނގުރާމަ ހުއްޓައިލުމާ ދިމާއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މި ގަރާރު ތަންފީޒު ކުރަން ޖެހޭ ކަމަށް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުން އެކި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައިވާއިރު، 32،000 އަށްވުރެ ގިނަ މީހުން ހަނގުރާމައިގައި ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ