ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
26 Mar 2024 | 10:58
ގަތުލު ޢާއްމު ހުއްޓާލަން ފާސްކުރި ގަރާރަށް އިސްރާއިލުން ޢަމަލު ކުރުމަށް ރައީސް މުޢިއްޒު ގޮވާލައިފި

މިދިޔަ އަހަރު އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ފެށިގެން ޣައްޒާގައި ހިނގަމުންދާ ގަތުލު އާއްމަށް 6 މަސްވި ފަހުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އދ އިން ރޭ ފާސްކުރި ގަރާރަށް އިސްރާއިލުން ޢަމަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. 

މީގެ ކުރިން މި ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އެއްވެސް ގަރާރެއް ފާސްނުކޮށް އޮތުމަށްފަހު، އދ ގެ ސަލާމަތީ މަޖިލީހުން ރޭގައި ފާސްކުރި މި ގަރާރުގައި ހަނގުރާމަ ހުއްޓާލުމުގެ އިތުރުން، ރަހީނު ކޮށްފައިވާ މީހުން އެއްވެސް ޝަރުތަކާއި ނުލައި ދޫކޮށްލުމަށް ވެސް ވަނީ ގޮވާލާފައެވެ.

މި މަޖިލީހުގެ ދާއިމީ ނޫން 10 މެމްބަރުން ހުށައެޅި މި ގަރާރުގައި މިހާރު ހިނގަމުންދާ ރަމަޟާން މަހުގައި ހަމަލާތައް ވަގުތުން ހުއްޓާލުމަށާއި ޣައްޒާއަށް ދެމުންދާ އެހީ މިހާރަށްވުރެ ބޮޑަށް ފުޅާކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

އެ ގަރާރު ފާސްކުރުމާއި ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ސަލާމަތީ މަޖިލީހުން ފާސްކުރި އެ ގަރާރެއް ވޭހާވެސް އަވަހަށް ޢަމަލު ކުރުމަށް ގޮވާލަައްވަމުން އެފަދަ ގަރާރެއް ފާސްކުރުން މާބޮޑަށް ލަސް ވެސް ވެއްޖެ ކަމަށް ވިދާޅުވެފައެވެ.

"ރާއްޖޭން މި ގޮވާލަނީ މި ގަރާރު ފުރިހަމައަށް ތަންފީޒުކޮށް އަދި އިސްރާއިލުން މި ގަރާރަށް ފުރިހަމަޔަށް ބޯ ލެނބުމަށް،"

ރައީސް ޑރ މުހައްމަދު މުޢިއްޒު

ރައީސް އިތުރަށް ވިދާޅުވީ ހަމަލާތައް ހުއްޓުމަކަށް ގެނެވިދާނެ ކަމުގެ އުންމީދަކީ ވެސް މި ބަރަކާތްތެރި ރަމަޟާން މަހުގެ ހަގީގީ ރޫހު ޣައްޒާގެ ރައްޔިތުންނަަށް ގެނެސްދޭނެ ކަމެކެވެ.

"މިގޮތުގައި ދެމިތިބެ، ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތްކުރަންވީ ހަމަލާތަކަށް ދާއިމީ ނިމުމެއް ގެނައުމަށް އަދި އިސްރާއިލުން ހިންގާ ނަސްލު ނައްތާލުމުގެ ގަތުލް ޢާއްމު ހުއްޓުވުމަށް. ކުރުކޮށް ބުނާ ނަމަ، ދުނިޔެއިން ފަލަސްތީނަށްޓަކައި އިތުރަށް އެތައް މަސައްކަތެއް ކޮށްދޭންޖެހޭ،"

ރައީސް ޑރ މުހައްމަދު މުޢިއްޒު

ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާއްމު ހުއްޓާލާ ގަރާރު ފާސްކޮށްފައި ވަނީ އދ ގެ ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރުންގެ ވޯޓުންނެވެ. މި ގަރާރަށް ވޯޓް ދިނުމަށް ބައިވެރިވެފައި ނުވަނީ މީގެ ކުރިން ވެސް މި މައްސަލަ އާއި ގުޅިގެން ހުށައެޅި ހުރިހާ ގަރާރެއްގައި ވެސް ވީޓޯގެ ބާރު ބޭނުން ކުރަމުން އައި އެމެރިކާއިންނެވެ.

އެމެރިކާއިން އދ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް ގްރީންފީލްޑް ބުނީ ވޯޓްގައި ބައިވެރިނުވުމަށް ނިންމީ މި ގަރާރުގައިވާ ހުރިހާ ކަމަކަށް އެމެރިކާ އިން އެއްބަސް ނުވެވޭތީ ކަމަށެވެ. ނަމަވެސް އެމެރިކާއިން ވީޓޯގެ ބާރު ބޭނުންނުކުރާތީ، އިސްރާއީލުން ވަނީ އެމެރިކާ އަށް ފާޑުކިޔުންތައް އަމާޒުކޮށްފައެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކަށް ގާތްގަނޑަކަށް ހަ މަސް ދުވަސްފަހުން މިފަދަ ގަރާރެއް ފާސްކުރެވުނުއިރު މިއީ ހަނގުރާމަ ހުއްޓައިލުމާ ދިމާއަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، މި ގަރާރު ތަންފީޒު ކުރަން ޖެހޭ ކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާއަށް ކެނޑިނޭޅި ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ 2.3 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 90 ޕަސެންޓު މީހުން އެކި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައިވާއިރު، 32،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.