އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް-- ފޮޓޯ: މަޖިލިސް
ހަބަރު
27 Mar 2024 | 12:42
ރާއްޖޭން ލިބޭ ބޭހުގެ އަގު ސަރަހައްދީ ގައުމުތަކަށްވުރެ 70 ގުނަ ބޮޑު: ވަޒީރު ޑރ. އައިޝަތު ޝިހާމް

ރާއްޖޭގައި ލިބެން ހުރި ބޭހުގެ އަގުތަކަކީ މި ސަރަހައްދުގައި ލިބެން ހުރި ބޭހުގެ އަގުތަކާއި އަޅާ ބަލާއިރު، 70 ގުނަ ބޮޑު އަދަދު ތަކެއް ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ.އައިޝަތު ޝިހާމް މިފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެވަޑައިގެން މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މިގޮތުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ ޔޫއޭއީ އަދި ތައިލެންޑުން އާސަންދައިގެ ހިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާއިރު، މި ގައުމުތަކުން އާސަންދަ ލިބޭނީ ކޮން ހިދުމަތްތަކަކުންތޯ އާއި މިހާރު އިންޑިއާ އިން ލިބެމުންދާ ހިދުމަތްތައް އެއަށްވުރެ އަގު ބޮޑުކޮށް ތައިލެންޑާއި ޔޫއޭއީ އަށް ފޮނުވާ ގޮތަށް ހަމަޖެހިފައިވޭތޯ އާއި މިހާރު އޮތް ބަޖެޓުން މިކަމަށް ހަމަޖައްސާނަމަ ހިދުމަތް ދެވޭ މީހުންގެ އަދަދު ކިހާވަރަކަށް މަދުވެގެން ދާނެތޯ ވަޒީރާއި ސުވާލު ކުރައްވާފައެވެ.

މި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވީ، އާސަންދަ އަށް މި އަހަރު އެކުލަވާލައިފައިވާ ބަޖެޓްގެ ތެރެއިން މި ސިޔާސަތު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މި ބަދަލާއި އެކު ވެސް އާސަންދައިގެ ހިދުމަތް ލިބޭ މީހުންގެ އަދަދަށް އުނި ކަމެއް ނާންނާނެ ކަމަށެވެ. އަދި މި ސިޔާސަތާއި ގުޅުން ހުރި މަޝްވަރާތައް ކުރެވެމުންދާ ކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވީ، އާސަންދަ ނިޒާމް މިހާރު ހިނގަމުން އަންނަ ގޮތުން ވަރަށް ބޮޑު އިސްރާފް ތަކެއް ހުރިކަން ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން މިދިޔަ އަހަރު މުޅި އާސަންދަ ސްކީމަށް 1 ބިލިއަން ރުފިޔާ ބަޖެޓް ކުރި ނަމަވެސް، އަހަރު ނިމުނު އިރު ޖުމްލަ 2.3 ބިލިއަން ރުފިޔާ ހިނގާފައިވާ ކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އޭގެ ތެރެއިން 1 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ބޭހަށް ހަރަދުކުރެވިފައިވާ ކަމަށެވެ.

"ރާއްޖޭގައި ލިބެން ހުރި ބޭހުގެ އަގުތަކަކީ މި ސަރަހައްދުގެ އެހެން ގައުމުތަކަށް އަޅާބަލާއިރު 70 ގުނަ ބޮޑު އަދަދުތަކެއް. އަދި ދުނިޔޭގެ ބާޒާރުގައި ބޭސްލިބެން ހުންނަ އަގު ތަކަށް ވުރެ ވެސް 1.5 ގުނަ ބޮޑުކަމަށް ވޯލްޑް ބޭންކުން ވެސް ވަނީ ފާހަގަކޮށްފައި."

ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ.

އަހަރަކަށް ވުރެ އަހަރެއް އާސަންދަ އަށް ކުރާ ހަރަދު ބޮޑު ކަމަށާއި، 2023 ވަނަ އަހަރު ނިމުނު އިރު، އާސަންދައިގެ ހަރަދުތައް 2018 ވަނަ އަހަރާއި އަޅާ ބަލާއިރު %40 އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފާއިތުވި ފަސް އަހަރު ތެރޭގައި އާސަންދަ ސްކީމަށް ހިނގި ހަރަދުތައް އެވަރެޖް ކޮށް %61 އިތުރުވެފައިވާކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވީ އުފެއްދުންތެރިކަމުގެ ނިސްބަތުން ގައުމުގެ ހޭދަ އަށް ބަލާއިރު ސިއްހީ ދާއިރާއަށް ދައުލަތުން ކުރާ ހޭދަ ހުރީ ތަރައްގީ ވެފައިވާ ގައުމުތަކާއި ދާދި އެއް މިންވަރެއްގައި ކަމަށެވެ. މިއީ ސަރަހައްދީ ގައުމުތަކާއި އަޅާބަލާއިރު ސިއްހީ ހޭދަ ގާތްގަނޑަކަށް 2 ގުނަ މިންވަރެއް ނަމަވެސް ރާއްޖޭގެ ރައްޔިތުން އެދޭ ގޮތަށް ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިނުވާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.