ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން-- ފޮޓޯ: މިނިސްޓްރީ
ހަބަރު
28 Mar 2024 | 10:26
119 ކިލޯގެ މަސްތުވާތަކެތީގެ ތަފްސީލު ހާމަކުރުމަށް ވާނީ ދަންނަވާފަ: ވަޒީރު އިހުސާން

މާލެ އާއި ހުޅުމާލޭގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގެ ތެރެއިން 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވުނު ތިން މީހުންގެ ތެރެއިން ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން މިފަދަ ކޭސްތައް ރިވިއު ކޮށް، ރައްޔިތުންނަށް ތަފްސީލު ހާމަކޮށްދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް ދަންނަވާފައިވާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު އިހުސާން މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޓްވީޓެއްގައެވެ. މިގޮތުން ވަޒީރު ވަނީ މި މައްސަލައިގައި ބައިވެރިކަމަށް ފާހަގަވި 3 މީހުނަށް ޕީޖީ އޮފީހުން ދައުވާ ކުރީ ވަރަށް ތަފްސީލީ ތަހުގީގަކަށްފަހުގައި ކަން ފާހަގަކުރައްވާފައެވެ.

"12 ޑިސެމްބަރ 2021 ވަނަ ދުވަހު ރާއްޖެއަށް 119 ކިލޯގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވި ވަރަށް ތަފްސީލީ ތަހުގީގަކަށްފަހު މިކަމުގައި ބައިވެރިވި ކަމަށް ތަހުގީގަށް ފާހަނގަވި 3 މީހުންގެ މައްޗަށް ވަނީ ޕީޖީ އޮފީހުން ދައުވާ ކުރެވިފައެވެ. ނިމިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުންވަނީ މީގެތެރެއިން ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމާފައެވެ. މި ފަދަ ކޭސްތައް ރިވިއުކޮށް ރައްޔިތުންނަށް ހުރިހާ ތަފްސީލެއް ހާމަކުރުމަށް އަޅުގަނޑުވާނީ ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު ދަންނަވާފައެވެ."

ވަޒީރު އިހުސާން ވިދާޅުވިއެވެ.

މިދިޔަ އަހަރު ޑިސެމްބަރު 12 ގައި މާލޭގެ މަގުމަތިން ޓެކްސީއެއް ހުއްޓުވައި، ޓެކްސީންނާއި އިތުރު ކާރަކާއި ސައިކަލެއްގައި ފޮރުވާފައި ހުއްޓާ އަތުލައިގަތް 119 ކިލޯގެ ޑްރަގުގެ މައްސަލައިގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ ގދ. ހޯނޑެއްދޫ ތިން މީހުން ކަމަށްވާ އަލީ ޒުބައިރާއި އަހުމަދު ސުނައިނާއި އަހުމަދު މުޖާހިދުގެ މައްޗަށެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ ކުށް ސާބިތުވަނީ ހަމައެކަނި އަލީ ޒުބައިރުގެ މައްޗަށް ކަމަށެވެ. މި ހުކުމްގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާވަރަށް އެކަށިގެންވާ ހެކި ހުރިކަމަށް ބުނެ، އޭނާ އުމުރަށް ޖަލަށް ލުމާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށްފައެވެ. އަލީ ޒުބައިރުގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ޝަރީއަތް ނިމެންދެން ދެ އަހަރާއި ތިން މަހާއި އަށް ދުވަސް އެ މުއްދަތުން އުނި ކުރުމަށްފަހުއެވެ.

މި މައްސަލައިގައި ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅި ސުނައިނު އާއި މުޖާހިދު، އަލީ ޒުބައިރު އާއި ވާހަކަ ދެއްކިކަން ސާބިތުކޮށްދީފައިނުވާ ކަމަށާއި ސުނައިނު އާއި މުޖާހިދުއާ ދެކޮޅަށް ޝަރީއަތަށް ސާބިތުވާ ވަރަށް އެކަށިގެންވާ ހެއްކެއް ހުށަހަޅާފައިނުވާކަން ހުކުމުގައި ވެއެވެ.

މި ތިން މީހުންނާއި ދެކޮޅަށް ދައުލަތުން 56 ހެއްކެއް ހުށައަޅާފައިވާއިރު، ސުނައިހު އާ މުޖާހިދުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކަނޑައަޅާފައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ސީސީޓީވީ ފުޓޭޖުން ފެންނަނީ އެ ދެމީހުންކަން ސާފުނުވާތީ ކަމަށާއި ކޯލް ރެކޯޑިން އާއި ސެލް ލޮކޭޝަން އެނގޭނެ ލިޔުމާއި ނަންބަރުތަކުގެ ވެރިފަރާތްތައް އެނގޭނެ ލިޔުންތައް ކޯޓަށް ހުށަހަޅާފައިނުވާކަން ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން ވެސް، މަސްތުވާތަކެތި ބަންދުކޮށްފައި ހުރި ޕެކެޓުން ފެނުނީ ހަމަ އެކަނި ޒުބައިރުގެ އިނގިލީގެ ނިޝާން ކަމަށްވެސް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.