ރައީސް ޑރ.މުހައްމަދު މުއިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
31 Mar 2024 | 10:16
ވައުދުވީ ގޮތަށް މިއަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖްގެ މަސައްކަތް ފަށާނަން: ރައީސް މުޢިއްޒު

ހުޅުދޫ އަށް މިއަހަރު ވައުދުވެވަޑައިގެން ފަދައިން މިއަހަރު ނިމުމުގެ ކުރިން އައްޑޫ ބްރިޖްގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީ ޓިކެޓްގައި އައްޑޫ ހުޅުދޫއަށް ވާދަކުރައްވާ ކެންޑިޑޭޓު މުޙައްމަދު ޝާހިދުގެ ކެމްޕެއިން ޖަލްސާގައި ރޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބްރިޖްގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި، އެ މަސައްކަތްުގެ ފީސިބިލިޓީ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ މަސައްކަތާއި ގުޅިގެން ކުރެވުނު ސާވޭ ގެ މައްޗަށް ކުރަން ޖެހޭ އެކިކަހަލަ ހިސާބު ހެދުމާއި ފީސިބިލިޓީގެ ބާކީ ބައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އެކަން ނިންމާފައި އަޅުގަނޑުމެން ދާނީ އަމަލީ މަސައްކަތްކުރުމުގެ މަރުހަލާއަށް. އަަޅުގަނޑު ވައުދުވި ގޮތަށް 2024، މިއަހަރު ނިމުމުގެ ކުރިން އެބުރިޖުގެ މަސައްކަތް ފަށާނަން،"

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އިދިކޮޅު ފަރާތްތަކުން އައްޑޫ ބްރިޖް އާއި ބެހޭގޮތުން ދައްކަމުންދާ ބައެއް ވާހަކަތަކަށް ވެސް ރައްދު ދެއްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ، ސިނަމާލެ ބްރިޖް އެޅި އިރުވެސް އިދިކޮޅުން ކިޔަމުންދިޔަ ފަދައިން މިހާރު ވެސް މިއީ ބޭކާރު ކަމެއް ކަމަށް ބުނަމުން އަންނަކަމަށެވެ. މިސަރުކާރަކީ ތަރައްގީ ފިކުރުގެ މަތީގައި ތިބި ބައެއް ކަމަށާއި މި ސަރުކާރަކީ ރައްޔިތުންނަށްޓަކައި ތަރައްގީ ގެނައުމަށް ބޭނުންވާ، ވައުދުފުއްދާ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

"ދެން މިހާރު މިކިޔަނީ ހަމަ ކުރިން މިތާގައި އަޅަން ފެށިއިރު އެބައި މީހުން ކީގޮތަށް، މީ ވާނެ ކަމެއް ނޫނޭ. ބޭކާރު ކަމެކޭ. މީގެ އިންޖިނިއަރިން ކޮބައިހޭ، މިކަމަކަށް ފައިސާއެއް ނުލިބޭނޭ. މިކަހަލަ ވާހަކަ ރައްޔިތުން ޤަބޫލުނުކުރެއްވުން އެދެން،"

ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިދިކޮޅުން ބުނަމުން އަންނަފަދައިން މިއީ 30 ވަރަކަށް މީހުން ސައިކަލް ދުއްވާލަން އަޅާ ބްރިޖެއް ނޫން  ކަމަށާއި މިއީ މުޅި އައްޑޫ ސިޓީ އިގްތިޞާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ހަރުފަތަކަށް ގެންގޮސްދޭނެ ބްރިޖެއް ކަމަށެވެ. އަދި މި ބްރިޖްގެ ސަބަބުން މުޅި ސިޓީ އާއި މުޅި ދެކުނަށް އެތައް ގުނައެއްގެ މައްޗަށް ތަރައްގީ ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ