ޕްރޮފެސަރު، ޑރ. ހަސަން އަލް ކުރުދީ އާއި އޭނާގެ އާއިލާ— ފޮޓޯ/ އައިއޭސީ
ހަބަރު
31 Mar 2024 | 21:49
އައިޔޫއެމްގެ ޕްރެފެސަރުގެ އާއިލާ އެންމެން، އައިއޭސީން ރާއްޖެ ގެންނަނީ!

އައިޔޫއެމްގައި މަސައްކަތް ކުރައްވާ ފަލަސްޠީނުގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަސަން އަލް ކުރްދީގެ އާއިލާ ޣައްޒާއިން މިސްރަށް ނެރުމަށް ކުރަންޖެހޭ ހުރިހާ ޚަރަދެއް ކުރުމަށް އިންޓަނޭޝަނަލް އެއިޑް ކެންޕެއިން، އައިއޭސީން ނިންމައިފިއެވެ. 

ގާޒާއަށް ދެމުންދާ ހަމަލާތަކުން ސަލާމަތްވި އާއިލާ ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ޕްރޮފެސަރު ޑރ ހަސަން ކުރްދީ މީސްމީޑިއާ އާއި ބައެއް އޮންލައިން ނޫސް ތަކަަށްވެސް ވަނީ މިއަދު މައުލޫމާތު ދެއްވާފައެވެ. 

އެގޮތުން ޕްރޮފެސަރު، ޑރ. ހަސަން އަލް ކުރުދީ ބުނެފައިވާގޮތުން ގާޒާގެ ރަފަހްގައި އޭނާގެ ދެ އަންހެން ދަރިންނާއި ދެ ފިރިހެން ދަރިންގެ އިތުރުން އާއިލާއެއްވެސް ދަނީ ދިރިއުޅެމުންނެވެ. އަދި އެ އާއިލާ އެ ތަނުން ސަލާމަތްކުރަން ބޮލަކަށް 5،000-10،000 ޑޮލަރު ދައްކަންޖެހޭ ކަމަށް މައުލޫމާތު ދެއެވެ. އެހާ ގިނަ ފައިސާ ދެއްކުމުގެ ތަނަވަސްކަން ފްރޮފެސަރ ޑރ ކުރްދީގެ ނެތްކަންވެސް އޭނާ ފާހަގަކުރިއެވެ. 

ޕްރޮފެސަރު، ޑރ. ހަސަން އަލް ކުރުދީ 

އެކަމާއި ގުޅިގެން އައިއޭސީން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޑރ.ކުރްދީގެ އާއިލާ ޣައްޒާއިން މިސްރަށް ނެރުމަށް ކުރަން ޖެހޭ މަސައްކަތް އައިއޭސީން ކުރަމުންދާ ކަމަށެވެ. 

އަދި މިކަމަށް ދާނެ ހުރިހާ ޚަރަދެއްވެސް އައިއޭސީން ކުރަން ހަމަ ޖެހިފައިވާ ކަމަށް ޑރ. ކުރްދީއާއިއެކު 24 މަރޗް ވަނަ ދުވަހު ބައްދަލުވެ ވާނީ ދަންނަވާފަ. ޣައްޒާ ތެރޭގައި ތިބި ޑރ ގެ އާއިލާއަށް ކާބޯތަކެތީގެ އެހީވެސް އަޅުގަނޑުމެން ވާނީ 18 މަރޗް ވަނަ ދުވަހު ފޯރުކޮށްދީފަ.

އައިއޭސީ

މިކަމާއި ގުޅޭ އިތުރު މައުލޫމާތު ވޮއިސް އަށް ދެއްވަމުން އައިއޭސީން ބުނީ، ޕްރޮފެސަރ ގެ އާއިލާ އެންމެން ޣައްޒާއިން ނެރުމަށް 28،000 އެމެރިކާ ޑޮލަރު ބޭނުންވާ ކަމަށެވެ. އެ ޚަރަދުގެ އިތުރުން އެ އާއިލާ މިސްރުން ރާއްޖެ ގެނައުމަށް ދަތުރުކުރާ ފްލައިޓްގެ ޓިކެޓްވެސް އައިއޭސީން ސްޕޮންސަރ ކޮށްދޭކަން ފާހަގަކޮށްފައިވެއެވެ. 

އައިއޭސީން މިހެން ބުނެފައިވާއިރު، އެކަމާއި ގުޅޭގޮތުން ‘ވޮއިސް’ އަށް މައުލޫމާތު ދެމުން ޑރ ކުރްދީ ބުނީ އައިއޭސީން އޭނާގެ އާއިލާ ރާއްޖެ ގެނައުމަށް ކުރަންޖެހޭ ޚަރަދު ކުރުމަށް އެއްބަސް ވެފައިވާ ކަމަށެވެ. އަދި އަންނަ ހަފްތާ ފެށޭއިރު އެކަމަށް ބޭނުންވާ ހުރިހާ ފައިސާ ދޭނެކަމުގެ ޔަގީންކަންވެސް އައިއޭސީން ދީފައިވާ ކަމަށް ބުނެފައިއެވެ. 

“އަންނަ ހަފްތާ ފެށޭއިރު އެމީހުން (އައިއޭސީން) މިސްރަށް އައިސް އެ ފައިސާ ހަވާލު ކުރާނެ ކަމަށް އެމީހުންވަނީ ވައުދުވެފައި. އައިއޭސީން ވަނީ އަހަރެންގެ އާއިލާއަށް ކާބޯތަކެތިވެސް ފޯރުކޮށްދީފައި. އެމީހުންނަކީ ވަރަށް އެހީތެރިވާ ބައެއް.” ވޮއިސް އަށް މައުލޫމާތު ދެއްވަމުން ޑރ ކުރްދީ ބުންޏެވެ. 

މީގެ އިތުރުން ކުރްދީ ވަނީ އައިއޭސީގެ އެހީތެރިކަމާއި އެކު މި ފިތުރު ޢީދުގެ ކުރިން އޭނާގެ އާއިލާ މިސްރަށް ގެނެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުނެފައެވެ. 

ކުރްދީގެ އާއިލާއަށް ފޯރުކޮށްދެވުނު އެހީ

އައިއޭސީން ބުނެފައިވާ ގޮތުން، އޮކްޓޯބަރ 7 ގެ ފަހުން, ޖެނުއަރީ މަހުގައި ދިވެއްސަކަށް ނިސްބަތްވާ އާއިލާއެއްގެ 7 މެމްބަރުންވެސް އެ ޖަމިއްޔާގެ ޚަރަދުގައި ވަނީ މިސްރަށް ގެންދެވިފައެވެ.

އެފަދަ މައުލޫމާތުތައް އައިއޭސީން ވަގުތުން ވަގުތަށް އާއްމުނުކުރާ ސަބަބަކީ , ބައެއް މައުލޫމާތުތަކަކީ ވަރަށް ބޮޑަށް ޒާތީ ދިރިއުޅުމާއި, ޢިއްޒަތާއި ކަރާމާތާ ގުޅުން ހުރި ކަންކަން ކަމުގައި ވާތީ ކަމަށްވެސް ބުނެފައިވެއެވެ. 

އައިއޭސީން ވަނީ ޣައްޒާއަށް އެހީވުމުގައި ދިވެހިން ދެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.