ކިޔުކަންބާ މަސްހުނި- ފޮޓޯ/ ވޮއިސް
ލައިފްސްޓައިލް
02 Apr 2024 | 08:23
މިއަދު ރޯދަވިއްލާ ގަޑިއަށް ސިއްހަތަށް ފައިދާ ހުރި ކިޔުކަންބާ މަސްހުނި ހަދަމާ

ރޯދަ ވީއްލާ ގަޑިއަށް ތަފާތު ވައްތަރުގެ މަސްހުނި ހެދުމަކީ ވަރަށް ގިނަ ގޭގޭގައި އޮންނަ ސަގާފަތެކެވެ. އެހެންކަމުން، ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ވަރަށް މީރުކޮށް ކިޔުކަންބާ މަސްހުނި ތައްޔާރު ކޮށްލާނެ ގޮތެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. 

ބޭނުންވާ ތަކެތި

3 ބޮޑު ކިޔުކަންބާ (އާވިން ރަނގަޅަށް މަޑުކޮށްފައި) 

1 ދަޅު މަސް 

3/4 ޖޯޑު ހުނި

1 ބޮޑު ފިޔާ ( ތުނިކޮށް ކޮށާފައި)

1/2 ސައި ސަމުސާ ލޮނުމެދު ޕޭސްޓް

1/3 ސައިސަމުސާ އިނގުރު ޕޭސްޓް

ހިކަނދިފަތް ( ކުދިކޮށް ކޮށާފައި)

1 ލުނބޮލުގެ ހުތް

1 ގިތެޔޮ މިރުސް ( ތުނިކޮށް ކޮށާފައި)

1/2 ސައި ސަމުސާ މުގުރި އަސޭމިރުސް

1/3 ސައި ސަމުސާ ދިރި

1 މޭޒުމަތީ ސަމުސާ ރިހާކުރު

ލޮނު

ތައްޔާރުކުރާނެ ގޮތް 

1) ތައްޓެއްގެ ތެރޭގައި ފިޔާ، ލޮނުމެދު، ގިތެޔޮ މިރުސް، ލޮނު އަދި އިނގުރު ރަނގަޅަށް މޮޑެލާށެވެ. ދެން ލުނބޯ ހުތާއި ހިކަނދިފަތްވެސް އެއަށްއަޅާފައި މޮޑެލާށެވެ. 

2) ދެން ހުނި ކޮޅު އަޅަލުމަށްފަހު ދިރި އަދި އަސޭމިރުސް އަޅައިގެން ރަނގަޅަށް މޮޑެލާށެވެ. 

3) އެއަށްފަހު އޭގެ ތެރެއަށް ރިހާކުރު އަޅައިގެން މޮޑެލުމަށްފަހު މަސްދަޅު އަޅާފައިވެސް މަސްހުނިގަނޑު މޮޑެލާށެވެ. 

4) ފަހު ކަމަކަށް ކިޔުކަންބާތައް ވަކި ތައްޓެއްގައި ރަނގަޅަށް މޮޑެލައި ހިމުންކޮށްލުމަށްފަހު މަސްހުނި ގަނޑަށް އަޅައި އެކުލަވައިލުމަށްފަހު ލޮނު ހެޔޮވަރު ކޮށްލާށެވެ. 

ކިޔުކަންބާ މަސްހުންޏަކީ ބަތްޕެނާއި، ރޮށްޓާއި އެކު ކާލަން ވަރަށް މީރު އެއްޗެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް