ފޮޓޯ : މޯލްޑިވިއަން
ހަބަރު
04 Apr 2024 | 17:28
މޯލްޑިވިއަންއިން އައްޑުއަތޮޅާއި ހުވަދުއަތޮޅާ ދެމެދު ދަތުރުތައް ފަށަނީ

ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަން އިން، އައްޑުއަތޮޅާއި ހުވަދުއަތޮޅު ގުޅުވައިދޭ އެތެރޭގެ އުދުހުމުގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މޯލްޑިވިއަން އިން މިއަދު ހާމަކުރެއްވި ގޮތުގައި "ސައުތު ކަނެކްޓިވިޓީ އިނިޝިއޭޓިވް"ގެ ދަށުން އައްޑުއަތޮޅު ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓާ ގުޅުވައިދޭ ޚިދުމަތް، 29 އޮކްޓޫބަރު 2024 އިން ފެށިގެން ފަށާނެއެވެ. އަލަށް ހުޅުވޭ މި ރޫޓުގެ ދަތުރުތައް ކުރިއަށް ދާނީ އަންގާރަ ދުވަހާއި ހޮނިހިރު ދުވަހުއެވެ.

މޯލްޑިވިއަން އިން މައުލޫމާތު ދިން ގޮތުގައި، މި ޚިދުމަތުގެ ޓިކެޓް ބުކިން މިއަދުން ފެށިގެން، މޯލްޑިވިއަންގެ ޓިކެޓު ބައްލަވައިގަންނަވާ ހުރިހައި ވަސީލަތަކުން ވެސް ލިބޭނެއެވެ.

"ސައުތު ކަނެކްޓިވިޓީ"އަކީ ދިވެހި ސަރުކާރުން އިސްނަންގަވައިގެން، މޯލްޑިވިއަންއާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މިނިސްޓްރީ އޮފް ޓޫރިޒަމާ ގުޅިގެން، ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ތަރައްގީއަށް އެހީތެރިވެދީ، ފަތުރުވެރިކަން އިތުރަށް ފުޅާކޮށް، ވިޔަފާރީގެ ގުޅުންތައް ވަރުގަދަކޮށްދިނުމަށް ހިންގާ ހަރަކާތެކެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓް އާއި ހުވަދުއަތޮޅު ކޫއްޑޫ އެއާޕޯޓް އާ ދެމެދު ދޭ މި ޚިދުމަތުގެ ސަބަބުން ސްރީލަންކަން އެއާލައިންސްއިން ގަން އިންޓަނޭޝަނަލް އެއާޕޯޓަށް އަންނަ ފަތުރުވެރިންނަށް ސީދާ ގއ. އާއި ގދ. އަތޮޅުގެ ރިސޯޓުތަކާއި ގެސްޓް ހައުސްތަކަށް ދިއުމުގެ މަގު ފަހިވާނެކަމަށް މިއަދު މޯލްޑިވިއަން އިން ނެރުނު ބަޔާނުގައި ވެއެވެ. އަދި މި ދަތުރުތަކުގެ ސަބަބުން ދެކުނު ސަރަހައްދުގެ އިމްޕޯޓް އަދި އެކްސްޕޯޓް ވިޔަފާރިތަކަށް އިތުރު އެހީތެރިކަމެއް ލިބޭނެކަމަށް ބަޔާނުގައި މޯލްޑިވިއަން އިން ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.