އެމްއެމްޕީއާރުސީގެ ސީއީއޯ އަދި އެމްޑީ ފާތުމަތު ތައުފީޤު-- ފޮޓޯ: އެމްއެމްޕީއާރުސީ
ހަބަރު
06 Apr 2024 | 11:42
އެމްއެމްޕީއާރުސީން އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ތަސައްވުރު ހާމަކޮށްފި

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ތަސައްވުރު ހާމަކޮށްފިއެވެ.

މިކަން ހާމަ ކުރައްވާފައިމިވަނީ އައްޑޫގެ ސައުތު ޕާމް މޯލްޑިވްސް ރިސޯޓުގައި އިއްޔެ ބޭއްވި 'ދެކުނު މަހާސިންތާ 2024' އިބްތިދާއީ ބައްދަލުވުންތަކުގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ފާތުމަތު ތަޢުފީޤުއެވެ.

މިގޮތުން ފާތުމަތު ވިދާޅުވީ، އައްޑޫ ސިޓީއަކީ، މުޅި ރާއްޖޭގައި ވެސް ފާހަގަކޮށްލެވޭ މަންޒިލެއްކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާއިން ކުރިއެރުމުގެ ފުރުޞަތު ވަރަށް ބޮޑު ސިޓީއެއްކަމަށެވެ. 

މި އަހަރުގެ މެއި މަހު ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު ރީޖަން މަހާސިންތާއަށް ތައްޔާރުވުމުގެ ގޮތުން  އެމްއެމްޕީއާރުސީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި އައްޑޫ ސިޓީގެ ސްޓޭކްހޯލްޑަރުންގެ މެދުގައި، މިމަހުގެ ތިން ވަނަ ދުވަހު އިބްތިދާއީ ބައްދަލުވުންތައް ބާއްވާފައިވާއިރު، މި ބައްދަލުވުންތައް ކުރިއަށް ގޮސްފައިވަނީ ސައުތު ޕާމް މޯލްޑިވްސްގައިއެވެ.

މިއީ ރާއްޖޭގެ ދެކުނުގައި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިން ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދާ ހަރަކާތެއްކަން ފާހަގަކުރައްވާ އެމްއެމްޕީއާރުސީގެ އެމްޑީ ވިދާޅުވީ، މި ބައްދަލުވުންތަކަކީ އައްޑޫ ސިޓީ ހިމެނޭހެން އެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާޢަތް ދިގު މުއްދަތަކަށް ކުރިއެރުވުމަށް މުހިންމު ބައްދަލުވުންތަކެއް ކަމަށެވެ. އަދި މި ބައްދަލުވުންތަކުގެ ސަބަބުން ދެކުނުގެ ސަރަހައްދުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި އުޅޭ ފަރާތްތަކުގެ މެދުގައި އުފެއްދުންތެރި ގުޅުމެއް ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، އެމްޑީ ފާތުމަތު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީއާއި ކައިރި އަތޮޅުތަކަށް ގިނަ އަދަދެއްގެ ޓޫރިސްޓުންނަށް ޒިޔާރަތްކުރެވޭނެ ޑޮމެސްޓިކް ހަބަކަށް ގަން އިންޓަނޭޝަނަލް އެއާޕޯޓް ވާނެ ކަމަށާއި، މިއީ ސަރުކާރުން ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކުރަމުން އަންނަ ބުރަ މަސައްކަތްތައް ރަމްޒުކޮށްދޭ މަޝްރޫޢެއް ކަމަށެވެ.

އެމްއެމްޕީއާރްސީއިން ބޭނުންވަނީ ލޯކަލް ޓުއަރިޒަމް ވަރަށް ބޮޑަށް އިޝްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން އައްޑޫ ސިޓީގެ ރައްޔިތުންނަށް ފަހިގޮތްތައް ހޯދައިދިނުމަށްކަން ފާހަގަކުރައްވާ ކުންފުނީގެ އެމްޑީ ވަނީ ސިމްޕޯޒިއަމްގެ މަޝްވަރާތަކަށް އިޝާރާތްކޮށް، ދެކުނުގެ އަތޮޅު ތަކުގެ ޓުއަރިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ޕްރޮމޯޓްކުރުމަށް މަސައްކަތްކުރާނެ ކަމަށާއި، އައްޑޫގެ އިތުރުން، ގއ، ގދ، އަދި ފުވައްމުލަކުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުން ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން އަންނަ ކޮންމެ ކުރިއެރުމަކުން މުޅި ޤައުމަށާއި ރައްޔިތުންނަށްވެސް ފައިދާކުރާއިރު، ޤައުމުގެ ތަރައްޤީއަށް އެހީތެރިވެދެނީ ފަތުރުވެރިކަން އިޝްތިހާރުކުރާ އިންޑަސްޓްރީގެ ހުރިހާ ބައިވެރިންގެ މަސައްކަތުންކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.

ހަމައެއާއިއެކު އެމްއެމްޕީއާރުސީގެ އެމްޑީ ވަނީ އެ ކުންފުނީގެ ފަރާތުން ދެކުނުގައި  ފަތުރުވެރިކަމާއި ފަތުރުވެރިންނަށް ލިބޭ ފައިދާތައް ކުރިއެރުވުމުގައި ހުރިހާ ފަރާތްތަކަކުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.