ހޯމް މިނިސްޓަރ އަލީ އިހުސާން --- ފޮޓޯ: މަޖިލިސް
ހަބަރު
06 Apr 2024 | 14:18
"ކުޑަކުދިންނަށް އަނިޔާ ކުރާ މީހުންނަށް އެންމެ ހަރުކަށި ފިޔަވަޅު އަޅާނަން" - ހޯމް މިނިސްޓަރ

ކުޑަކުދިންނަށް އަނިޔާކުރުން ފަދަ ކަންކަން މުޖުތަމައުގައި ހިންގާ މީހުންނަށް އެޅެންއޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅައި އެކަން ޔަގީން ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، ރޭ އއ. ރަސްދޫގައި، މިސްކިތެއް ތެރޭ ތަރާވީސް ނަމާދު، ވަގުތުގައި، ކުއްޖަކާ ބަޔަކު ހަނގާކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ޢާންމުވުމާ ގުޅިގެން، އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ދެނެގަންފައެވެ. އެއީ 13 އަހަރާއި 14 އަހަރުގެ ދެ ކުދިންނެވެ.

ހަނގާކުރުމުގެ މައްސަލަތައް އަދު ދިވެހިރާއްޖޭގައި ޢާންމުވެފައި ވާއިރު، މި މައްސަލަތަކަށް އެދެވޭ ހައްލެއް ގެނައުމަށް ވަނީ ބޭނުން ޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝަމްހީދު އިޢުލާނުކުރައްވައިފި
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޕޮޑްކާސްޓެއްގައި އިޢުލާނުކުރައްވައި، ރާއްޖެ އިޤުތިޞާދީ ގޮތުން ބަނގުރޫޓުވުމާ ގާތުގައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
15 Sep 2026
މާލެ އަތޮޅުން މަހަށް ނިކުމެ އުޅުނު ދޯންޏަކުން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
އޭތީގެ ބަރުދަނުގައި 10 ވަރަކަށްކިލޯ ހުރި މި މާވަހަރުގައި ހުދަންބަރަކުން ފެންނާނެކަމަށް ބުނާ ހުރިހާ އަލާމާތް ތަކެއް ފެންނަން ހުރިކަމަށް ވެއެވެ
15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.