ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން
ހަބަރު
07 Apr 2024 | 00:16
ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ޢުމުރު 12 އަހަރަށް ދަށްކުރުމަށް ނިންމަވައިފި

ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ޢުމުރު 15 އަހަރުން، 12 އަހަރަށް ދަށްކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރަން އެކުލަވާލައިފައިވާ ޓާސްކްފޯހުން އިސްކަންދަރު ކޮށީގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ.

ވަޒީރު ވިދާޅުވީ ކުށުގެ ވެށީގައި، އެޓް ރިސްކުގައި 200 އެއްހާ ކުދިން ތިބިކަމަށެވެ. އަދި އޭގެ ތެރޭގައި ގިނައީ 12 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިން ކަމަށްވާއިރު، އެކުދިން ކުރާ ކުށަށް ޖިނާއީ އަދަބެއް ނުދެވޭ ކަމީ ކުށުގެ ވެއްޓަށް ހުށަހެޅޭ ކުދިންނާ މެދު ފިޔަވަޅު އެޅުމަށް އޮތް އެންމެ ބޮޑު ގޮންޖެހުން ކަމަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ ޢުމުރު ތަފާތުވާއިރު، ކުރެވުނު ދިރާސާތަކަށް ބަލާ، ދިވެހި ރާއްޖެއަށް އެންމެ އެކަށޭނަ ޢުމުރަކީ 12 އަހަރު ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

2019 ވަނަ އަހަރު ފާސްކޮށް، 2020 ވަނަ އަހަރު ޢަމަލުކުރަން ފަށާފައިވާ ކުޑަކުދިންގެ އަދުލުގެ ޤާނޫނުގެ ދަށުން ޖިނާޢީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރަކީ 15 އަހަރެވެ.

"އަޅުގަނޑުމެންނަށް ފުލުހުންގެ ރެކޯޑުތަކުން އަދި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓުގެ ރެކޯޑުތަކުން ދައްކާގޮތުގައި ރާއްޖޭގައި މިވަގުތު 12 އަހަރާއި 13 އަހަރާ ދެމެދުގެ އެތައް ކުދިންނެއް މިފަދަ މާހައުލުގައި އެޓްރިސްކުގައި އެބަތިބި. މިހާރު މިއޮތް ޤާނޫނުގައި މިބުނާ 15 އަހަރުގައި ޒިންމާ އަދާކުރަންޖެހޭ އުމުރަކަށް މިއިން ކުއްޖަކު ނުފެތޭ." 

ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ޤާނޫނަށް ގެންނަން ޖެހޭ މުހިންމު ބަދަލުތައް އެޓަރނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް ވަނީ ތައްޔާރު ކުރެވިފައި ކަމަށެވެ.

އީދު ބަންދު ނިންމާފައި، ހަފްތާއެއް ތެރޭ ގާނޫނަށް ގެންނަން ޖެހޭ މުހިންމު އިސްލާހުތައް ޑްރާފްޓު ކުރުމަށް ފަހު މަޖިލީހަށް ހުށައަޅާނެ ކަމަށް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވިދާޅުވިއެވެ.

ބައްދަލުވުމުގައި ވަޒީރު ޑރ. ޝިފާއު ވިދާޅުވެފައި ވަނީ، އެކަށީގެންވާ ވަރަށް މަސައްކަތް ކުރެވިއްޖެ ނަމަ، ދިވެހިރާއްޖޭގައި ހަނގާކުރުމުގެ މައްސަލަ ހައްލުކުރެވޭނެ ކަމަށެވެ.

ކޮމެންޓް
ސަމީ
ކުރިއަށް އިންސާފު ވެރިކަމާއެކު ގެންދެވިދާނެބާ
07 Apr 2024
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.