ވަޒީރު ޢަލީ އިހްސާން-
ހަބަރު
07 Apr 2024 | 11:34
ކުށްތަކަށް އަރައިގަންނަ ކުދިން އިސްލާހުކޮށް ބަލަހައްޓާނެ ފެސިލިޓީއެއް ވަކި ރަށެއްގައި ހަދަނީ

އެކި ކުށްތަކަށް އަރައިގަންނަ ކުދިން ދައުލަތުގެ ބެލުމުގެދަށަށް ގެނެސް، އެކުދިން ރިހިބިލިޓޭޓް ކުރުމަށް ޚާއްސަ ފެސިލިޓީއެއް ވަކި ރަށެއްގައި ހެދުމަށް ނިންމާފައިވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

އއ. ރަސްދޫގައި ކުއްޖަކަށް ހަނގާކޮށް، އަނިޔާ ކުރި މައްސަލައާ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ލޯންގް ޓާރމް ރެސިޑެންޝިއަލް ކެއަރ ފެސިލިޓީއެއް ގާއިމް ކުރުމަށް ލާޒިމް ކުރާ ކަމަށެވެ.

އަދި ފެސިލިޓީގެ މަސްއޫލިއްޔަތަކަށް ވާނީ އާއިލާތަކުން ނުބެލެހެއްޓި، އަހުލާގީ ގޮތުން މުޖުތަމައު އިން އެކަހެރިވާ ކުދިންނާއި އަދި އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ އެކީ އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާ ދިމާވާ ކުދިން، ދިގު މުއްދަތަކަށް ދައުލަތުގެ ބެލުމުގެދަށް ގެނެސް އެކުދިން ރިހިބިލިޓޭޓް ކުރުން ކަމުގައެވެ.

އަޅުގަނޑުމެންގެ، އަދުގެ ސަރުމާރުގެ ވިސްނުމަކީ މި ފެސިލިޓީއަށް ވަކި ރަށެއް ޑިވެލޮޕްކުރުން. އެޓް ރިސްކުގައި ތިބޭ ކުދިން، އާއިލާތަކުން ނުބެލެހެއްޓި ތިބޭ ކުދިން، ނުވަތަ އަހުލާގީ ގޮތުން މުޖުތަމައު އިން އެކަހެރިވާ ކުދިންނާއި އަދި އެކި ކުށްތަކަށް އަރައިގަންނަ ފަރާތްތަކާ އެކީ އުޅެ، ކުށުގެ މާހައުލުން ތަކުރާރުކޮށް ފުލުހުންނާ، ޚިދުމަޔަތްދޭ ފަރާތްތަކަށް ދިމާވާ ކުދިން، ދިގު މުއްދަތަކަށް ދައުލަތުގެ ބެލުމުގެ ދަށަށް ނަގަން. 

އިހްސާން ވިދާޅުވީ، ދިގު މުއްދަތަށް ދައުލަތު ބެލުމުގެ ދަށަށް ކުދިން ނެގެނީ، ގާނޫނުގެ ދަށުން، ކޯޓު ހުކުމެއްގެ ތެރެއިން ކަމަށެވެ. އަދި އެ ހުކުމާއިއެކު އެކުއްޖާ ފެސިލިޓީއަށް ނެގުމަށްފަހު، 18 އަހަރު ވަންދެން ކުއްޖާ އެ ފެސިލިޓީގައި ގެންގުޅެވޭނެ ކަމަށާ، އެތަނުގައު ކުއްޖާ ރަނގަޅު މަގަށް އެޅުމުވުމަށް މަސައްކަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. 

"މި ދެންނެވި ސެންޓަރަށް ގެންގޮސްފަ އެތަނުގަ ކުރެވޭނެ ކަންކަމަކީ ދީނީ ގޮތުން ކުރަން ޖެހޭ ކަންކަން އެކުދިން ލައްވާ ބަރާބަރަށް ކުރުވުމާ، އެކުދިންނަށް އުމުރާ ގުޅޭ ގޮތުން ދެވޭ ރަސްމީ ތައުލީމް ދިނުމާ، އޭގެ އިތުރުން އަހުލާގީ ގޮތުން އެކުދިންނަށް ދޭންޖެހޭ ފަރުވާ ދިނުމާ، ހަމައެޔާއެކު ސްކިލްސް ޑިވެލޮޕްމެންޓާ، އެއިން ކޮންމެ ކުއްޖަކަށް ދޭން ޖެހޭ ވަކި ސައިކޯ ސޯޝަލް އިންޓަވެންޝަލް ޕްރޮގްރާމެއް ހެދިފަ އެކުދިންނަށް ކަސްޓަމައިޒްޑް އިކޯ ސޯޝަލް އިންޓަވެންޝަލް ޕްރޮގްރާމެއް ދިނުން. މި ފަދަ ފެސިލިޓީއެއް ހެދުން އެއީ ރައީސް މުޢިއްޒުގެ ވިސްނުންފުޅަކީ.

ވަޒީރު ޢަލީ އިހްސާން

ވަޒީރު ވިދާޅުވީ އެ ފެސިލިޓީ ހަދަން ފާސްކުރެވި، ކެބިނެޓާއި ހަމައަށް ގެމްދެވިފައިވާ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވަނީ 2019 ވަނަ އަހަރު ކުޑަކުދިންގެ އަދުލުގެ ގާނޫނު ވުޖޫދުވެގެން އައިސް އެ ގާނޫނުން ލާޒިމްކޮށްފައިވާ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރުތައް އަދިވެސް އެޅިފައި ނުވާ ކަމަށާ ކުށްތަކަށް ހުށަހެޅޭ ކުދިންނާއި އެޓް ރިސްކުގައި ތިބޭ ކުދިންނާމެދު އަމަލުކުރަން ޖެހޭ ގޮތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް ސަރުކާރު ބަދަލުވީއިރު އެކަމުގެ އަމަލީ މަސައްކަތް ފެށިފައި ނުވާ ކަމަށެވެ.

އެގޮތުން ކުޑަހުވަދޫ ސެންޓަރެއް ހެދު ނަމަވެސް އެތަން ހުރީ ބޭނުން ކުރެވޭ ހާލަތެއްގައި ނުވުމުން ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން އަލުން އެތަން ރަގަޅު ކުރަން ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ކުޑަހުވަދޫ ޑިޓެންޝަން ސެންޓަރުގައި ކުދިންނަށް ފަރުވާ ދިނުމަށްފަހު އެކުދިން މުޖުތަމައުއަށް ނެރުމުގެ ކުތިން ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރަކަށް ގެންގޮސް ފަރުވާ ދިނުމަށް ވެސް ގާނޫނުގައި ލާޒިމްކޮށްފައިވާ ކަން އިހްސާން ފާހަގަކުރެއްވިއެވ. ކުރީ ސަރުކާރުން ހއ. ހޯރަފުށީގައި އެފަދަ މަރުކަޒެއް އެޅި ނަމަވެސް އެތަނުގައިވެސް ހިދުމަތް ދޭން ފަށާފައި ނުވާކަމަށް ވަޒީރު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ސްޓެޕް ވަން، ކުޑަހުވަދޫގެ މަރުކަރު ނުހުޅުވިއެއް ސްޓެޕް ޓޫއަށް ދިއުމަކީ އެއީ ކުރެވޭނެ ކަމެއް ނޫން މި ނިޒާމުގެ ތެރެއިން. އެހެންވީމަ އަޅުގަނޑުމެން މިހާރު ނަގާފަ އިން އެއް ޑިސިޝަން އަކީ ހޯރަފުށީގަ ހުރިތަން ފުރަތަމަ ފައްޓާނީ ޖުވެނައިލް ރެސިޑެންޝަލް ޓްރީޓްމެންޓް ސެންޓަރެއްގެ ގޮތުގައި ކަމަށް،"

ވަޒީރު ޢަލީ އިހްސާން

މިއާއެކު ވަޒީރު ވިދާޅުވީ ހޯރަގުށީ މަރުކަޒު މިފެށޭ ހަފްތާ ހުޅުގައި، އެންމެ ބޮޑަށް ފަރުވާއަށް ބޭނުންވާ ކުދިންނަށް އެތަނުގައި ފަރުވާ ދޭން ފަށާނެ ކަމަށެވެ. 

އިހުސާން ވިދާޅުވީ މިފަދަ ފެސިލިޓީއަކުން ފަރުވާ ހޯދަންޖެހޭ 200 ވަރަކަށް ކުދިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބިކަމަށް ފާހަގަ ކުރެވިފައިވާ ކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Aug 2026
ދީނީ އިލްމުވެރިންގެ އަހަރީ ބައްދަލުވުން މި މަހު 14 އަދި 15 ގައި
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ، "21 ވަނަ ޤަރުނުގައި އިސްލާމީ ދަޢުވަތު" މި ތީމްގެ މައްޗަށެވެ.
09 Aug 2026
ދިހަ ދުވަސްތެރޭ ރާއްޖޭގައި ބަންގްލަދޭޝްގެ 8 މީހަކު މަރު، ގިނައީ ސްޓްރޯކް
ބަންގްލަދޭޝްގެ ވިއުސް ނޫހުން ރިޕޯޓްކުރި ގޮތުގައި ޖުލައި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އޮގަސްޓް މަހުގެ ތިންވަނަ ދުވަހަށް ރާއްޖޭގައި ބަންގްލަދޭޝްގެ އަށް މީހަކު މަރުވެފައިވެ އެވެ.
09 Aug 2026
އިންފަންޓީނޯގެ އަގު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށް ފީފާއިން ބުނެފި
"ފީފާގެ ރައީސަކީ އެ އިދާރާގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު ޑިމޮކްރެޓިކް އިންތިޚާބަކުން ހޮވިފައިވާ ބޭފުޅެއް. އޭނާ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަނީ އެ މެންޑޭޓުގެ ދަށުން" ފީފާގެ ބަޔާނުގައިވެއެވެ
09 Aug 2026
ނޫރު ބިލްޑިންގެ ތަފްސީލީ ކުރެހުން އަންނަ މަހުގައި ނިމޭނެ
މި ބިލްޑިންގަކީ ގުރްއާނަށް ހާއްސަ ވަގްފެއް ގޮތުގައި 15 ބުރިއަށް މާލެގައި ބިނާކުރެވޭ ބިލްޑިންގެކެވެ. މިތާނގެ 3 ފްލޯ ހާއްސަ ކުރެވިފައި ހުންނާނީ އިސްލާމީ މިނިސްޓްރީގެ އިދާރާއަށެވެ.
09 Aug 2026
ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ކުރިއަށްގެންދިޔަ "ވިޔަނަ ކޭމްޕް" ކާމިޔާބުކަމާއެކު ނިންމާލައިފި
ކޭމްޕްގައި ކުރިއަށް ގެންދިޔަ ޙަރަކާތްތަކުގެ ތެރޭގައި ދީނީ ޢިލްމީވޯކްޝޮޕާއި، ދީނީ ދަރުސްތައް، ތަރުބަވީ ސެޝަންތައް، ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ ސްޓަޑީ ކޭމްޕް ތަކާއި ސްކިލް ޑިވެލޮމްޕެންޓް ޕްރޮގްރާމްތައް، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެޝަންތަކާއި ޓީމް ބިލްޑިންގ ހަރަކާތްތަކުގެ އިތުރުން ކުޅިވަރު ޙަރަކާތްތައް ހިމެނެއެވެ
09 Aug 2026
ބޭނުންވަނީ މުޒާހަރާ މާލެތެރޭގައި ރައްޔިތުންނަށް އަޑު އިވޭގޮތަށް ކުރިއަށްްގެންދަން: އެމްޑީޕީ
މުޒާހަރާ ކުރިއަށްގެންދަން މަޖީދީމަގު ނޫން އެހެންމަގެއް ހިޔާރުކުރެވެން ނެތްކަމަށް އެޕާޓީން ވަނީ ބުނެފައެވެ
09 Aug 2026
ހަމަސްނުވާ ތުއްތު ކުދިން ކަރުހިއްކުން ފިލުވުމަށް ފެން ނުދީ: އެޗްޕީއޭ
އެޗްޕީއޭއިން ބުނީ މައިމީހާގެ ގާތުން ދޭ ކިރުގެ 88 އިންސައްތައަކީ ފެންކަމުގައިވާތީ، ދަރިފުޅުގެ ކަރުހިއްކުން ފިލުވުމަށް ގާތުންދޭ ކިރު ފުދޭނޭކަމަށް
09 Aug 2026
ގެއްލުނު ތިން މީހުން ހޯދަން ބޭރުގެ އެހީ ހޯދަނީ
ހާރިޖިއްޔާގެ އޮފީހުން ބުނީ، މީހުން ހޯދުމުގެ މަސައްކަތުގައި ލިބެންހުރި ހުރިހާ ވަސީލަތެއްގެ ބޭނުން ހިފައި، އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ދޭކަމަށެވެ