މިދިޔަ އަހަރު ބޭއްވުނު ކޮންފަރެންސްގެ ތެރެއިން-
ހަބަރު
07 Apr 2024 | 20:28
ލީޑަޝިޕް ސަމިޓް އޭޝިޔާ 2024 ގައި ބައިވެރި ވުމަށް ރެޖިސްޓަރވާން ހުޅުވާލައިފި

ވޯލްޑް އޮފް ޓުމޯރޯ އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ލީޑަޝިޕް ސަމިޓް އޭޝިޔާ 2024 ގައި ބައިވެރި ވުމަށް ރެޖިސްޓަރވާން ހުޅުވާލައިފިއެވެ. 

އޭޕްރީލް 22 އަދި 23 ވަނަ ދުވަހު ވިލާ ނޮޓިކާ މޯލްޑިވްސް ގައި އޮންނަ މި ކޮމްފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ސަރުކާރުގެ މުވައްސަސާ ތަކާއި، އަމިއްލަ ކުންފުނި ތަކާއި އާއްމު ފަރުދުންނަށްވެސް ހުޅުވާލެވިފައިވާ ކަމަށް ވޯލްޑް އޮފް ޓުމޯރޯއިން ބުނެއެވެ. އަދި ކޮންފަރެންސްގައި ރެޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް މި ލިންކު މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. 

މި ކޮންފަރެންސް އާއި ބެހޭ އިތުރު މައުލޫމާތު “ވޮއިސް” އާ ހިއްސާ ކުރަމުން ވޯލްޑް އޮފް ޓުމޯރޯގެ ފަރާތުން މުހައްމަދު އާލިމް ވިދާޅުވީ، މިއީ ބޭރުގެ ތަޖުރިބާކާރު ލީޑަރުންގެ ޚިޔާލާއި، ޢިލްމާއި ތަޖުރިބާ ހިއްސާ ކުރުމާއި، އޭގެ އަލީގައި އަމިއްލަ ވިޔަފާރި ތަކާއި ކުންފުނި ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ކުރިއަށް ދިޔުމަށް އެހީވެދިނުމަށް އިންތިޒާމް ކުރާ ކޮންފަރެންސެއް ކަމަށެވެ.

މިފަދަ ކޮންފަރެންސް ތަކަކީ އާއްމުކޮށް ރާއްޖެއިން ބޭރުގައި ބޭއްވޭ ކޮންފަރެންސްތައް ކަމަށް ވާއިރު އެ ކޮންފަރެންސް ތަކުގައި ބައިވެރި ވުމަށް ބޭނުންވާ ދިވެހިން ބޮޑު ޚަރަދެއް ކުރަންޖެހެއެވެ. އެގޮތުން ޓިކެޓާއި ހުރުމާއި ކެއުމުގެ ޚަރަދުވެސް އަމިއްލައިން ކުރަންޖެހޭ އިރު އެކަން ކަމަށް ގާތްގަޑަކަށް 5000 އެއްހާ ޑޮލަރު ހޭދަވެއެވެ. 

މިދިޔަ އަހަރު ބޭއްވުނު ކޮންފަރެންސްގެ ތެރެއިން-

ވޯލްޑް އޮފް ޓުމޯރޯ ގެ ފަރާތުން ބާއްވާ މި ކޮންފަރެންސް އަށް ރާއްޖޭގެ ބޭރުގެ ފަރާތްތަކުން 799 ޑޮލަރު ދައްކަން ޖެހުނު ނަމަވެސް ރާއްޖޭގައި ރެޖިސްޓަރ ވެފައިވާ ކުންފުނިތަކާއި، ރާއްޖެއިން ބައިވެރިވާ ފަރާތްތަކަށް 40-45 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. 

އެއީ ކޮންފަރެންސް އޮންނަ ރިސޯޓަށް ދިޔުމަށާއި އައުމުގެ ޚަރަދުގެ އިތުރުން ކެއުން ބުއިންވެސް ހިމެނޭހެން ދައްކަންޖެހޭ ޖުމްލަ ފައިސާއެވެ.

އާލިމް އިތުރަށް ވިދާޅުވި ގޮތުގައި މި ކޮންފަރެންސްގައި ރާއްޖޭގެ އެކި ދާއިރާ ތަކުގައި ފާހަގަކޮށްލެވޭ ފަރާތްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި، އެމެރިކާ، ކެނެޑާ، ސިންގަޕޫރާއި ދުބާއީގެ އިތުރުން ޖޯޑަން އާއި ތައިލޭންޑްގެ ޓޮޕް ލީޑަރުން ބައިވެރިވެ އެބޭފުޅުންގެ ތަޖުރިބާ ހިއްސާ ކުރައްވާނެއެވެ. އަދި މި އިވެންޓް ނިންމާފައި ޕާޓީއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު އެ ޕާޓީގެ ތެރެއިން، އެ ލީޑަރުންނާއި، ކޮންފަރެންސްގެ ބައިވެރިންގެ މެދުގައި މުއާމަލާތް ކުރެވި، ޚިޔާލު ބަދަލުކޮށް މަޝްވަރާކޮށް، ސުވާލު ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަން އާލިމް ފާހަގަކުރެއްވިއެވެ.

މިއީ އަމިއްލަ ވިޔަފާރިތަކާއި އެނޫން ފަރާތްތަކަށްވެސް ލިބިފައިވާ ރަނުގެ ފުރުސަތެއް. މި ކޮން ފަރެންސްގައި ޓީޗަރުންނާއި އަމިއްލަ ކުންފުނި ތަކާއި، އެނޫން ދާއިރާތަކުގައި މަސައްކަތް ކުރާ ފަރާތްތައްވެސް ބައިވެރިވަމުންދާކަން އަޅުގަނޑު އުފަލާއިއެކު ފާހަގަކުރަން. ބޭރުގައި ބާއްވާ މިފަދަ ކޮންފަރެންސް ތަކުގައި މައުލޫމާތު ދެއްވާ، ބޭފުޅުން މީގައިވެސް ދެއްވާނީ. ބޭރުގެ ކޮންފަރެންސް ތަކާއި ޚިލާފަށް މީތި މިއީ ރާއްޖޭގެ ކޮންޓެކްސްޓް އެޕްލައި ކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސް އެއް. އެހެންވީމާ މިފަދަ ބޮޑު އޮޕޮޗުނިޓީއެއް ދޮރާއި ހަމައަށް އައީމަ ދޫކޮށްލައިގެން ނުވާނެ. 

މުހައްމަދު އާލިމް

މިއީ ވޯލްޑް އޮފް ޓުމޯރޯއިން ބާއްވާ ދެވަނަ ކޮންފަރެންސްއެވެ. މީގެ ފުރަތަމަ ކޮންފަރެންސް ބާއްވާފައިވަނީ އިންޓަނޭޝަނަލް ކޯޗިންގ ފެޑެރޭޝަން އާއި ގުޅިގެން ނިމިދިޔަ އަހަރުގެ ތެރޭގައެވެ.

މި ކޮންފަރެންސް އާއި ގުޅެ އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 7999927 އަށް ގުޅާ ލުމުން ލިބިގެންދާނެ ކަމަށް ވޯލްޑް އޮފް ޓުމޯރޯ އިން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ބޮޑެތި ޕާރުސަލް ދޫކުރުމަށް ޕޯސްޓް އޮފީހުގެ ތިރީބައިގައި ޕިކްޕޯސްޓެއް ހުޅުވައިފި
މި ޕިކްޕޯސްޓް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކެމް) ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހްމަދެވެ.
08 Oct 2026
ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
މި ބަދަލާ ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ، މިއީ މިއަހަރުގެ ތެރޭގައި ސަރުކާރުން ގިނަ އަދަދެއްގެ ބޮޑެތި ދަރަނިތައް ދައްކައި ހަލާސްކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
08 Oct 2026
ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި ހާއްސަ ހަރަކާތެއް ބާއްވަނީ
މި ހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހުކުރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކް، އޫރިދޫ އޮފީހުގެ ކުރިމަތީގައެވެ. މި ހަރަކާތް ހިންގަނީ މޯލްޑިވްސް ފްރީ ފްލައިންގ އެސޯސިއޭޝަނާއި އެޗްޑީސީ އަދި ޕެޓް މާސްޓާ ގުޅިގެންނެވެ.
08 Oct 2026
ވިލިމާލޭގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގައި ހަތަރު މީހަކު ހައްޔަރަށް؛ 3 ފިލްމީ ތަރިއަކު ހިމެނޭ
މި އޮޕަރޭޝަނަކީ, މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދިޔަ އެންޓި ނާކޮޓިކްސް އޮޕަރޭޝަނެކެވެ. ހައްޔަރުކުރެވުނު ހަތަރު މީހުންގެ ތެރެއިން ތިން މީހުންގެ ތެރޭގައި ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ތިން މީހަކު ހިމެނެއެވެ.
08 Oct 2026
18 އަތޮޅެއްގައި "ސަރުކާރުގެ ހިދުމާތު މަރުކަޒު" ގެ ނަމުގައި މަރުކަޒުތަކެއް ރައީސް އުފައްދަވައިފި
ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އުފެއްދެވި މި މަރުކަޒުތައް ހިންގާނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީގެ ދަށުންނެވެ.
08 Oct 2026
ދުވާރުމަތީ ގޮނޑި އާއި މޭޒު ބަހައްޓައިގެން ވިޔަފާރި ނުކުރުމަށް އެޗްޑީސީގެ އިލްތިމާސެއް
އެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މީގެ ކުރިން ހުޅުމާލޭގައި ހިންގާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް އަދި ޓޭކްއަވޭ ފިހާރަތަކުގެ ބޭރުގައި، ދުވާރު މައްޗާއި ހެޖުތެރޭގައި ގަވާއިދާ ހިލާފަށް ގޮނޑި، މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަކީ މަނާކަމެއް ކަން އިއުލާންކުރި ނަމަވެސް، ބައެއް ފަރާތްތަކުން އަދިވެސް މި ގާނޫނަށް އަމަލު ނުކުރާކަން ފާހަގަކޮށްފައެވެ.
08 Oct 2026
އައްޑޫ ސިޓީގައި ދަނޑުވެރިންގެ ދުވަސް ދަނޑުވެރިންގެ މާރުކޭޓަކާއެކު ފާހަގަކުރަނީ
ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާއި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ ހަފްތާގެ ބްރާސްފަތިދުވަހުގެ ހަވީރު އައްޑޫ މީދޫގައި ދަނޑުވެރިންގެ މާރުކޭޓެއް ހުޅުވުމަށް ނިންމައި، އެ މާރުކޭޓުން ގޮޅި ދޫކުރުމަށް ވަނީ އިއުލާނުކޮށްފައެވެ
08 Oct 2026
ޑރ. އަޒްމިރާލްދާގެ މައްޗަށް ޖިނާއީ ދައުވާ ނުކުރެވޭނެ ކަމަށް ނިންމައި މައްސަލަ ފައިލްކޮށްފި
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހުން ތަހުގީގު ފައިލް ބެލުމަށް ފަހު، ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތް ކަމަށް ވަނީ ނިންމައިފައެވެ. ޕީޖީގެ އެ ނިންމުމާ ގުޅިގެން، ހެއްކާއި ގަރީނާ އިތުރަށް ވަޒަންކުރުމަށް ފަހު ފުލުހުން ވެސް މައްސަލަ ވަނީ ނިންމާފައެވެ.