ސައުދީން ރާއްޖެއާ ކަދުރު ހަވާލު ކުރަނީ- ފޮޓޯ/ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ
ހަބަރު
08 Apr 2024 | 09:25
ސައުދީން ހަދިޔާކުރި ކަދުރު މިއަދު ބަހަން ފަށަނީ!

މިއަހަރުގެ ރަމަޟާން މަހަށް ހަދިޔާ ކުރާ ކަދުރު ސައުދީން ރާއްޖެއާއި ހަވާލު ކޮށްފައިވަނީ މިދިޔަ މަހު 21 ވަނަ ދުވަހުއެވެ. ސައުދީ އެމްބަސީ އިން ބުނި ގޮތުގައި އެ ގައުމުން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައިވެއެވެ. 

ކަދުރު ބެހުމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން އިއްޔެ ބުނީ މިއަދުން ކަދުރު ބަހަން ފަށާނެ ކަމަށެވެ.

އެގޮތުން ކަދުރު ބަހާނީ؛

އޭޕްރިލް އަަށަކުން ނުވަޔަކަށް މެންދުރު 1:00 އިން 3:00 އަށް

އޭޕްރިލް 14 އިން 18 އަށް މެންދުރު 1:00 އިން 3:00 އަށް

އޭޕްރިލް 23 އިން 25 އަށް ހެނދުނު 9:30 އިން 12:00 އަށް

މިނިސްޓްރީން އިތުރަށް ބުނީ މާލެ އާއި، ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ކަދުރު ބަހާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަމަށާ ކޮންމެ ގޭބީސީއަކަށް އެއް ޕަކެޓް ކަދުރު ދެވޭނެ ކަމަށެވެ. އަދި ކަދުރު ހަވާލު ކުރާނީ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށެވެ.

ރަށް ރަށުގައި ކަދުރު ބެހުމުގެ ކަންކަން ކުރިއަށް ގެންދަނީ އެ ރަށެއްގެ ކައުންސިލުންނެވެ. 

ކޮމެންޓް
ރައްޔިތުން
ކަދުރައް ވުރެން ބޭނުމީ ހައްޖު ކޯޓާ ގްރޫޕްތަކަށް ކޮންމެވެސްވަރެއްގެ ޖާގައެއް ދިނުން
09 Apr 2024
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް