ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
ހަބަރު
10 Apr 2024 | 19:59
ޕީއެންއެފްގެ ޖަލްސާއަށް އެސްއޯ ފުލުހުން ފޮނުވީ އަޅުގަނޑުގެ އެންގުމާ ހިލާފަށް، ފިޔަވަޅު އަޅާނަން: ރައީސް

ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމަށް ރޭ ގިޔާޒުއްދީން ސްކޫލުގައި ބާއްވަން އުޅުނު ޖަލްސާއަށް އެސްއޯ ފުލުހުން ގޮސް ހުރަސް އެޅީ އެ މަނިކުފާނުގެ އެންގެވުމާ ހިލާފަށް ކަމަށާއި އެކަމުގައި އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުލިއާގޭގައި މިއަދު އާންމުންނާ އީދު ސަލާމްކުރެއްވުމަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ ހަރަކާތްތައް ހުއްޓުވުމަށް އެސްއޯ ފުލުހުން ނުފޮނުވުމަށް ފުލުހުންނަށް ވަރަށް ސާފުކޮށް އިރުޝާދުދެއްވާފައިވާނެ ކަމަށެވެ. 

"ދެން އަޅުގަނޑު ދަންނަވާފައިވާނީ އެއްވެސް ގޮތަކަށް ފެންނަން ބޭނުމެއް ނޫނޭ ކުރީގައި ފެނުނު ގޮތަށް ފުލުހުން ގޮސް ރައްޔިތުންނަށް އަނިޔާކޮށް، ރައްޔިތުން ހިފަައި ހައްޔަރުކޮށް [ހަދާކަަށް]. އެއްވެސް ސަބަބެއް ނެތި ކުރީގައި ފެނިފައި ހުރި ޚިޔާލެއް ފާޅުކޮށްލާއިރަށް އެއްވެލާއިރަށް ރައްޔިތުން ހައްޔަރުކޮށް ޕިކަޕަކަށް އަރުވައިގެން ގެންދާތަން އެއްވެސް ގޮތަކަށް ފެންނާކަށް ބޭނުންނުވެއާ [ފުލުހުންނަށް ދެންނެވިން]،" 

ރައީސް ވިދާޅުވިއެވެ. 

ރައީސް ވިދާޅުވީ ކުރީގައި ރާއްޖޭން ފެނުނު ގޮތަށް ސިޔާސީ ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެ ކަމަށާއި ސިޔާސީ ހިޔާލު ފާޅު ކޮށްގެން މީހަކަށް ދޭނެ އަދަބެއް ނޯންނާނެ ކަމަށާއި ފުލުހަށް ނުގެންދާނެ ކަމަށާއި އެކަންކަން މި ގައުމަކު ނުހިނގާނެ ކަމަށް އެ މަނިކުފާނު ގެންދެވީ ކަށަވަރުކޮށް ދެއްވަމުން ކަމަށެވެ. 

"ރޭގައި ހިނގި ކަންތަކުގައި އަޅުގަނޑު ވަރަށް ހިތާމަ ކުރަން ވަރަށް ފަހުން އަޅުގަނޑު ފުލުހާ ބައްދަލު ކުރި އިރު، އެރޭ ހުރިހާ ފުލުހުންނަށް ވެސް ދެންނެވިން އޭގެ ކުރިން ވެސް ސީޕީއަށް ވެސް އަދި އިސްވެރިންނާ ހޯމް މިނިސްޓަަރަށް ވެސް އަޅުގަނޑު ދީފައި އޮންނާނެ އިރުޝާދަކީ ސިޔާއީ ގޮތުން ވަކި މީހަކަށް ގޯނާއެއް އުނދަގުލެއް ކުރާކަށް އަޅުގަނޑުގެ ފަރާތަލުން ނާންނާނޭ އެއްވެސް އިރުޝާދެއް އަދި ސަރުކާރުގެ އެއްވެސް ލެވެލަކުން ވެސް ނުދާނޭ ގޮސްފިއްޔާ  އަޅުގަނޑު އިސްވެ ފިޔަވަޅު އަޅާނަމޭ. މަސައްކަތް ކުރާށޭ ކުރީގައި ވެދިޔަތަން ދޫކޮށްލާފައި ފްރީކޮށް ޕްރޮފެޝަނަލްކޮށް، އެއީއޭ އަޅުގަނޑުގެންގުޅޭ ސިޔާސަތަކީ" 

ރައީސް ވިދާޅުވި އެވެ. 

ރައީސް މުއިއްޒު ވިދާޅުވީ ދާދި ފަހުން ކޫއްޑޫގައި މަސްވެރިންނަށް އެ ފަރާތްތަކުތެ ފައިސާ ނުލިބި، ހިތްހަމަ ނުޖެހިގެން ދެތިން ދުވަހަށް މުޒާހަރާ ކުރި ކަމަށާއި އެ މުޒާހަރާތަކުގައި ތަކެތި ހަލާކު ކޮށްފާނެ ފަދަ ބިރާ ހަމައަށް ދިޔައިރުވެސް އަދި އެތެރެއިން ޕްރެޝަރުތައް އާއިރު ވެސް އެ މަނިކުފާނު ހިފެހެއްޓެވީ އެސްސޯ ފުލުހުން ނުފޮނުވާ ކަމަށާއި އެއީ އެ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށެވެ. 

އެ މަނިކުފާނު ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ރިޕޯޓް މިއަދު އިރުއޮއްސުމުގެ ކުރިން ތައްޔާރުކޮށް ފޮނުއްވުމަށް އަންގަވާފައިވާނެ ކަމަށާއި އެ ރިޕޯޓަށް ބެއްލެވުމަށްފަހު ފިޔަވަޅު އަޅަން ޖެހުނު ކޮންމެ ބަޔަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

"މިއަދު އިންވެސްޓިގޭޝަން ރިޕޯޓް ހޯދާފައި އެކަން ކުރި ބަޔަކަށް އަޅަންޖެހޭ ފިޔަވަޅު އަޅާނަން ފުލުހުންގެ މުއަައްސަަސާއަށް އަނބުރާ އިތުބާރު ގެންނަން ބޭނުންވޭ، އަޅުގަނޑުގެ ސަރުކާރަށް އިތުބާރު އޮންނަން ބޭނުންވޭ". 

ރައީސް ވިދާޅުވިއެވެ.

ރޭ ހިނގި ކަންކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިޕާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ޖަލްސާއަށް އެ އިދާރާ އިން ހުރަސް އެޅީ އެ ސްކޫލުގައި ބޭއްވުމަށް މަސައްކަތް ކުރަމުންދިޔައީ ހުއްދަ ދެވިފައިނުވާ އެއްވުމެއް ކަމަށް އެ ސްކޫލުގެ ފަރާތުން އެޑިއުކޭޝަން މިނިސްޓްރީއަށް އެންގުމުން، އެކަން ތަންފީޒު ކުރުމަށް، މިނިސްޓްރީގެ ފަރާތުން ފުލުހުންގެ އެހީތެރިކަމަށް އެދުމުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.
05 Oct 2026
ތަންފީޒު ކުރަން ފަށައިފި؛ ނުރައްކާތެރިކޮށް ދުއްވި ސައިކަލެއް ޓޯކޮށް ފިޔަވަޅު އަޅައިފި
މި ސައިކަލު ހުއްޓުވައި އޭގައި ތިބި ދެ މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލުކުރުމަށްފަހު ދޫކޮށްލައިފައި ކަމަށް ފުލުހުން ބުންޏެވެ.
05 Oct 2026
އެމްއެމްޕީއާރްސީގެ ޚިޔާނާތް: އަދީބުއަތުން 150،000 ޑޮލަރު ހޯދި ކަމުގެ ތުހުމަތުގައި ކުންފުންޏަކަށް މަނީ ލޯންޑަރިންގެ ދައުވާ
މީގެ އިތުރުން އެސްއޯއެފްގެ ދެ ޗެކަކުން މޮންޓިލިއަންއަށް ޖަމާކޮށްފައިވާ $150,000.00 (އެއްލައްކަ ފަންސާސް ހާސް އެމެރިކާ ޑޮލަރު) އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީއަށް އެންގުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
05 Oct 2026
34 ހާސް ރުފިޔާއަށް ގަނެވެން އޮތް އެއްޗެއް އެކުއެޓޯރިއަލް ހޮސްޕިޓަލުން ގަތީ 1.7 މިލިއަން ރުފިޔާއަށް
އޮޑިޓުން އެނގޭ ގޮތުގައި ބޮޑުއަގުގައި އެއްޗެހި ގަތް އެ މައްސަލަ އޭސީސީއަށްވެސް ވަނީ ހުށަހަޅާފައެވެ. އަދި ކޮމިޝަނުން ދަނީ މި މައްސަލަ ބަލަމުންނެވެ. އޮޑިޓް އޮފީހުން ވަނީ މި މައްސަލަ ބަލައި ނުނިމެނީސް އެތަކެތި ސަޕްލައިކޮށްދިން ފަރާތުން ހުށަހެޅި އެއްވެސް ބިލަކަށް ފައިސާ ނުދެއްކުމަށްވެސް އެދިފައެވެ.